20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ ބަހުސް

އެމްއެންޔޫގެ ރިޔާސީ ބަހުސްގެ ދައުވަތު އިބޫ ގަބޫލުފުޅު ކުރައްވައިފި

  • ބަހުސްގެ ދައުވަތު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ގަބޫލުފުޅު ކުރައްވާފައި
އާމިނަތު ނުޒުހާ | nuzu8121

| 22 އޯގަސްޓު 2018 | ބުދަ 20:14 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


އިދިކޮޅު ކެންޑިޑޭޓް އިބޫ ސޯލިހު -- ރާއްޖެއެމްވީ

ގައުމީ ޔުނިވަސިޓީ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ރިޔާސީ ބަހުސްގެ ދައުވަތު، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު ގަބޫލުފުޅު ކުރައްވައިފިއެވެ.

މި ބަހުސްގެ ދައުވަތު، އިންތިޚާބުގައި ދެން ވާދަކުރައްވާ، ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ގަބޫލުފުޅު ކުރައްވާފައެވެ.

އެމްއެންޔޫ އިން ބުދަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އިންތިޚާބީ ދެ ކެނޑިޓޭޓުން ވެސް ދައުވަތު ގަބޫލުކުރައްވާފައި ވާތީ ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ބަހުސްގެ ތަފްސީލް ދާދި އަވަހަށް ހާމަކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަންނަ މަހުގެ ތެރޭގައި ބަހުސް ބާއްވަން ހަމަޖައްސާފައިވީ ނަމަވެސް ތާރީޚެއް އަދި އާއްމެއް ނުކުރެއެވެ. އެތަނުގެ ވިސްނުމަކީ، މި މަހުގެ ފަހުކޮޅު މެނިފެސްޓޯއާ ގުޅޭ ބަހުސް ބާއްވައި، އަންނަ މަހުގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ބޭއްވުން ކަމަށް ވެއެވެ.

ގައުމީ ޔުނިވަސިޓީން، ޕީއެސްއެމާ ގުޅިގެން ބަހުސް ބާއްވާތީ އިދިކޮޅުގެ ހިތްހަމަނުޖެހުންތައް އެބަހުއްޓެވެ. އަދި އިދިކޮޅު ޕާޓީތަކަށް ފުރުސަތު ނުދީ ހަމައެކަނި ރައީސް ޔާމީން ޕްރޮމޯޓްކުރާ ޕީއެސްއެމުން ބާއްވާ ބަހުސެއް ހަމަހަމަކާމާ އެކު ގެންދާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ޕާޓީތަކުން ބުނެއެވެ. އެހެން ނަމަވެސް ސުވާލުތަކާއި ބަހުސާ ގުޅޭ މުހިއްމު ކަންކަން ކުރިއަށް ގެންދާނީ ޔުނިވާސިޓީން ކަމަށް އެތަނުން ވަނީ ބުނެފައެވެ.

އެމްއެންޔޫ އާއި ޕީއެސްއެމުން އިންތިޒާމްކުރާ ބަހުސް އިބޫ އާއި ރައީސް ޔާމީން ވެސް ގަބޫލުކުރެއްވިއިރު، ރާއްޖެޓީވީން އިންތިޒާމްކުރާ ރިޔާސީ ބަހުސް ވަގުތު ދެވެން ނެތް ކަމަށް ވިދާޅުވެ، ދައުވަތު ގަބޫލުކުރެވެން ނެތް ކަމަށް ރައީސް އަބުދުﷲ ޔާމީން ވަނީ ބުދަ ދުވަހު ރާއްޖެޓީވީއަށް އަންގަވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް