21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އިނގިރޭސި ޕްރިމިއާ ލީގު

ރިޗާލިސަންގެ ޓާގެޓަކީ ޕްރިމިއާ ލީގުގެ ރަން ބޫޓު

  • އޭނާ އެވަޓަންއަށް ބަދަލުވީ 40 މިލިއަން ޕައުންޑަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 22 އޯގަސްޓު 2018 | ބުދަ 18:19 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ރިޗާލިސަން އެވަޓަންގެ ޖާޒީގައި -- ގެޓީ އިމޭޖާސް

އެވަޓަންއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރިޗާލިސަންގެ ޓާގެޓަކީ ޕްރިމިއާ ލީގުގެ ރަން ބޫޓު ކަމަށް އޭނާ ބުނެފިއެވެ. 

ވޮޓްފޯޑް ދޫކޮށް 40 މިލިއަން ޕައުންޑްގެ ފީއަކަށް އެވަޓަންއަށް ބަދަލުވުމަށްފަހު ރިޗާލިސަން އަންނަނީ އެވަޓަންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ރިޗާލިސަންގެ ފުރަތަމަ މެޗުގައި 2-2 އިން އެވަޓަން އެއްވަރުއިރު އެމެޗުގައި ޖެހި ދެ ލަނޑު ވެސް ޖެހީ އޭނާއެވެ. ހަމައެހެންމެ އެންމެފަހުން އެވަޓަން ސައުތުހެމްޕްޓަން އަތުން މޮޅުވި މެޗުގައި ވެސް އޭނާ ލަނޑު ޖެހިއެވެ. 

އުމުރުން 21 އަހަރުގެ ރިޗާލިސަން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނީ ޕްރިމިއާ ލީގުގައިި ޓީމުތަކުން ކުޅޭ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެއީ އޭނާ ބޭނުންވާ ހިސާބަށް ވާސިލުވުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ. އޭނާ ހުރީ ސީޒަނަށް ތައްޔާރުވެގެން ކަމަށާއި ބޭނުންވަނީ ޕްރިމިއާ ލީގުގެ ރަން ބޫޓު ހޯދަން ކަމަށް އޭނާ ބުނެފައިވެއެވެ. ހަމައެހެންމެ އެކަމުގެ އިތުރުން އެވަޓަން އަލުން އަނބުރާ ޗެމްޕިއަންސް ލީގަށް ގެންގޮސްދީ ބްރެޒިލްގެ ގައުމީ ޓީމުން ޖާގަ ހޯދަން ބޭނުންވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. 

ބްރެޒިލްގެ ގައުމީ ޓީމު އެމެރިކާ އަދި އެލް ސެލްވެޑޯރއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑަށް ރިޗާލިސަން ނަގާފައިނުވާއިރު އޭނާ ހުރީ އެކަމާއި ހިތްހަމަނުޖެހިފައެވެ. ރިޗާލިސަން ބުނީ އޭނާ ހުރީ ގައުމީ ޓީމުން ޖާގަ ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށާއި އެހެން ނަމަވެސް އެކަން އެގޮތަށް ނުހިނގުމުން ދެރަވި ކަމަށެވެ. އަދިވެސް އުއްމީދު އެބައޮތް ކަމަށާއި ފުރުސަތު ލިބޭއިރު ތައްޔާރަށް ހުންނަން ބޭނުންވާ ކަމަށް ވެސް ރިޗާލިސަން ބުނެފައިވެއެވެ.

ކުރިޔަށް އޮތް މެޗުގައި ރިޗާލިސަން ނުކުންނާނީ އެވަޓަންއާއެކު ބޯންމައުތާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް