23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ރިޔާސި އިންތިޚާބު 2018

ވައްކަން ކުރުމުން ގުނަވަންތައް ބުރި ކުރާނަމަ މިސަރުކާރުގެ އިސްބޭފުޅުންގެ ގުނަވަންތަކެއް ނުހުންނާނެ: އަހުމަދު އީސަ

 • މިވެރިކަން ފެށުނީއްސުރެ ތަރައްގީގެ ނަމުގެ ރައްޔިތުންގެ މުދަލާއި ފައިސާއިން ފޭރުން ނޫން ކަމެއް ނުކުރޭ
 • މިސަރުކާރަކީ އިސްލާމްދީން ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބައެއް ނޫން
 • ދަރިންގެ ދަރިންގެ މުސްތަގުބަލަށް ވިސްނާ މިވެރިކަން ބަދަލުކުރަން ޖެހޭ
އަމްނާ އިމާދު | @amnabinthimad

| 23 އޯގަސްޓު 2018 | ބުރާސްފަތި 01:15 | |

މަގުބޫލް

 1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
 2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
 3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
 4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
 5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
 6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
 7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
 8. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ


މިލަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ވައްކަން ކުރުމުން ގުނަވަން ބުރި ކުރާނަމަ މިސަރުކާރުގެ އިސްބޭފުޅުން ގެންގުޅެން ޖެހޭނީ ވީލް ބަރޯގައި ކަމަށް ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގެ ރޭ ނ. މިލަދޫގައި ބޭއްވި ޖަލްސާގައި އަހުމަދު އީސަ ވިދާޅުވީ މިވެރިކަން ފެށުނީއްސުރެ ތަރައްގީގެ ނަމުގެ ރައްޔިތުންގެ މުދަލާއި ފައިސާއިން ފޭރުން ނޫން ކަމެއް ނުކުރާ ކަމަށެވެ. އީސަ ވިދާޅުވީ ވައްކަން މިސަރުކާރުގައި އާންމުވެފައިވާ މިންވަރު ހިތަށް ވެސް ނުގެނެވޭނެ ކަމަށާއި، ވައްކަމަކަށް ގުނަވަން ބުރި ކުރަމުން ދިޔަނަމަ މިސާރުކާރުގެ އިސްކޮށް ތިއްބެވި ހުރިހާ ބޭފުޅުން މިއަދު އުފުލާ ގެންގުޅެން ޖެހޭނީ ވީލް ބަރޯގައި ކަމަށެވެ. އީސަ ވިދާޅުވީ ވައްކަމަށް ގުނަވަން ބުރި ކުރާނަމަ އެބޭފުޅުން އެއްވެސް ގުނަވަނެއް ނުހުންނާނެ ކަމަށެވެ.

އީސަ ވިދާޅުވީ މިވެރިކަމުގައި ވައްކަމާއި ފަސާދަ އަށަގެންފައިވާ މިންވަރު ރާއްޖޭގެ ތާރީހު ދެކިފައި ވެސް ނުވާ ކަމަށާއި، ދަރިންގެ ދަރިންގެ މުސްތަގުބަލަށް ވިސްނާއި މިވެރިކަން ބަދަލުކުރަން ޖެހޭ ކަމަށެވެ.

އިސްލާމްދީނުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލުމަށް މިސަރުކާރުން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި އީސަ ވިދާޅުވީ މިސަރުކާރަކީ އިސްލާމްދީން ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބައެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަދުނެއް ކަމަށެވެ. އޭނަ ވިދާޅުވީ މިވެރިކަން ފެށުނީ ވެސް މަރަށްމަރު ހިފާނެ ކަމަށް ރައީސް ޔާމިން ވައުދުވެގެން ކަމަށާއި، ވެރިކަން ނިމެންކައިރިވެފައި ވާއިރު މިކަން ތަންފީޒު ނުކުރެވޭ ކަމަށެވެ. އީސަ ވިދާޅުވީ ދީނަށްޓަކައި ފަސް އަހަރު ދުވަސް ހޭދަވެގެން ދިޔައިރު ކުރެއްވި ކަމެއް ފެންނަން ނެތް ކަމަށާއި، ދިވެހިން އަބަދަކު މޮޔަ ނުހެއްދޭނެ ކަމަށެވެ.

މިސަރުކާރުގެ އަނިޔާވެރިކަމަށް އަލިއަޅުއްވާ ލައްވަމުން އީސަ ވިދާޅުވީ ރައީސް ޔާމިން ވެރިކަމަށް ގެނައުމަށް ފަހަތުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް އަނިޔާވެރިވެފައިވާ ކަމަށާއި، މިއަދު ރައީސް ޔާމިންގެ ފަހަތްފުޅުން މަސައްކަތް ކުރައްވާ ބޭފުޅުން މިކަމަށް ވިސްނަން ޖެހޭ ކަމަށެވެ.

ކުރީގެ ރައީސް މައުމޫނު ނުހައްގުން ޖަލަށްލާފައިވާކަން ފާހަގަކުރައްވައި އީސަ ވިދާޅުވީ ރައީސް ޔާމިންގެ އެއްބަފާ ބޭބޭފުޅަށް ނެތް ކުލުނެއް ދިވެހި އެއްވެސް ރައްޔިތެއްގެ މައްޗަށް ނުހުންނާނެ ކަމަށެވެ. ރައީސް ޔާމިންގެ ސިޔާސީ ހަޔާތާއި، ތައުލީމީ ހަޔާތް ފުރިހަމަ ކޮށްދެއްވުމަށް އެންމެ ބުރަކޮށް މަސައްކަތް ކޮށްދެއްވީ ރައީސް މައުމޫނު ކަމަށާއި، ވެރިކަން ހޯއްދަވައިދެއްވީ ވެސް ރައީސް މައުމޫނުގެ ބުރަ މަސައްކަތުން ކަމަށް އީސަ ވިދާޅުވިއެވެ.

"ޕީޕީއެމްގެ ވަރަށް އިސްބޭފުޅަކު ގުޅާފަ އަޅުގަނޑު ކައިރި ބުނި އީސަ އޭ . މިރޭ ވެސް ރައީސް މައުމޫނުގެ ހާލުކޮޅު ވަރަށް ގޯހޭ. ޑޮކްޓަރުން އެބަބުނޭ ވަގުތުން އެޑްމިޓް ކުރަން ޖެހޭ ހޮސްޕިޓަލަށް ގެންގޮސް. އެކަމަކު ރައީސް ޔާމިން ވިދާޅުވިއޭ ތިކުރާ ކަމެއް އެތަނުގައި ބާއްވައިގެން ކުރާށޭ. މިހިސާބަށް ރައީސް ޔާމިންގެ އަނިޔާވެރިކަން ދިޔާމަ ދެންތިބޭފުޅުންނާއި އަޅުގަނޑާއި އަޅުގަނޑުގެ ދަރިންނަށް އިންސާފުގެ ކޮން އުންމީދެއްތޯ ކުރެވޭނީ." އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ މިވެރިކަމުގެ ސަބަބުން ގައުމު ހަލާކުވެ ނެތިދިއުމުގެ ބިރު އެބައޮތް ކަމަށާއި، މިގައުމު ސަލާމަތް ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ވޯޓުދީ މިއަނިޔާ ވެރިކަން ނިންމަންޖެހޭ ކަމަށެވެ. އިބޫ އަކީ ހުރިހާ ފިކުރެއްގެ ރައްޔިތުން ގޮވައިގެން ގައުމު ހިންގޭނެފަދަ ގާބިލް ބޭފުޅެއް ކަމަށް އީސަ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް