15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ސީސީޓީވީ ކެމެރާ

ޕީޕީއެމްގެ ދިދަފަތިތަކަށް ވުރެ ފުލުހުންގެ ކެމެރާތައް ތިރިކޮށްފި

  • ފުލުހުން ކުރިން ބުނެފައިވަނީ ކެމެރާތައް ބްލޮކްވާގޮތައް ދިދަފަތި ދަމާފައި ހުރުމުން ސަލާމަތީ ކަންކަމަށް ދަތިވާ ކަމަށް
އަހުމަދު މުހުސިނު | dhonbandaara

| 22 އޯގަސްޓު 2018 | ބުދަ 09:02 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


ފުލުހުންގެ ސީސީޓީވީ ކެމެރާތައް، ދިދަފަތިތަކަށް -- އާކައިވް

ބައެއް މަގުތަކުގައި ދަމާފައިވާ ޕީޕީއެމްގެ ދިދަފަތިތަކުން ފަރުދާވެފައި ހުރި ފުލުހުންގެ ސީސީޓީވީ ކެމެރާތައް ނައްޓާލައި، ދިދަފަތި ތަކަށް ވުރެ ތިރިކޮށްފި އެވެ. 

މާލޭގެ ބައެއް މަގުތަކުގައި ދަމާފައި ހުރި ދިދަފަތި ތަކުން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ނުރައްކާވާ ކަމަށް ފުލުހުން ބުނެ، ޖުލައި 31 ވަނަ ދުވަހު ބަޔާން ނެރެފައިވާއިރު، ތިން ހަފުތާ ވެގެން ދިޔައިރު ވެސް އެ ދިދަފަތިތައް ނެގުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

ސޯސަން މަގުގައި ދަމާފައިވާ ދިދަފަތި ތަކުން، އެ މަގުގެ ރެހެންދި މައިޒާން ކުރިމަތީގައި ހަރުކޮށްފައި ހުރި ބައެއް ކެމެރާތައް ފޮރުވިފައި ވާއިރު، ބުދަ ދުވަހުގެ ރޭ ފަތިހު ފުލުހުން ވަނީ އެ ކެމެރާތައް ނައްޓާލައި، ދިދަ ފަތިތަކަށް ވުރެ ތިރީގައި ކެމެރާތައް ހަރުކޮށްފަ އެވެ. 

އެ މަސައްކަތުގައި އުޅުނު ބައެއް މީހުން ބުނި ގޮތުގައި ހަރުކުރީ އާ ކެމެރާތަކެކެވެ. 

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ފުލުހުންގެ ސީސީޓީވީ ކެމެރާތައް ފަރުދާވާ ގޮތައް ބެނާއާއި ދިދަފަތި ފަދަ ތަކެތި ދަމަމުން ގެންދާތީ ސަލާމަތީ ކަންކަމަށް ދަތިވާކަމަށް ފުލުހުން ބުނެ ބަޔާން ނެރުނުއިރު، މާލޭގެ މަގުތަކުގައި ހަމައެކަނި ދަމާފައި ހުރީ "ރައީސް ޔާމީން 2018" ޖަހާފައިވާ ދިދަފަތި ތަކާއި ޕީޕީއެމްގެ ލޯގޯ ޖަހާފައި ހުރި ދިދަފަތި ތަކެވެ. 

ޖުލައި 31 ގައި ނެރުނު އެ ބަޔާނެއްގައި ބުނެފައިވަނީ މާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާ ދަނޑިތަކުގައާއި ކެމެރާގެ މަންޒަރު ގެއްލޭ ގޮތައް ބައެއް ފަރާތްތަކުން ކެމްޕެއިން ބެނާއާއި ދިދަފަތި ދަމާފައި ހުންނަކަން ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.  އެކަމުގެ ސަބަބުން މާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅި ދަތިތަކާ ކުރިމަތިވަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތައް އެއްވެސް ފަރާތަކުން ޢަމަލްތައް ނުބެހެއްޓުމަށާއި ފުލުހުން ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާ ދަނޑިތަކުގައާއި ކެމެރާގެ މަންޒަރު ގެއްލޭ ގޮތަށް އެއްވެސް އެއްޗެއް ހަރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު މުހުސިނު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް