16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ރިޔާސީ އިންތިޚާބު 2018

ގާނޫނު އަސާސީގެ ބޭރުން މިވެރިކަން ބަދަލުކުރަން ބޭނުންނަމަ މިހާރު އޮންނާނީ އެކަން ކާމިޔާބު ކޮށްފައި: އަލީ ޒާހިރު

  • ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެންމެހައި މެންބަރުންނަކީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރަން ބޭނުންވާ ބައެއް
  • އިސްލާހަށް މަސައްކަތް ކުރުމަށް ނުކުތީ އަނިޔާވެރިކަން ހައްދުފަހަނައަޅާ ދިއުމުން
  • ގާނޫނުގައި ވާގޮތަށް ވެރިކަން ނުކުރެވޭނެ ނަމަ އަމިއްލައަށް އިސްތިއުފާ ދެއްވަންޖެހޭ
އަމްނާ އިމާދު | @amnabinthimad

| 23 އޯގަސްޓު 2018 | ބުރާސްފަތި 00:44 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


އަދާލަތު ޕާޓީގެ ނައިބްރައީސް އަލްއުސްތާޛް އަލީ ޒާހިރު -- ފޮޓޯ: ރާއްޖެ އެމްވީ

ގާނޫނު އަސާސީއާއި ގާނޫނުން ބޭރުން މިވެރިކަން ބަދަލުކުރަން ބޭނުންނަމަ މިހާރު އޮންނާނީ އެކަން ކާމިޔާބުކޮށްފައި ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނ. މިލަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެންމެހައި މެންބަރުންނަކީ ހަމައާއި އިންސާފު ގާބޫލުކުރާ ބައެއް ކަމަށާއި، ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރަން ބޭނުންވާ ބައެއް ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރުމަށް ނުކުތީ އަނިޔާވެރިކަން ހައްދުފަހަނައަޅާ ދިއުމުން ކަމަށާއި، ބޭނުންވަނީ ގާނޫނީ ހަމައާ އުސޫލުގެ ތެރެއިން ފޭރިގެންފައިވާ ހައްގުތައް އަބުރާ ހޯދަން ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މައްޗަށް ވެރިވެފައިވާ ނާމާންކަން ފޮހެލައިދީ އަމާންވެއްޓެއް ގާއިމް ކުރާނީ ގާނޫނު އަސާސީގެ ތެރެއިން ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ ގާނޫނީ މިވެރިކަން ގާނޫނު އަސާސީގެ ބޭރުން ބަދަލުކުރުމަށް މަސައްކަތް ކުރިނަމަ މިހާރު ތިބޭނީ އެކަން ކޮށްގެން ކަމަށާއި، މިހާރު ރާއްޖޭގެ ރައީސަކަށް އަބްދުﷲ ޔާމިން ނުހުންނަވާނެ ކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ ރައްޔިތުން ނުކުމެ ރައީސް ޔާމިންއާ ވެރިކަން ހަވާލުކުރީ އެމަނިކުފާނު ހިތްޕުޅަށް އަރައިވަޑައިގެންނެވި ގޮތަކަށް ވެރިކަން ކުރައްވަން ނޫން ކަމަށާއި، ގާނޫނުގައި ވާގޮތަށް ވެރިކަން ނުކުރެވޭނެ ނަމަ އަމިއްލައަށް އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ. ރައީސް ޔާމިނަށް ވެރިކަމުގައި ހުންނަވަން އެއްވެސް ރައްޔިތަކު މަޖުބޫރު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހިތު ހުރިހާ ގޮތަކަށް ވެރިކަން ކުރާކަށް ހަވާލެއް ނުކުރަމޭ. ވަރަށް ގިނައިން ވިދާޅުވާނެ ކިހިނެތްހޭ ތިމަންނަ މިކުރަނީ. ދެން ނުކުރެވެންޏާ ދާންވީނުންތޯ. އިސްތިއުފާ ދެއްވާ. ވަޑައިގަންނަވާ. އަޅުގަނޑުމެންގެ މައްޗައް ވެރިކަން ކުރަންވާނީ އަޅުގަނޑުމެން އެވެރިކަން ކުރުމަށްޓަކައި ހަވާލުކުރި ގޮތަށް. އެއީ ގާނޫނު އަސާސީއާ ގާނޫނުތަކުގައި އޮތްގޮތަށް. އޭގެ ބޭރުން ކަންކުރާ ނަމަ އޭތި ބަލައެއް ނުގަންނާނަން. އަދި އޭގެ އެތެރެން ކަންނުކުރޭ ކަމަށްވާނަމަ ވަޑައިގަންނަވަންވީ. އެއްވެސް މީހަކު މަޖުބޫރެއް ނުކުރޭ މަނިކުފާނަކަށް. ހަމަ މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް އަޅުގަނޑު ގޮވާލަން." އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ވޯޓުދޭން ޖެހޭ ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ވެރިކަން ކުރައްވާނެ ބޭފުޅެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް