
| 22 އޯގަސްޓު 2018 | ބުދަ 15:26 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ދައުލަތް ހިންގޭނީ ދައުލަތް ހިންގަން ރައްޔިތުން އިޚްތިޔާރު ކުރާ މީހާއާ ހަމައިގައި ހުރިހާ ބާރުތަކެއް އޮތުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ހދ. ނޮޅިވަރަންފަރުގެ ބަނދަރު ހުޅުވައިދެއްވުމަށް ފަހު ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިއަކަށް އަންނަ މީހަކުގެ މައްޗަށް ބާރު ހިންގަން ތަފާތު އެތައް ވެރިންތަކެއް ތިބެއްޖެ ކަމުގައި ވާނަމަ ރައްޔިތުން ބޭނުންވާ ގޮތަށް ދައުލަތެއް ނުހިންގޭނެ ކަމަށެވެ.
"ދައުލަތެއް ނުހިންގޭނެ ދައުލަތުގެ އެންމެ އިސް އަމާނާތް ރައްޔިތުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދީ ރައްޔިތުން ޖަވާބުދާރީ ވާން އަންނަ އެންމެ އިސް މީހާގެ މައްޗަށް ބަސް ކިޔާ އެތައް ބަޔަކު އޭނާގެ މައްޗަށް ބާރު ހިންގާ ތަފާތު އެތައް ވެރިންތަކެއް ތިބެއްޖެ ކަމަށް ވަންޏާ ރައްޔިތުން ބޭނުންވާ ގޮތަށް ދައުލަތެއް ހިންގައެއް ނުލެވޭނެ. އެހެންވީމާ ދައުލަތް ހިންގާލެވޭނީ ދައުލަތް ހިންގަން ރައްޔިތުން އިންތިޚާބު ކުރާ މީހާއާ ހަމައިގައި ހުރިހާ ބާރުތަކެއް އޮތިއްޔާ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ މި ވެރިކަން ބަދަލުވެއްޖެ ނަމަ ބަރުލަމާނީ ނިޒާމެއް ގާއިމްކުރާނެ ކަމަށް އިދިކޮޅުފަރާތްތަކުން ބުނާ ވާހަކަ އަށް ރައްދު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފި ނަމަ އަނެއްކާ ވެސް އިންތިޚާބަކަށް ބޮޑެތި ޚަރަދުތައް ކުރަންޖެހޭނެ ކަމަށެވެ.
އެމްޓީސީސީގެ ހަވާލުކޮށްގެން އެޅި ބަނދަރު ރައީސް ރަސްމީކޮށް ހުޅުއްވައި ދެއްވާފައިވާ އިރު އެއީ ދައުލަތުގެ ބަޖެޓުން 44.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އެ ބަނދަރުގެ ދިގު މިނުގައި 700 މީޓަރު ހުރިއިރު ފުޅާމިނުގައި 250 ފޫޓު ހުރެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
6 މަސް ކުރިން
ހަތްސަތޭކަ މީޓަރ ހާދަ ދިގޭ ރަނގަޅުކޮއްލާ