25 ސެޕްޓެންބަރ 2018 | އަންގާރަ | 06 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރިޔާސީ އިންތިހާބު 2018

ވަގުންނާ ދިމާލަށް ވަގުންނޭ ބުނެވޭނެ، ފުރަތަމަ ވައްކަން ސާބިތު ކޮށްދެއްވާ: ރައީސް ޔާމީން

 • އިންތިހާބަށް ވޯޓުލާން ދާންޖެހޭނީ ފްލައިޓުގައި ކަމަށް ވިދާޅުވި
 • އެމްޑީޕީގެ ބޭފުޅުންނަށް ކޮރަޕްޝަންގެ ތުހުމަތު ކުރެއްވި
 • ޖުޑީޝަރީން ހައްލު ލިބޭނެ ކަމަށް ވިދާޅުވި
ޙުސައިން ޙަސަން | hucenhassan

| 22 އޯގަސްޓު 2018 | ބުދަ 23:35 | |

މަގުބޫލް

 1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
 2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
 3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
 4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
 5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
 6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
 7. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
 8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ރައީސް ޔާމީން: ވަގުންނާ ދިމާލަށް ވަގަށް ގޮވަންޖެހޭނީ ކުށް ސާބިތު ކުރުމަށްފަހު ކަމަށް ވިދާޅުވި -- ފޮޓޯ: ރާއްޖެ އެމްވީ

ވަގުންނާ ދިމާލަށް ވަގުންނޭ ބުނެވޭނެ ކަމަށާއި އެގޮތަށް ގޮވަންޖެހޭނި ވަގެއްކަން ސާބިތުކޮށްދިނުމަށްފަހު ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވީ އެމަނިކުފާނަށާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނަށް ނިސްބަތްކޮށް އިދިކޮޅު ފަރާތްތަކުން ރައްދު ކުރަމުންދާ ބަހުގެ ހަލަތަކާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރަމުންދަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ރައީސް ޔާމީންގެ އަމިއްލަ އެކަންޓަށާއި އަމިއްލަ ގެކޮޅަށް ވެއްދި މައްސަލައާ ގުޅިގެންނެވެ.

ހދ. ކުޅުފުއްފުށީގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވައްކަމާއި ކޮރަޕްޝަންގެ އަމަލު ހިންގާ ކަމަށް ބުނާނަމަ، އެކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށާއި ޝަރުއީ ނިޒާމުގެ ތެރެއިން އެކަން ހައްލުވާން ޖެހޭނެ ކަމަށެވެ.

"ވަގުންނާ ދިމާލަށް ވަގުންނޭ ބުނެވޭ. ކޮރަޕްޝަނާ ދިމާލަށް ކޮރަޕްޝަނޭ ބުނެވޭނެ. ޝައްކެއް ވެސް ނެތް ބުނެވޭނެ. އެކަމަކު މައްސަލައަކަށް ވަނީ ވަގުންނާ ދިމާލަށް ވަގުންނޭ ބުނާއިރު، އެބަޖެހޭ ސިޔާސީ ލީޑަރުން ކަމަށްވަންޏާ ވިސްނާލަން، އެ މީހެއްގެ ވައްކަން ސާބިތުކޮށްލައްވާ ފުރަތަމަ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް، މި ސަރުކާރުގައި ހިނގާފައިވާއިރު، އެ ފައިސާގެ ތެރެއިން ބައެއް ފައިސާތައް އިދިކޮޅު ފަރާތްތަކަށް ލިބުނު ކަމަށް ރައީސް ޔާމީން ވަނީ ތުހުމަތު ކުރައްވާފައެވެ. އެމްޑީޕީގެ ސަރުކާރުގެ ބައެއް ވަޒީރުން ކޮރަޕްޝަން ހިންގެވި ކަމަށް ތުހުމަތު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެފަދަ ވަޒީރުން ދައުލަތުން ނެންގެވި ފައިސާ އަމިއްލަފުޅަށް ދައުލަތަށް ދައްކަވާފައިވާ ކަމަށެވެ.

"...މިސާލެއްގެ ގޮތުން އަޅުގަނޑު ދަންނަވާނަން ހާރިޖީ ވަޒީރަކަށް ހުންނެވި ޑރ. ޝަހީދު، އެމަނިކުފާނު ކުރެން އެ ބޭފުޅުން އައްސަވަންވީ ނޫންތޯ އެ މަނިކުފާނަށް ސިޓީއެއް ދިޔަތޯ؟ ބަޖެޓް ރިޕޯޓުގައި އޮތް ފައިސާއެއް ދެއްކެވިތޯ؟ އަޅުގަނޑު ދަންނަވާލާނަން، އަޅުގަނޑު ސިޓީ ފޮނުވީމު. އޭނާ ވަނީ ފައިސާ ދައްކަވާފަ. އަޅުގަނޑުމެން އެހެން ބޭފުޅުންނަށް ވެސް ސިޓީ ފޮނުވީމު، އޭގެ ތެރެއިން ބައެއް ބޭފުޅުން ފައިސާ ދައްކަވާފަ ވަނީ. އެނެއް ބައި މައްސަލަތައް އެހުރީ މަދަނީ ކޯޓުގައި،" ރައީސް ޔާމީން ވިދާޅުވިއެވެ.

ކުޅުފުއްފުށީގައި އެއާޕޯޓުގެ މަސައްކަތަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މާލޭގައި ދިރިއުޅޭ ކުޅުދުއްފުށީ މީހުން ވޯޓުލާން ރަށަށް ދާންދާނީ ފްލައިޓުގައި ކަމަށެވެ.

އުތުރުގެ ތަރައްގީގެ ނާރެހަކީ ކުޅުދުއްފުށި ކަމަށް ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އެ ރަށުން ވޯޓު ދީފިނަމަ، އިތުރު މަގުތައް އެ ރަށުގައި ހެދިގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ރާފަޅާ

1 މަސްކުރި

ވައްކަން ސާބިތުކުރެވޭނީ މަސައްކަތް ކުރުމުގެ ފުރުސަތުދީގެން. ވައްކަމުގެ މައްސަލަ ބެލުމަށް މަސައްކަތްކުރާާހެން ހީވާހާ ބަޔަކު ވަޒީފާތަކުން ވަކިކޮށް ޖަލަށްލައި ހިފައި ހައްޔަރު ކޮށްގެން ހުރެ ރައްޔިތުންނަށް ފުރައްސާރަ ކުރަނީތަ؟

0
0
މައިމޫނު

1 މަސްކުރި

ދެރަކަމެއްނު، ވައްކަންވީމާ މިއޮތީ މާ އުނދަގޫ ވެފާ، އެހެން ކުޑަ ކަމެއް ނަމަވެސް އެންމެ ފުރަތަމަ ކުރަނީ ހައްޔަރު، ދެން ތަޙުޤީޤު، ދެން ކޯޓަށް، އެންމެ ފަހުން ހެކި ހޯދުން. ނުލިބިއްޖެއްޔާ އެހެން ކޮންމެވެސް ކަމެއްގައި ހުކުމް.

0
0