13 ނޮވެންބަރު 2018 | އަންގާރަ | 01 ނޮރަ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރިޔާސީ އިންތިހާބު 2018

ފުވައްމުލަކުގެ އަޑިގުޑަން މަގުތައް، ކަންބޮޑުވުން އިންތިހާއަށް

 • މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ވަނީ ހައުސިންގް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައި
 • މަގު ހެދުމަށްޓަކައި ކައުންސިލަށް ކުރެވޭނެ ކަމެއް ނެތް
 • މަގު ހެދުމަށް ބޭނުންވާ ސާމާނު ފުވައްމުލަކުގައި ނެތް
މުހަންމަދު ވިސާމް | sampathmasiw

| 22 އޯގަސްޓު 2018 | ބުދަ 17:51 | |

މަގުބޫލް

 1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
 2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
 3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
 4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 5. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
 6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
 7. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ފުވައްމުލަކު މާދަނޑު އަވަށުގެ ގިނަ މަގުތަކުގައި ވަނީ ފެންބޮޑުވެފައި -- ފޮޓޯ: ރާއްޖެ އެމްވީ

އެއީ މުޅި ރާއްޖެއަށް މަޝްހޫރު ފުވައްމުލަކު ސިޓީއެވެ. ފުވައްމުލަކު މަޝްހޫރުވެފައި ވަނީ އެރަށަށް ލިބިފައިވާ ގުދުރަތީ ރީތިކަމުންވެ. ފުވައްމުލަކުގެ ހާއްސަކަމާއި ރީތި ކަމުގެ ވާހަކަ ދައްކާ ނުނިމޭނެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން ވެސް އެ ރަށައް ޒިޔާރަތްކުރެއެވެ. އެރަށުގެ ގުދުރަތީ ރީތިކަން ހަމަލޮލުން ބަލާލުމަށެވެ. ފުވައްމުލަކަށް އަންނަ ކޮންމެ މީހަކަށް އެރަށުގެ ހާއްސަ ތަނެން ބަލާލާން މަގުމައްޗަށް ނުކުތުމަކީ ބޮޑު ކަމަކަށް ވަނީ ވެފައެވެ. އަޑިގުޑަން މަގުތަކުގައި ވާރޭ ވެހޭ ކޮންމެ ފަހަރަކު ފެންބޮޑުވެއެވެ. މިއީ އަބަދުވެސް ފުވައްމުލަކުގެ ރައްޔިތުން ތަހައްމަލުކުރަންޖެހިފައިވާ ދަތި އުނދަގުލެކެއެވެ.

ފުވައްމުލަކުގައި އަށް އަވަށް އޮނަން އިރު، އެރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް އެ ސިޓީގެ ރައްޔިތުން ދަނީ ކައުންސިލްގެ ކިބައިން އާދޭސްކުރަމުންނެވެ. އެހެންނަމަވެސް އެކަމުގައި ކައުންސިލަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެއެވެ. ބާރެއް ނެތްތަނުގައި ޗަކަ ހެދިފައިވާ މަގުތަކަށް ވެލި އަޅާނެ ސާމާނެއް ވެސް ނެތެއެވެ. ނަތީޖާއަކީ އެރަށުގެ ރައްޔިތުން އަޑިގުޑަން މަގުތަކުން ހިނގާބިނގާވެ އުޅެން ޖެހުމެއެވެ. ފެންގަނޑުތަކުގެ ތެރޭގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވީ ފުވައްމުލަކުގައި ހައުސިންގ މިނިސްޓްރީގެ ތިން އޮފީހެއް ހުންނަ ކަމަށެވެ. މަގުތަށް ހެދުމުގެ ކަންކަމުގެ ބާރުވެރިކަން ސިޓީ ކައުންސިލް އަތުން ރައީސް ޔާމީންގެ ސަރުކާރުން ނިގުޅައިގަތުމަށް ފަހު ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުން އެކަން ކުރިއަށް ގެންދާއިރު،  ބަޖެޓު ނެތިގެން މަސައްކަތް ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނާ ބުނުން ރައްޔިތުން ބަލައިނުގަންނަ ކަމަށް ލިރާރު ވިދާޅުވިއެވެ.

ފުވައްމުލަކުގެ މަގުތަކުގެ ހާލަތު، ގިނަ މަގުތަކުން ހިނގާބިނގާވެ އުޅެން ދަތިވޭ

"މި ރަށުގެ ގިނަ މަގުތަކަކީ ފެހި މަގުތެކެއް. މަގުތަށް މަރާމާތުކުރަން ބޭނުންވާ ވެލި ރަށުން ލިބޭކަށް ނުހުރޭ. ދެން އާންމުކޮށް މަގު މި ޖެހެނީ ކަހާ އެއްވަރުކޮށްފަ ވަރު ދުއްވާ މިކަހަލަ ގޮތަކަށް މެނޭޖް ކުރަން މި ޖެހެނީ. ރަށުގެ މަގުތަކަކީ ޖުމްލަކޮށް އެހާ ފުޅާ މަގުތަކެއް ނޫން. 15 ނުވަތަ 20 ވަރަކަށް ފޫޓް އެންމެ ފުޅާ މަގުތަކުގައި ވެސް ހުންނަނީ. އެހެންވީމަ ކޮންމެ ކޮންމެ ވެހިކަލަކުން އެކަމެއް ނުކުރެވޭ. ދެން އާންމު އުސޫލަކުން ބަލާއިރު ގިނަ މަގުތަކުގައި ވާރޭވެހި ފެންބޮޑުވީމަ ވަރަށް ގިނަ ދުވަހުން ފެން ހިނދޭ ގޮތް މި ވަނީ. ރަށުގައި އެކަމަށް މަސައްކަތްކުރަން އޮތީ އެމްއާރުޑީސީ ކިޔާ ކުންފުންޏެއް ކުރީގައި، ސިޓީއަކަށް ބަދަލުވި ފަހުން މިހާރު މިއޮތީ ހައުސިންގް މިނިސްޓްރީ ވުޖޫދުވެފައި، ހައުސިންގ މިނިސްޓްރީން މަގުތައް މަރާމަތުކުރުމާއި ހުރިހާ މަސައްކަތެއް މި ބަލަހައްޓަނީ،" ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ލިރާރު ވިދާޅުވިއެވެ.

ފުވައްމުލަކުގެ ކޮންމެ ގޭ ބިސީއެއްގައި ދެ ސައިލަކް ވަރު ހުރެއެވެ. އާންމުކޮށް އެހެން ރަށްތަކަށް ވުރެ ސައިކަލާއި ހަތަރު ފުރޮޅުލީ އުޅަނދު ގިނަކަން ފާހަގަކޮށްލެއެވެ. ޓްރާސްޕޯޓް އޮތޯރިޓީއަށް ބަރާރަށް ފީދައްކާއިރު، ފުވައްމުލަކު ވެގެންދަނީ މާލެ ފިޔަވައި އެންމެ ގިނައިން ވެހިކަލްތަކުން ފީދައްކާ ސިޓީއަށެވެ. މިއަދު އެރަށުގެ ޒުވާނުންގެ ކަންބޑުވަމަކީ މާލެއާ އެއް އަގެއްގައި ވެހިކަލްތަކުގެ ފީދައްކާއިރު، މަގުތަކަށް ރަނގަޅު ފެންވަރަކަށް ނަހަދާ މައްސަލައެވެ.

"އަހަރުމެން ދުއްވާ ވެހިކަލްތަކުގެ ފީ ބަރާބަރަށް މާލެ އާއި އެއްގޮތަށް ދަންކަންޖެހޭ. ޓްރާސްޕޯޓް އޮތޯރިޓީއަށް ފީދައްކާއިރު، މަގުތަށް ހަދާކަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރޭ. ބަދަލުގައި އަހަރުމެންގެ ވެހިކަލްތައް މި މަގުތަކުގައި ދުއްވަންވީމަ ހަލާކުވަނީ،" ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ޒުވާނަކު ބުންޏެއެވެ.

ވާރޭވެހި ފެންބޮޑުވެފައި ވަނިކޮށް ފައިސަލް ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ގެންދަވަނީ

އާންމުދަނީ ހޯދުމުގެ ގޮތުން ފުވައްމުލަކުގެ ގިނަ ފިރިހެންނުން މަސައްކަތްކުރަނީ ރިސޯޓްތަކުގައެވެ. އެހެން ކަމުން ކުދިން ސުކޫލަށް ލާން ދިއުމާއި، ފިހާރަތަކަށް ދިއުމާއި މިފަދަ ކަންކަން ކުރަނީ ރަށުގެ އަންހެވެރިންނެވެ. ގިނަ އަހެންވެރިންނަކީ ފަރިތަކަމާ އެކު ސައިކަލް ދުއްވަން ދަންނަ ބަޔަކެވެ. އެކެން ފުވައްމުލަކުގެ މަގުމައްޗަށް ބަލާލުމުން ވެސް ހާމަވެއެވެ.

"އަހަރެން މިއީ ދަނޑިމަގު އަވަށުގެ އަންހެނެން. ކުދިން ސްކޫލަށް ދާންޖެހެނީ ފުނާޑަށް. ކޮންމެ ދުވަހަކު އަޑިގުޑަން މަގުތަކުން ދަރިފުޅު ގޮވައިގެން ސްކޫލަށް އަންނަން ޖެހުމަކީ ވަރަށް ބޮޑު އުނދަގުލެއް. ހައްލުކުރާކަން ސަރުކާރަކުން ނޫޅޭ،" ފުވައްމުލަކު އަންހެނަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ބުންޏެއެވެ.

ލިރާރު ވިދާޅުވީ ހައުސިންގް މިނިސްޓްރީގެ ޔުނިޓުގައި މަގުހަދަން ބޭނުންވާ ސާމާނު ނެތް ކަމަށެވެ. ފުވައްމުލަކުގައި މަގު ހެދުމަށް ބޭނުންކުރި ބައެއް ވެހިކަލްތައް ވެސް މިހާރު މާލެ ގެންގޮސްފައިވާ ކަމަށް ލިރާރު ވިދާޅުވިއެވެ.

ފުވައްމުލަކު ފުނާޑު އަވަށުގެ ޕެޓްރޯލް ސްޓޭޝަން

"އެމީހުން އަތުގައި ވެސް ނެތް ބޭނުންވާ ވަސީލަތެއް. އެންމެ ކުޑަނިމުން މަގުތަކުގައި ފެންބޮޑުވުމުން ފެން ހިއްކަން ބޭނުންވާ ވަސީލަތެއް ނެތް. މަގުތަކަށް ހެދުމަށް ބޭނުންކުރާ ގްރިޑަރ ވެސް މާލޭގައި ބުރިޖާ ގުޅުވައިގެން ހަދާ މަގުތައް ލެވެލްކޮށް ތާރުއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި ވަނީ ގެންގޮސްފައި،" ލިރާރު ވިދާޅުވިއެވެ.

ކޮންމެއަކަސް މިއީ ފުވައްމުލަކު ރައްޔިތުންގެ އާދޭހެވެ. މަގުތައް ރަނގަޅު ފެންވަރެއްގައި ހަދައިދޭނެ ކަމުގެ އުންމީދުގައި ތިބޭތާ އެތަކެއް ދުވަހެއް ވެއްޖެއެވެ. ތާރު ނޭޅި ނަމަވެސް، މަގުތަކަށް ވެލި އަޅައި ލެވެލް ވެސް ކޮށްލަނީއެއް ނޫނެވެ. މަގުތައް ރަނގަޅު ފެންވަރެއްގައި ހަދައިފި ނަމަ އެ ސިޓީއަށް ޒިޔާރަތްކުރާ މީހުންނަން ވެސް ފަސޭހަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް