14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ބޮލީވުޑް

ގޯލްޑް: ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަކްޝޭގެ ފިލްމް!

  • ފުރަތަމަ ހަފްތާ ބަންދުގައި 71.30 ކްރޯޑް އިންޑިއަން ރުޕީސް އަށް އަރާފައި
  • ފިލްމް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި 25 ކްރޯޑް ރުޕީސް ވަނީ ލިބިގެން ގޮސްފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 22 އޯގަސްޓު 2018 | ބުދަ 11:47 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


އަކްޝޭ ކުމާރާއި މޯނީ ރޯއީ -- ގޫގުލް

ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު ކުޅުނު ފިލްމްތަކުގެ ތެރެއިން ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކަށް "ގޯލްޑް" ވަނީ ވެފައެވެ.

އިންޑިއާގެ 72  ވަނަ މިނިވަން ދުވަހުގައި ރިލީޒް ކުރި މި ފިލްމަށް ވަނީ ފިލްމް ރިލީޒްކުރި ފުރަތަމަ ހަފްތާ ބަންދުގައި 71.30 ކްރޯޑް އިންޑިއަން ރުޕީސް އަށް އަރައިފައެވެ.

މި ފިލްމް ރިލީޒްކުރި ދުވަހު އާމްދަނީގެ ގޮތުގައި 25 ކްރޯޑް ރުޕީސް ވަނީ ލިބިގެން ގޮސްފައެވެ.

ކުރިން އަކްޝޭ ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފައިވަނީ "ސިންގް އިޒް ބްލިންގް" އަށެވެ. މި ފިލްމަށް ވަނީ 54.44 ކްރޯޑް ރުޕީސް ލިބިފައެވެ.

ތިން ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ "ހައުސްފުލް 3" އަށެވެ. މިފިލްމަށް ވަނީ 53.31 ކްރޯޑް ރުޕީސް ލިބިފައެވެ. "ބްރަދާސް އަށް 52.08 ކްރޯޑް ރުޕީސް ލިބިފައިވާއިރު "ޓޮއިލެޓް އޭކް ޕްރޭމް ޚަތާ" އަށް ލިބިފައިވަނީ 51.45 ކްރޯޑް ރުޕީސް އެވެ.

"ޖޯލީ އެލްއެލްބީ2" އަށް 50.46 ކްރޯޑް ރުޕީސް ލިބިފައި ވާއިރު "ރުސްތަމް" އާށް ލިބިފައިވަނީ 50.42 ކްރޯޑް ރުޕީސް އެވެ.

"ރައުޑީ ރާތޯރް" އަށް 48.05 ކްރޯޑް ރުޕީސް ލިބިފައިވާއިރު "އެއަރލިފްޓް" އަށް ލިބިފައިވަނީ 44.30 ކްރޯޑް ރުޕީސް އެވެ.އަދި "ބޮސް" އަށް ލިބިފައިވަނީ 42.50 ކްރޯޑް ރުޕީސް އެވެ.

ހަފްތާ ބަންދުގައި 71 ކްރޯޑަށް އަރާފައިވުމުން މި ފިލްމް ވެގެން ގޮސްފައި ވަމ=ނީ މިއހަރު ރިލީޒްކުރި ފިލްމް ތަކުގެ ތެރެއިން ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހަތަރުވަނަ ފިލްމަށެވެ.

މިއަހަރު ރިލީޒްކުރި ފިލްމް ތަކުގެ ތެރެއިން ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ "ސަންޖޫ" އަށެވެ. މި ފިލްމަށް ވަނީ 120.06 ކްރޯޑް ރުޕީސް ލިބިފައެވެ. މި ލިސްޓްގެ ދެވަނަގައި އުޅެނީ "ޕަދްމާވަތީ" އެވެ. މިފިލްމަށް ލިބިފައިވަނީ 114 ކްރޯޑް ރުޕީސް އެވެ. "ރޭސް3"އަށް ލިބިފައިވަނީ 106.47 ކްރޯޑް ރުޕީސް އެވެ. "ބާގީ2" އަށް 73.10 ކްރޯޑް ރުޕީސް ލިބިފައެވެ.

ރީމާ ކަތުގީ ޑައިރެކްޓްކޮށްފައިވާ "ގޯލްޑް" މި ފިލްމަކީ 1947 ވަނަ އަހަރު އިންޑިއާ އަށް މިނިވަންކަން ލިބުމަށް ފަހު 12 އޮގަސްޓް 1948 ގައި އޮލިމްޕިކްގައި އިންޑިއާ އަށް ހޮކީން ރަން މެޑެލް ގެނެސްދޭ ހާދިސާ ގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

މިފިލްމުގައި އަކްޝޭއާއި އެކު ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ބޮލީވުޑަށް އަލަށް ތަޢާރަފްވި ބަތަލާ މޯނީ ރޯއީ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް