23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިޚާބު 2018

އިބޫ އާއި ފައިސަލްގެ ކެމްޕެއިން ބެނަރ ހަރުކުރަން ތިބި 3 މީހުން ހައްޔަރުކޮށްފި!

  • އިދިކޮޅު ފަރާތްތަކަށް މިނިވަންކަމާއިއެކު ކެމްޕެއިން ކުރަން ފުރުސަތެއް ނެތް
މިއުވާން މުހައްމަދު | Miuvaan

| 22 އޯގަސްޓު 2018 | ބުދަ 06:39 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ފުލުހުން ގޮސް އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިން ބެނަރތައް ނަގަނީ -- ރާއްޖެއެމްވީ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމްގެ ކެމްޕެއިން ބެނަރތައް ހަރުކުރަން އުޅުނު 3 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. 

އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނީ ބެނަރތައް ހަރުކުރަނިކޮށް 3 މީހުން ހައްޔަރުކުރީ މާލޭ އަމީނީމަގުން ކަމަށެވެ. އެ 3 މީހުންވެސް ވަނީ ފަހުން ދޫކޮށްލާފައެވެ. މީގެ އިތުރުން ހެންވޭރު ދަނޑު ސަރަހައްދުގައި ހަރުކޮށްފައިވާ އިިދިކޮޅު ކެންޑިޑޭޓާއި ރަނިންގމޭޓްގެ ކެމްޕެއިން ބެނަރތަކެއްވެސް ފުލުހުން ގޮސް ބިދޭސީންތަކެއް ލައްވާ ނަގާފައިވެއެވެ. އަދި އަންގާރަ ދުވަހުގެ ހަވީރު މާލޭގެ މަޖީދީމަގުގައި ހުންނަ ގެއެއްގެ މަތީގައި ނަގާފައި ހުރި ޖުމްހޫރީ ޕާޓީގެ ބޮޑު ދިދައެއްވެސް ކޯޓު އަމުރެއް ނުވަތަ އެހެން ލިޔުމެއް ނުދައްކައި، ފުލުހުން ވަދެ ވަނީ ތިރިކޮށްފައެވެ. އެދިދަ ނަގާފައިވަނީ ހޯމް މިނިސްޓްރީއިން ހަދާފައިވާ ޤަވާޢިދާއި އެއްގޮތަށް، ޖުމްހޫރީ މައިދާނުގައި ނަގާފައިވާ ޤައުމީ ދިދައަށްވުރެ އުސް ނުވާ ގޮތަށެވެ. 

ފުލުހުން ގޮސް ޖުމްހޫރީ ޕާޓީގެ ދިދަ ބޭލިތަން ކަވަރުކުރުމަށް ޙަރަކާތްތެރިވި ރާއްޖެޓީވީގެ ކެމެރާމަނަކުވެސް ފުލުހުން އެތަނުން ހައްޔަރުކޮށް، ފަހުން ދޫކޮށްލިއެވެ.

ހޯމަ ދުވަހުގެރޭ ހުޅުމާލޭގައިވެސް ބެނަރ ހަރުކުރަން އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ހަރަކާތްތެރިވަމުން ދަނިކޮށް ފުލުހުންނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ މުވައްޒަފުން ވަނީ ގޮސް ހުއްޓުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް