16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ފޭސްބުކް އާއި ޓުވިޓަރ

ފޭސްބުކް އާއި ޓުވިޓަރ އިން ރަޝިއާ އަދި އިރާންއަށް ލިންކްވެފައިވާ އެކައުންޓުތައް ރިމޫވްކޮށްފި

  • ރިމޫވްކޮށްފައިވަނީ އެ އެކައުންޓުތަކުގެ ސައްހަކަން ކަށަވަރު ނުވާތީ
  • ޓުވިޓަރ އިން 284 އެކައުންޓް ސަސްޕެންޑް ކުރި
ސިމާހާ ނަސީމް | sim_kamana

| 22 އޯގަސްޓު 2018 | ބުދަ 17:55 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ރިމޫވްކޮށްފައިވަނީ އެ އެކައުންޓުތަކުގެ ސައްހަކަން ކަށަވަރު ނުވާތީ - ފޭސްބުކް -- ގެޓީ އިމޭޖާސް

ފޭސްބުކް އާއި ޓުވިޓަރ އިން ރަޝިއާ އަދި އިރާންއަށް ލިންކްވެފައިވާ އެކައުންޓުތައް ރިމޫވްކޮށްފިއެވެ.

ފޭސްބުކް އާއި ޓުވިޓަރ އިން ބުނީ ރަޝިއާ އާއި އިރާންއަށް ލިންކްވެފައިވާ އެކައުންޓުތައް ސަސްޕެންޑްކޮށް އަދި ރިމޫވްކޮށްފައިވަނީ އެ އެކައުންޓުތަކުގެ ސައްހަކަން ކަށަވަރު ނުވާތީ އާއި އެ އެކައުންޓުތައް މެދުވެރިކޮށް ބޮޑެތި އޮޅުވާލުތަން ކުރިއަށް ގެންގޮސްފައިވާތީ ކަމަށެވެ.

ފޭސްބުކްގެ ސީއީއޯ މާކް ޒަކަބަރގް ވިދާޅުވީ 650 އަށްވުރެ ގިނަ ފޭސްބުކް ގްރޫޕްތަކާއި ފޭސްބުކް ޕޭޖްތަކުގައި އޮޅުވާލުންތައް ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޓުވިޓަރ އިން ވަނީ އިރާންއާ ލިންކްވެފައިވާ 284 އެކައުންޓް ސަސްޕެންޑްކޮށްފައިއެވެ.

ފޭސްބުކް އިން ވަނީ މީގެ ކުރިން އެ ޕްލެޓްފޯމް ބޭނުން ކުރާ ބައެއް ފަރާތްތަކުގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ކެނެޑާގެ ޑޭޓާ ކުންފުންޏެއް ސަސްޕެންޑް ކޮށްފައެވެ.

ސަސްޕެންޑް ކުރި ކުންފުންޏަކީ އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވުމަށް ނެގި ވޯޓުގައި، އީޔޫއިން ވަކިވުމަށް ކެމްޕޭން ކުރި ޓީމަށް މަސައްކަތް ކޮށްދިން ކެނެޑާގެ ޑޭޓާ އެނަލިޓިކްސް ކުންފުންޏެއް ކަމަށްވާ އެގްރިގޭޓް އައިކިއު ކިޔާ ކުންފުންޏެކެވެ. އެކުންފުންޏާއި ކޭމްބްރިޖް އެނަލިޓިކާ ކުންފުންޏާއި ގުޅުމެއް އޮތް ކަމަށް ފޭސްބުކްއިން ތުހުމަތުކުރެއެވެ.

ކޭމްބްރިޖް އެނަލިޓިކާ ކުންފުންޏަކީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ފޭސްބުކް ބޭނުން ކުރާ އެތައް މިލިއަން ބައެއްގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރިކަން ދާދިފަހުން ފަޅާ އަރައި، ހޫނު ފެނަށް ވެއްޓިފައިވާ ކުންފުންޏެކެވެ. އެމައްސަލައިގައި ފޭސްބުކް ކުންފުނިން ދަނީ މިހާރު ވެސް އެމެރިކާގެ ކޮންގްރެސްއަށާއި އިނގިރޭސި ޕާލަމެންޓަށް ޖަވާބުދާރީވަމުންނެވެ.

ފޭސްބުކް ބޭނުން ކުރާ އެތައް މިލިއަން ބައެއްގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލައިގައި އެކުންފުނީގެ ހިއްސާގެ އަގުތައްވެސް ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް