20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ރިޔާސީ އިންތިހާބު 2018

ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޤާނޫނެއް ހަދާނަން: އިބޫ

 • ހައުސިން ލޯނުްތަކުގެ އިންޓްރެސްޓް 6 އިންސައްތައަށް ކުޑަކުރާނަން
 • 23 ސެޕްޓެމްބަރަށް ފަހު ޤާއިމްކުރާނީ ރައްޔިތުންގެ ވެރިކަމެއް، ބަސްބުނާ ބަޔަކަށް ވާނީ ރައްޔިތުން
 • ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހާއްސަ ކުންފުންޏެއް އުފައްދަވާނެ ކަމަށް ވިދާޅުވި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 22 އޯގަސްޓު 2018 | ބުދަ 21:55 | |

މަގުބޫލް

 1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
 2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
 3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
 4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
 5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
 6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
 7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
 8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ނ. މިލަދޫގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށާއި، ސޯޝަލް ހައުސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއްގެ ގޮތުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ޤާނޫނެއް ހައްދަވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވައުދުވެވަޑައިގެންފި އެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ތާއީދުު ހޯއްދެވުމަށް އަތޮޅުތަކަށް ކުރައްމުން ގެންދަވާ ދަތުރުފުުޅުތަކުގެ ތެރެއިން ނ. މިލަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ގިނަ ދަތުރުކުތަކެއް ކުރެއްވި އިރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނީ ބޯހިޔާވެހިކަމުގެ މައްސަލަ ކަމަށެވެ. ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ހޯދަވައިދެއްވާނެކަމަށް ވެވަޑައިގަންނަވާ ވައުދު ތަކުރާރުކުރައްވަމުން އިބޫ ވިދާޅުވީ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ޤާބިލްކަން ދައުލަތުގައި އެބަހުރި ކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނެ ގޮތްތައް ވެސް އެބަހުރިކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ސޯޝަލް ހައުސިން ނުވަތަ ބޯހިޔާވެހިކަމެއް ނެތި، އެ ތަނަވަސްކަން ނެތް ފަރާތްތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. 

އިބޫ ވިދާޅުވީ ސޯޝަލް ހައުސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމްކަމެއްގެ ގޮތުގައި ހަދައި، އެކަން ކުރުމަށް ހާއްސަ ޤާނޫނެއް ހައްދަވާނެ ކަމަށެވެ. އަދި އެއަށް ފަހު ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ހާއްސަ ކުންފުންޏެއް އުފައްދަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ތަނަވަސްކަން ނެތް ފަރާތްތަކަށް އަގު ހެޔޮކަމާ އެކު، ލުއި ފަސޭހަ ގޮތުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ ގޮތުން ފައިސާ ދެއްކުމަށް ފަސޭހަ ގޮތްތަކެއް ހައްދަވާނެ ކަމަށެވެ. އަދި ހައުސިން ލޯނުްތަކުގެ އިންޓްރެސްޓް ހައެއް އިންސައްތައަށް ކުޑަކުރައްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގެންނެވިއެވެ. 

"އިޖުތިމާއީ ރައްކާތެރިކަން ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭނަން. ހުރިހާ ރައްޔިތުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދޭނަން. ރައްޔިތުން ގައިން ތާހިރުނުވެ ކުރާނެ ތަރައްްގީއެއް ނޯންނާނެ. އިންސާފަކީ ގަނެވިއްކާނެ އެއްޗެއްގެ ގޮތުގައި އޮވެ ކުރާނެ ތަރައްޤީއެއް ނޯންނާނެ. އަމިއްލަ ރަށުގައި ބޯހިޔާވެހިކަމެއް ނެތި ކުރާނެ ތަރައްޤީއެއް ނޯންނާނެ،" އިބޫ ވިދާޅުވިއެވެ. 

ރިޔާސީ އިންތިހާބަށް ފަހު ޤާއިމްކުރާނީ ރައްޔިތުންގެ ވެރިކަމެއްކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ އެ ވެރިކަމެއްގައި ބަސްބުނާ ބަޔަކަށް ވާނީ ރައްޔިތުން ކަމަށެވެ. އަދި ރަށްރަށަށް ތަރައްޤީ ގެންނަވާނީ ހަމަހަމަކަމާ އެކުގައި ކަމަށާއި، އެކަމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށެވެ. އަދި ވެރިކަމުގައި އެންމެ އިސްކަމެއް ދެއްވާނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހުދުމަތްތައް ކަމުގައިވާ، ފެނާއި، ނަރުދަމާ ފަދަ ހިދުމަތްތައް ރަނގަޅު ފެންވަރަކަށް ފޯރުކޮށްދިނުމަށް ކަމަށް އިބޫ ވިދާޅުވިއެވެ.

މިލަދޫއަށް ދިމާވެފައިވާ މައްސަލަތައް ވެސް ހައްލުކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގަންނަވަމުން އިބޫ ވިދާޅުވީ ރަށުގެ ބަނދަރު ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް، ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ. އަދި ފުޓްސަލް ދަނޑެއްް އެޅުމުގެ ނަމުގައި އެ ރަށުގައި ވެސް ހަޑިތަކެއް ހާވައިފައިވާކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އެ ރަށުގައ ރަނގަޅު ފެންވަރެއްގެ ފުޓުބޯޅަ ދަނޑެއް ހައްދަވައިދެއްވާނެ ކަމަށެވެ. 

"މިލަދޫގައި ކުޅޭނީ ފުޓްސަލެއް ނޫން، ފުޓުބޯޅަ" އިބޫ ވިދާޅުވިއެވެ. 

އިންސާފު ޤާއިމްކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަން ފާހަގަކުރައްވައި، ވާހަކަފުޅު ކުރިއަށްގެންދަވަމުން އިބޫ ވަނީ ނާއިންސާފުން އަނިޔާ ލިބެމުންދާ ހުރިހާ ފަރާތްތައް މިނިވަންކޮށް، އާއިލާއާ އެކު އުޅުމުގެ ފުރުސަތު ވެރިކަމުގެ ފުރަތަމަ ދުވަހު ދެއްވާނެ ކަމަށް ވެވަޑައިގަންނަވާ ވައުދު ތަކުރާރުކުރައްވާފައެވެ. އަދި އެއްވެސް ރައްޔިތެއްގެ މައްޗަށް އަނިޔާވެރި ނުވާނެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ދައުލަތުގެ ފައިސާގެ ލޯލާރިއެއްގައި ވެސް ނުޖެހޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް