22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އެމެރިކާ

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

  • މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ތައްޔާރަށް ތިބި ކަމަށް މަޝްހޫރު އެތައް ބަޔަކު ދަނީ ބުނަމުން
އަލީ ޔޫސުފް | AliYooosuf

| 28 ޖެނުއަރީ 2017 | ހޮނިހިރު 15:59 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މެޑެލިން އޯލްބްރައިޓް -- ގޫގުލް

އެމެރިކާއަށް އެތެރެވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ތައްޔާރަށް ހުންނެވި ކަމަށް އެ ގައުމުގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މެޑެލިން އޯލްބްރައިޓް ވިދާޅުވެއްޖެއެވެ.

އެމެރިކާ އަށް ރެފިއުޖީން އެތެރެވުން ހުއްޓުވަން ޓްރަމްޕްކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އިޝާރާތްކުރައްވައި ކުރެއްވި ޓްވީޓެއްގައި އޯލްބްރައިޓް ވިދާޅުވެފައިވަނީ އެކަމަނާ ބަލައިބޮޑުކުރީ ކެތަލިކެއްގެ ގޮތުގައި ކަމަށާއި ފަހުން އެޕިސްކޮޕާލިއަން އަކަށް ބަދަލުވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެކަމަނާގެ އާއިލާއަކީ ޔަހޫދީ އާއިލާއެއް ކަމަށް ފަހުން އެނގުނު ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ރިޔާސީ އިންތިޚާބުގައި ހިލާރީ ކްލިންޓަނަށް ތާއީދުކުރެއްވި އޯލްބްރައިޓް ވިދާޅުވީ ހުރިހާ ދީނެއް އަދި ހުރިހާ ނަސްލެއްގެ ރައްޔިތުންނަށް ވެސް އެމެރިކާއަކީ ހުޅުވިފައިވާ ގައުމެއްގެ ގޮތުގައި ދެމިއޮންނަން ޖެހޭ ކަމަށެވެ.

އޯލްބްރައިޓް އުފަންވެވަޑައިގެންނެވީ 1937 ވަނަ އަހަރު ޗެކް ރިޕަބްލިކްގެ ޕްރާގުއަށެވެ. އެކަމަނާގެ އާއިލާ އެމެރިކާ އަށް ހިޖުރަކުރެއްވީ ނާޒީންގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުންނެވެ.

އޯލް ބްރައިޓްގެ އިތުރުން ބައެއް މަޝްހޫރު ފަރާތްތަކާއި ފަންނާނުން ވެސް ގެންދަނީ ޓްރަމްޕްގެ މި ސިޔާސަތާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. ޓްރަމްޕްގެ ސަރުކާރުން އެފަދަ ނިންމުމެއް ނިންމައިފި ނަމަ މުސްލިމުންގެ ގޮތުގައި ރަޖިސްޓްރީކުރަން ތައްޔާރަށް ތިބި ކަމަށް އެމެރިކާގެ މަޝްހޫރު ބައެއް ފަރާތްތަކުން ވެސް ދަނީ ހާމަކުރަމުންނެވެ.

މުސްލިމް ހަތް ގައުމެއްގެ ރައްޔިތުންނަށް ވިސާ ނުދޭ ގަރާރުގައި ރައީސް ޓްރަމްޕް ހުކުރު ދުވަހު ވަނީ ސޮއިކުރައްވާފައެވެ. ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓުން ހުއްޓުވުމުގެ ނަމުގައި ފާސްކުރި މި ގަރާރުގައިވާ ގޮތުން ސީރިޔާ، އިރާގު، އިރާން، ލީބިޔާ، ސޯމާލިޔާ، ސޫދާން އަދި ޔަމަނުން އެމެރިކާއަށް އަންނަ އެއްވެސް މީހަކަށް އެމެރިކާއިން ވިސާއެއް ނުދޭނެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް