21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ހދ. ކުޅުދުއްފުށި

ބްރިޖު ކައިވެންޏާއެކު ކުޅުދުއްފުށިން ނެރުނު މާލިތަކަށް ޝައުގުވެރިކަން ބޮޑުވެއްޖެ!؟

 • މާލިތަކުން ސިޔާސީ އަދި އިޖުތިމާއީ ގިނަ މެސެޖުތަކެއް ދީފައިވޭ
 • ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ވެސް ހަޖޫ ޖަހާފައިވޭ
 • މަށިމާލި ޕްރޭޑަށް ގިނަ ބައެއްގެ ތައުރީފު ލިބެމުންދޭ
ޙުސައިން ޙަސަން | hucenhassan

| 22 އޯގަސްޓު 2018 | ބުދަ 18:38 | |

މަގުބޫލް

 1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
 2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
 3. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
 4. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
 5. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޓީއެފްޖީ ލޯންގް ރަން 2019 ގައި ބައިވެރިވެވަޑައިގެންފި
 6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
 7. އެންމެ ފުރަތަމަ މާލީ ބަޔާން ހުށަހެޅުއްވި ކެންޑިޑޭޓަކަށް ނާދިރާ
 8. މެނިފެސްޓޯ ތަންފީޒު ކުރަން މަޖިލިސް މެމްބަރުނާއި ވަޒީރުން ހިމެނޭ ގޮތަށް ފަސް ކޮމެޓީއެއް


ބްރިޖު ކައިވެނި ރަމްޒުކޮށް ދިނުމަށް ކުޅުފުއްފުށިން ތައްޔާރު ކުރި މާލި -- ފޮޓޯ: ރާއްޖެ އެމްވީ

ކުޅުދުއްފުށީ މަށި މާލި ޕްރޭޑުން ގައުމުގެ ހާލަތު ކިޔައިދެއެވެ. ސިޔާސީ މަސްރަހު ބުނެދެއެވެ. ފަތުއަޑު ކިޔާފައި އެންމެ ބާރަށް ދެކެވޭ ވާހަކަތައް ވެސް ކުއްލިއަކަށް މާއްޔަކަށް ހަދާލަނީ ކުޅުފުއްފުށިންނެވެ. މިފަހަރުގެ އަޟްހާ އީދާ ގުޅިގެން ކުޅުފުއްފުށިން ނެރޭ މާލިތަކަށް އެންމެން އިންތިޒާރު ކުރީ އެ ސަބަބާ ހުރެއެވެ.

ކުޅުދުއްފުށްޓަށް ހާއްސަވެފައިވާ މި މަށިމާލި ޕްރޭޑުގައި މިފަހަރު ފެނުނު މާލިތަކުގެ ތެރެއިން ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަތީ ބްރިޖުމަތީގައި ކުރާ ކައިވެންޏަށް ތައްޔާރު ކުރި މާލިތަކެވެ. ބްރިޖު ކައިވެނި ރަމްޒުކޮށްދޭ ފަސް ވަރަކަށް މާލި އެ ޕްރޭޑުގައި ދައްކާލާފައިވެއެވެ. އެގޮތުން އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަތީ ބްރިޖެއް ސިފަވާ ގޮތަށް ހަދާފައިވާ ތަނެއްގެ މަތީގައި ކައިވެނި ކުރާތަން ދައްކައި ދީފައިވާ މާއްޔެވެ. އެ ބްރިޖުގައި ކައިވެންޏަށް ނިސްބަތްކޮށް "ގޮށްޖެހުން" ނަންބޯޑު ހަރުކޮށްފައިވެއެވެ. އަދި ބްރިޖު މަތީގައި ކައިވެނިކުރާ ޖޯޑުތަކަށް ހާއްސަކޮށްގެން، ބްރިޖު ދަށުގައި ކޮޓަރިއެއް ވެސް ހަދާފައިވާ ތަން އެ ޕްރޭޑުގައި ދައްކައިދީފައިވެއެވެ. އަދި އެ ކޮޓަރީގެ ބޭރުގައި "ޑޫ ނޮޓް ޑިސްޓާރބް" ވެސް ޖަހާފައިވެއެވެ.

ބްރިޖު ކައިވެނި ރަމްޒުކޮށްދޭ މާއްޔެއް، ކައިވެނީގެ ހެދުންލައިގެން-- ފޮޓޯ/ ޓްވިޓާ

ސިޔާސީ ކަންކަމާއި އިޖުތިމާއީ މައްސަލަތައް ރަމްޒުކޮށް ދޭ މާލިތަކުން މިފަހަރު ދެން ފާހަގަ ކުރެވުނު މާއްޔަކީ "ޖެހުނު ހާލު" ނަން ދީފައިވާ މާއްޔެވެ. އެ މާލިން ދައްކައި ދެނީ ބޭބެއަކަށް ޖައްސާފައިވާ ހާލެވެ. އަދި ބޮޑުބޭބެއެއްގެ އަތުގައި އޮތް ފޯނެއް އަތުލުމަށް ކޮއްކޮޔަކު "ތޮޅޭ" މަންޒަރު ވެސް ދައްކުވައިދީފައިވެއެވެ.

މިފަހަރުގެ މާލިތަކުގެ ތެރޭގައި ކުޅުފުއްފުށީގައި ރައީސް ނަޝީދުގެ ސަރުކާރުން އަޅާފައިވާ ފްލެޓުތައް ދޫނުކޮށް ވީރާނާވާން ދޫކޮށްލާފައިވާތީ "ވީރާނާވާ ފްލެޓް"ގެ ނަމުގައި ވެސް މާއްޔެއް ނެރެފައިވެއެވެ. އަލަށް ކައިވެނި ކުރާ ޒުވާނުންނަށް މެސެޖެއް ދިނުމުގެ ގޮތުން ނެރުނު މާއްޔަށް ދީފައިވާ ނަމަކީ "ހިތްރުއްސުން" އެވެ.

ކުޅުފުއްފުށީ ފްލެޓުތައް ދޫނުކޮށް ވީރާނާވާން ދޫކޮށްލާފައިވާތީ އެކަމަށް ޖޯކު ޖެހުމަށް ނެރުނު މާލިތަކެއް

ކުޑަކުދިންނާއި އަންހެނުންނާއި ދޮށީ އުމުރުގެ މީހުން ވެސް ބައިވެރިވިކޮށްގެން، ކުރިއަށް ގެންދިޔަ އެ ޕްރޭޑުގައި ތަފާތު އެކި މެސެޖުތައް ދީފައިވެއެވެ. ސިޔާސީ ކަންކަމަށް ޖޯކު ޖަހާފައިވެއެވެ. އެގޮތުން ސިޓީއުރަ ބަހާ އަންހެނަކާއި އޭނާގެ ފިރިމީހާ ވަށައިގެން، ހަތިޔާރު ހިފައިގެން، އަސްކަރީ ބަޔަކު ސިފަވާ ގޮތަށް ބަޔަކު އެތުރިގެން ތިބޭ ތަން ފެނިގެންދިޔައެވެ. އަދި އެ ދެމަފިރިންގެ ކުރިމަތީގައި ޓިނުން ސިލްޑު ހަދައިގެން، ސްވޮޓު ނަން ދީފައިވާ ބަޔަކު ހަރަކާތްތެރިވާ މަންޒަރު ވެސް ފެނިގެންދިޔައެވެ.

ސިޓީ އުރަ ހިފައިގެން އުޅުނު އަންހެން މީހާގެ ފިރިމީހާ ވަށައިގެން އަސްކަރީ ބަޔަކު ރަމްޒުކޮށްފައި

މަށިމާލި ޕްރޭޑުން 30 ވުރެ ގިނަ މާލި ފެނިގެންދިޔައެވެ. މަށިމާލި ޕްރޭޑު އިންތިޒާމުކޮށްފައި ވަނީ އެ ރަށު ރައްޔިތުންގެ އަމިއްލަ އިސްނެގުމަށެވެ. އުތުރުގެ އެންމެ އާބާދީ ބޮޑު، ކުޅުދުއްފުށީ މަގުތަކަށް ބުދަ ދުވަހުގެ ހަވީރު މަށި މާލިތައް ނުކުތުމާ އެކު، އެ ރަށުގެ ގިނަ ބަޔަކު ވަނީ އެ މަންޒަރު ބަލަން ގޮސްފައެވެ. އަދި ސޯޝަލް މީޑިއާގައި އެ ޕްރޭޑުގެ ފޮޓޯތައް ދަނީ ދައުރުވަމުންނެވެ.

ކުޅުފުއްފުށީ މަށިމާލި ޕްރޭޑަކީ އެ ރަށަށް ހާއްސަ ޕެރޭޑެކެވެ. އެ ޕްރޭޑުގައި ދައްކުވައި ދެނީ އޭރުގެ ހާލަތެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ކުރާ ކަންތައްތަކަށް ވެސް އެ ޕްރޭޑުގައި ޖޯކު ޖަހައެވެ. އެ ޕްރޭޑަށް "މަށި މާލި ޕްރޭޑް" ކިޔަނީ ކުޅުފުއްފުށީ މަށި ކުޅިން މަށި ނަގައިގެން ގައިގައި އުނގުޅައިގެން، މާލި ހަދާތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް