20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ރިޔާސީ އިންތިހާބު 2018

ރައީސް މައުމޫނު ސިއްހީ ހާލުކޮޅު ވަރަށް ނާޒުކު: ވައްޑެ

  • ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅުގެ މައުލޫމަތު މުވައްސަސާތަކާ ވާނީ ހިއްސާ ކޮށްފައި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 22 އޯގަސްޓު 2018 | ބުދަ 23:50 | |

މަގުބޫލް

  1. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން
  8. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޓީއެފްޖީ ލޯންގް ރަން 2019 ގައި ބައިވެރިވެވަޑައިގެންފި


ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް -- ފޮޓޯ: ރާއްޖެ އެމްވީ

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ސިއްހީ ހާލުކޮޅު ނާޒުކު ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ނ.މިލަދޫގައި ބުދަ ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ ފާއިތުވި ދެ ދުވަހު ވެސް މައުމޫނުގެ ސިއްހީ ހާލުކޮޅު ނާޒުކު ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް މައުމޫނަށް ޖަލު ގޮޅި ހައްގު ކަމަށް ވަކި ބަޔަކު ގަބޫލުކޮށްގެން އެމަނިކުފާނު ޖަލަށް ލީ ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ކަމަށެވެ. އެ އަނިޔާ ރައީސް މައުމޫނު ލިބެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައީސް މައުމޫނަށް ދިމާވާ މައްސަލައަކީ ކުއްލިއަކަށް ބޯއެނބުރުން ކަމަށް ފާހަގަ ކުރައްވާ ވައްޑެ ވިދާޅުވީ ރައީސް މައުމޫނު ގާތުން ބަލަމުންދާނެ ކަމަށް ފުލުހުން ބުނި ނަމަވެސް އެމަނިކުފާނު ވަކިން ހައްޔަރުކޮށްގެން ބެހެއްޓުމަކީ ފުލުހުންނަށް ވެސް ބެލޭނެ ގޮތެއް ނޫން ކަމަށެވެ. ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅުގެ ވާހަކަ އެކި މުވައްސަސާތަކަށް ހުށައަޅާފައިވާނެ ކަމަށާއި އެކަން ސަރުކާރުގެ ހުރިހާ ބޭފުޅުނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ފާހަގަ ކުރައްވައި ވައްޑެ ވިދާޅުވީ އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުމެއް ލިބިއްޖެ ނަމަ އެކަމަކީ މި ސަރުކާރުގެ ވަޒީރުންނާއި މުވައްސަސާއިން ދިން ގެއްލުމަކަށްވާނެ ކަމަށެވެ.

ވައްޑެ ވިދާޅުވީ އެންމެ ފަހުން ރައީސް މައުމޫނުގެ ހާލުކޮޅު ނާޒުކުވުމާ ގުޅިގެން އެމަނިކުފާނާ ބައްދަލުކުރަން ދިއުމުން ބައްދަލު ނުކުރެވުނު ކަމަށެވެ. މާލެއަށް ރައީސް މައުމޫން ގެންދަން އުޅޭ ކަމަށް ވިދާޅުވުމަށްފަހު ވެސް ފަހުން އެމަނިކުފާނު ހުންނެވި ތަނަށް ޑޮކްޓަރަކު ގެންދިޔައީ ކަމަށް ވައްޑެ ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް