17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިހާބު 2018

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައުލޫމާތު އޭސީސީން ހާމަކުރުމަށް އިބޫ ގޮވާލައްވައިފި

  • ޅޮހީގެ ބަނދަރުގެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 22 އޯގަސްޓު 2018 | ބުދަ 16:59 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް


މިއަދު ޅޮއްސަށް ވަޑައިގެން އެރަށުގެ ކައުންސިލްގެ ރައީސްއާ ސަލާމް ކުރައްވަނީ: -ފޮޓޯ ރާއްޖެއެމްވީ -- ފޮޓޯ: ރާއްޖެ އެމްވީ

އެމްއެމްޕީއާރުސީގެ ހިޔާނާތާ ބެހޭ މައުލޫމާތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަ ކުރުމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

ބުދަ ދުވަހުގެ ހަވީރު ނ. ޅޮއްސަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިބޫ ވިދާޅުވީ އެމްޕީއާރުސީގެ ވައްކަމާ ބެހޭ މައުލޫމާތު އެންޓިކޮރަޕްޝަން ކޮމިޝަނުގައި ހުންނާނެ ކަމަށެވެ. އަދި އެ މައުލޫމާތު ހާމަކުރުމަށް ގޮވާ ލައްވާ ކަމަށާއި ނޫން ނަމަ އެކަމުގެ ޒިންމާ ފަހުން އުފުލަން ޖެހޭނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. 

އެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ އަދަދު 1.3 ބިލިއަނަށް އަރާއިރު އައިޖީއެމްއެޗްގެ އާ އިމާރާތް އެޅުމަށް އިތުރަށް ހޭދަކުރި ފައިސާއާ އެކު ގެއްލިގެން ދިޔައީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަން ހުރި ފައިސާ ކަމަށް ވެސް އިބޫ ފާހަގަ ކުރެއްވިއެވެ.  

އިބޫ ވަނީ މިހާރު ރައްޔިތުންގެ މަޖިލީހަށް ވަނުމަށް ސިފައިން ހުރަސް އަޅަމުންދާ މެމްބަރުންނަށް އެމަނިކުފާނުގެ ސަރުކާރުގައި މަޖިލީހަށް ވެންނެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ވިދާޅުވެފައެވެ. އިބޫ ވިދާޅުވީ ސިފައިންނަށް ޣައިރު ގާނޫނީ އަމުރެއް ނުކުރައްވާނެ ކަމަށެވެ.  

ޅޮހީގެ ނަރުދަމާ އަޅަން މަސައްކަތް ކުރާ ކަމަށް ބުނެ ސަރުކާރުން މިހާރު ދައްކާ ވާހަކައަކީ އިންތިހާބާ ދިމާކޮށް ދައްކާ ދަޅައެއްގެ ގޮތުގައި އިބޫ ސިފަކުރެއްވިއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ބޯފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކޮށް ޅޮހީގެ ބަނދަރުގެ ދަތިކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސްކޫލަށް ތިން ކްލާސް ރޫމް އިތުރުކޮށް އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް