17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:01

ޕެޕްސިކޯ

ޕެޕްސިކޯއިން 3.2 ބިލިއަން ޑޮލަރަށް ސޮޑާސްޓްރީމް ގަންނަނީ

  • މިއީ އިންދްރާ ނޫޔީ ސީއީއޯގެ މަޤާމުން ވަކިވާނެކަން އިއުލާންކުރިފަހުން ޕެޕްސިކޯއިން ގަންނަ ފުރަތަމަ ކުންފުނި
މިއުވާން މުހައްމަދު | Miuvaan

| 22 އޯގަސްޓު 2018 | ބުދަ 04:02 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ސޮޑާސްޓްރީމް ގަތުމުން ޕެޕްސިކޯގެ ދަށްވަމުންދާ ވިޔަފާރިތަަކުން ލިބޭ ގެއްލުން ފޫބެއްދޭނެ -- ގެޓީ އިމޭޖާސް

އަމިއްލައަށް ފިޒީ ޑްރިންކްތައް ތައްޔާރިކޮށްލެވޭ މެޝިން އުފައްދާ ކުންފުނި ސޮޑާ ސްޓްރީމް ގަންނަން ޕެޕްސިކޯއިން ނިންމައިފިއެވެ. 

ޕެޕްސިކޯއިން އިސްރާއީލަށް ނިސްބަތްވާ ސޮޑާސްޓްރީމް ގަންނަނީ 3.2 ބިލިއަން އެމެރިކާ ޑޮލަރަށެވެ. މި ނިންމުމާއިއެކު، ޕެޕްސިކޯގެ ހަކުރު އަޅާފައިވާ ތައްޔާރީ ބުއިންތަކަށް ތަރުހީބު ކުޑަވެގެން ދިޔުމުގެ ސަބަބުން ގެއްލެމުންދާ ބާޒާރުގެ ހިއްސާ އަލުން އަނބުރާ ހޯދުމަށް ފަސޭހަވާނެ ކަމަށް އެކުންފުނިން ދެކެއެވެ. 

މިއީ ޕެޕްސިކޯގެ އެންމެ އިސްވެރިއެއްގެ ގޮތުގައި 12 އަހަރު ހޭދަކުރުމަށްފަހު އަންނަ އޮކްޓޯބަރު މަހު ޗީފް އެގްޒެކެޓިވްގެ މަޤާމުން އިސްތިއުފާ ދޭނެކަމަށް އިންދްރާ ނޫޔީ އިއުލާންކުރެއްވި ފަހުން ޕެޕްސިކޯއިން އިއުލާންކުރި ފުރަތަމަ ބޮޑު ވިޔަފާރިއެވެ. ޕެޕްސިކޯއިން ސޮޑާސްޓްރީމްގެ ހިއްސާތައް، ހިއްސާއެއް 144 ޑޮލަރުގެ މަގުން ގަންނަން ނިންމިއިރު، މިއީ މިދިޔަ ހުކުރު ދުވަހު ހިއްސާގެ ބާޒާރުތައް ބަންދުކުރިއިރު ސޮޑާސްޓްރީމްގެ ހިއްސާއެއްގެ އަގު ހުރި މިންވަރަށްވުރެ 11 އިންސައްތަ މަތި އަދަދެކެވެ. 

ނޫޔީއަށްފަހު ޕެޕްސިކޯ ހިންގުމާއި ހަވާލުވާ ރަމޯން ލަގުއާރޓާ ބުނީ ސޮޑާ ސްޓްރީމް ގަތުމަކީ ޕެޕްސިކޯގެ ވިޔަފާރީގެ މިސްރާބު ހުރި ދިމާއަށް ދިޔުމަށް މުހިއްމު ނިންމުމަކަށް ވާނެކަމަށެވެ.

ސޮޑާސްޓްރީމް ގަތުމަށް ޕެޕްސިކޯއިން ބޯޑުން ހުއްދަ ދީފައިވާއިރު، ކުންފުނި ވިއްކާލުމަށް ސޮޑާސްޓްރީމްގެ ބޯޑުންވެސް ވަނީ ފެހި ސިންގަލް ދީފައެވެ. ކަމާއި ބެހޭ އިދާރާތަކުން މިިވިޔަފާރި ކުރިއަށް ގެންދަން ހުއްދަ ދިނުމުން ސޮޑާސްޓްރީމްގެ ހިއްސާދާރުންގެ ރުހުން އެކަމަށް އަދި ހޯދަން ޖެހެއެވެ. އެހެންކަމުން މި ޑީލް އެއްކޮށް ނިމޭނެކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީ ހިސާބުގައެވެ. 

ސޮޑާސްޓްރީން އެންމެ ފުރަތަމަ ފެށިގެން އައީ 1903 ވަނަ އަހަރު އިނގިރޭސިވިލާތުގައެވެ. އެކި މެނޭޖްމަންޓްތަކުގެ ދަށުން ހިންގުމަށްފަހު 1985 ވަނަ އަހަރު ކެޑްބަރީ ޝްވެޕްސްއިން އެކުންފުނި ގަތެވެ. އެހެންނަމަވެސް 1998 ވަނަ އަހަރު އިސްރާއީލުގެ ސޮޑާ-ކްލަބް ކުންފުނިން ސޮޑާސްޓްރީމް ގަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް