21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ތުރުކީ-ރަޝިއާ

ރަޝިއާއިން އެސް-400 ގެ މިސައިލް އަންނަ އަހަރު ތުރުކީއަށް ފޮނުވައިދޭނެ

  • ސިސްޓަމްގެ އަގަކީ 2.5 ބިލިއަން އެމެރިކާ ޑޮލަރު
  • ތުރުކީއިން އަގު ދައްކަނީ ރަޝިއާގެ ފައިސާއިން
އަބުދުﷲ މުހައްމަދު | 8Abbo

| 22 އޯގަސްޓު 2018 | ބުދަ 09:38 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


އެސް-400 އަކީ ބިމުން މައްޗަށް 400 ކިލޯ މީޓަރުގެ ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލުކަން ހުންނަ މިސައިލެއް -- ރޮއިޓަރސް

ރަޝިއާއިން ތުރުކީއަށް ތައްޔާރުކޮށްދޭ އެސް-400 ގެ މިސައިލް ސިސްޓަމް އަންނަ 2019 ވަނަ އަހަރު ފޯރުކޮށްދިނުމުގެ މަސައްކަތް ފަށަން ނިންމައިފިއެވެ.

ތުރުކީއާއި ނޭޓޯގައި ހިމެނޭ ހުޅަނގުގެ ގައުމުތަކާއިމެދު ޚިޔާލު ތަފާތުވުން އުފެދެމުންދާ މި ދަނޑިވަޅުގައި މި މިސައިލް ސިސްޓަމް ފޯރުކޮށްދިނުމަށް ރަޝިއާއިން ނިންމާފައި މިވަނީ ކުރިން ކަނޑައެޅި ތާރީޚަށްވުރެ އަހަރެއް ކުރިންނެވެ.

ހަތިޔާރު އެކްސްޕޯޓްކުރާ ރަޝިއާގެ ދައުލަތުގެ ކުންފުނި ރޮސްބޮރޮންސް އެކްސްޕޯޓްގެ ވެރިޔާ އެލެގްޒެންޑަރ މިޚައެވް ވިދާޅުވީ ތުރުކީއަށް އެސް-400 ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ތަކެތި ފޯރުކޮށްދީ ނިންމާލެވޭނެ ކަމަށެވެ.

"2019 ވަނަ އަހަރު އަޅުގަނޑުމެން ފަށާނަން މި ކޮންޓްރެކްޓް ފުރިހަމަ ކޮށްދޭން" މިޚައެވްއާ ހަވާލާދީ އިންޓަފެކްސް ނޫސް އޭޖެންސީން ބުނެފައިވެއެވެ.

އެސް-400 އުފައްދާ ރޮސްޓެކް ކުންފުނީގެ ޗީފް އެގްޒެކްޓިވް މިދިޔަ އަހަރު ބުނެފައިވަނީ މިސައިލް ސިސްޓަމް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށޭނީ 2020 ވަނަ އަހަރު ކަމަށެވެ.

ރޮސްބޮރޮން އެކްސްޕޯޓުން ބުނެފައިވާ ގޮތުގައި މި ތަކެތި ގަތުމަށް އެމެރިކާ ޑޮލަރުގެ ބަދަލުގައި ތުރުކީއިން ބޭނުންކޮށްފައިވަނީ ރަޝިއާގެ ފައިސާ ކަމަށް އާރުއައިއޭ ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވެއެވެ.

ތުރުކީ ވެގެންދާނީ ރަޝިއާގެ ސަރފޭސް ޓު އެއަރ މިސައިލް ސިސްޓަމެއް ގަންނަ ނޭޓޯގެ ފުރަތަމަ ގައުމަށް ކަމަށް ރޮސްޓެކް އިން ބުނެފައިވެއެވެ.

 މި ސިސްޓަމްގެ އަގަކީ 2.5 ބިލިއަން އެމެރިކާ ޑޮލަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް