24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ބޮލީވުޑް

މޭގަން މާކަލް، ޕްރިޔަންކާގެ ކައިވެނީގެ ހަފްލާއަށް ވަޑައިގަންނަވާނެތަ؟

  • މޭގަން ހުންނެވީ ޕްރިޔަންކާ އާއި ނިކް ގެ ކައިވެންޏާއި ދެތޭރޭ ވަރަށް އެކްސައިޓެޑް ވެފައި
  • މޭގަން އާއި ޕްރިންސް ހެރީގެ ކައިވެނީގެ ހަފްލާގައި ޕްރިޔަންކާ ވަނީ ބައިވެރިފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 22 އޯގަސްޓު 2018 | ބުދަ 11:46 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  8. ޝެއިޚް އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓައިފި


މޭގަން މާކަލް އާއި ޕްރިޔަންކާ ޗޯޕްރާ -- ގޫގުލް

ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް ގެ އެންގޭޖްމަންޓް މިދިޔަ ހޮނިހިރު ދުވަހު ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ. މިހާރު އެންމެންގެ ސާމާލުކަން ހުއްޓިފައިވަނީ މި ދެ މީހުން ކައިވެނި ކުރާނެ ދުވަހަކަށެވެ.

އެންމެންގެ ވިސްނުމުގައި މިހާރު އުފެދިފައި އޮތް އެންމެ ބޮޑު ސުވާލަކީ ޕްރިޔަންކާގެ އެންމެ ގާތް ރަހުމަތްތެރިޔާ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް މި ކައިވެނީގެ ހަފްލާއަށް ވަޑައިގަންނަވާނެތޯއެވެ.

އީ ނިއުސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން މޭގަން ހުންނެވީ ޕްރިޔަންކާ އާއި ނިކްގެ ކައިވެންޏާއި ދެތޭރޭ ވަރަށް އެކްސައިޓެޑް ވެފައެވެ.

"އެންމެން ތިބީ ވަރަށް އުފަލުން. އަދި އެ ދެ މީހުންނަކީ ވަރަށް ގުޅޭ ޖޯޑެއް" މޭގަން ވިދާޅުވި ކަމަށް އީ ނިއުސްގައި ރިޕޯޓްކޮށްފައިވެއެވެ.

ޕްރިންސް ހެރީ އާއި މޭގަން އާއި އެންގޭޖް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި ކައިވެނި ކޮށްފައިވަނީ މި އަހަރުގެ މެއި މަހުގައެވެ.

މޭގަން އާއި ޕްރިންސް ހެރީގެ ކައިވެނީގެ ހަފްލާގައި ޕްރިޔަންކާ ވަނީ ބައިވެރިފައެވެ.

ޕްރިޔަންކާ އެ ޕާޓީއަށް ގޮސްފައިވަނީ ލެވެންޑަރ ކުލައިގެ ވިވިއެން ވެސްޓްވުޑް ސޫޓަކާއި ޑިއޯ ގައުން އެއްގައެވެ.

ރޯޔަލް ވެޑިން އަށް ޕްރިޔަންކާ އެކަނި ދިޔަ ނަމަވެސް ފޭނުން އުއްމީދު ކުރަނީ މެގަން އޭނާގެ އެންމެ ގާތް ތަހުމަތްތެރިޔާގެ ކައިވެނީގެ ހަފްލާއަށް ޕްރިންސް ހެރީ އާއި އެކު ވަޑައިގަންނަވާނެ ކަމަށެވެ.

ޕީޕަލް ޑޮޓް ކޮމްގައި ބުނެފައިވާގޮތުން މޭގަންއަށް ސެލްފީއަށް ހުއްޓިވަޑައިގަތުން މަނާވެފައި އަދި އެކަމަނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ޑިލީޓްކުރަން އަންގާފައިވީ ނަމަވެސް ގާތް އެކުވެރިޔެއްގެ ކައިވެނި ހަފްލާއަށް ވަޑައިގަތުން މަނާކުރާ އެއްވެސް އުސޫލެއް ނެތެވެ.

އެންޖޭގްމަންޓް ޕާޓީއަށް ނިކް އޭނާގެ އާއިލާ އައި އެކު އިންޑިއާއަށް ގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ހޮނިހިރު ދުވަހު ވަނީ މިދެނީހުންގެ އެންގޭޖްމަންޓް ރަސްމީކޮށް އިއުލާން ކޮށްފައެވެ.

އެންގޭޖްމަންޓް ހަފްލާގައި ޕްރިޔަންކާ ލާފައިވަނީ ހުދާއި ރީނދޫ ކުލައިގެ ހެދުމެކެވެ. ނިކް ލާފައިވަނީ ކްރީމް ކުލައިގެ ކުރުތާ ޕިޖާމާ އެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް