12 ނޮވެންބަރު 2018 | ހޯމަ | 13 ވިހާ
04 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:13
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް

ޕޯޓް ކްލިނިކެެއް ވަރަށް އަވަހަށް ހުޅުވާނަން: ޖުނައިދު

  • އެމްޕީއެލް ސަރަހައްދުގައި ތިންހާހާއި ހަތަރު ހާހާއި ދެމެދުގެ އަދަދަކަށް ޚިދުމަތް ހޯދާ
ރިޒުނާ ޒަރީރު | RiznaZareer

| 28 ޖެނުއަރީ 2017 | ހޮނިހިރު 17:03 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ސޯލާ ޕެނަލްތަކާއެކު އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް 7،000 ރުފިޔާއަށް ކުޑަވެއްޖެ!
  8. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި


އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ނޯތު ހަބަރު ސަރަހައްދުގައި ވަރަށް އަވަހަށް ބޭސްފަރުވާދޭ ޕޯޓް ކްލިނިކެއް ހުޅުވުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.

 

ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިއުގައި ޖުނައިދު ވިދާޅުވީ އެމްޕީއެލްއިން ސަރަހައްދުގައި ދުވާލަކަށް ތިންހާހާއި ހަތަރު ހާހާ ދެމެދުގެ އަދަދަކަށް މީހުން ޚިދުމަތް ހޯދަމުންދާއިރު ކްލިނިކްގެ ޚިދުމަތަކީ ވަރަށް ވެސް ބޭނުންތެރި މުހިއްމު ޚިދުމަތެއް ކަމަށެވެ.

 

އެގޮތުން އެސަރަހައްދުގައި މަސައްކަތްކުރާ މަޖޫރީން ފަދަ ގިނަ ވަގުތު މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ކުދި ކުދި އަނިޔާތަކަށް އަވަސް ފަރުވާ ލިބުމަކީ މުހިއްމު ކަމެއް ކަމަށް ޖުނައިދު ވިދާޅުވި އެވެ.

 

ޖުނައިދު ވިދާޅުވީ ކަމާބެހޭ ފަރާތްތަކުން ހުއްދަ ލިބުނުހާ އަވަހަކަށް އެސަރައްދުގައި ޕޯޓް ކްލިނިކެއް ހުޅުވާނެ ކަމަށާއި އެކަމާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

 

މީގެ އިތުރުން ޖުނައިދު ވިދާޅުވީ އެމްޕީއެލްގެ މުވައްޒަފުންގެ ތަމްރީނާއި ހުނަރު އިތުރު ކުރުމަށް ޓްރެއިނިން ސެންޓަރެއް ހަދައި ނިންމާފައިވާ ކަމަށާއި މި ޓްރެއިނިން ސެންޓަރުގައި ރާއްޖޭން ބޭރުގެ ލެކްޗަރަރއިން ވެސް ކިޔައިދެއްވާނެ ކަމަށެވެ.

 

ތަފާތުގެ ފިކުރުގެ މުވައްޒަފުން މަސައްކަތް ކުރި ކަމުގައިވީ ނަމަވެސް ހުރިހާ މުވައްޒަފުންނަކީ ހަމަހަމަ ބައެއް ކަމަށާއި އެއްވެސް މުވައްޒަފަކު ތަފާތު ނުކުރާނެ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް