24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

އެމެރިކާގެ އިންތިޚާބަށް ނުފޫޒު

އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތްކުރިކަމަށް ޓްރަމްޕްގެ ވަކީލު އެއްބަސްވެއްޖެ!

  • ކޯހެން ބުނީ އޭނާ އެކަން ކުރީ ކެންޑިޑޭޓްގެ އިރުޝާދުގެ ދަށުން ކަމަށް
  • އޭނާ ބުނީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ފައިސާގެ މުއާމަލާތްތަކެއް ހިންގައި، ފައިސާ ޚަރަދުކޮށްފައިވާކަމަށް
  • ޓްރަމްޕްގެ ކުރީގެ ކެމްޕެއިން މެނޭޖަރގެ މައްޗަށްވެސް ކުށް ސާބިތުވެފައިވޭ
މިއުވާން މުހައްމަދު | Miuvaan

| 22 އޯގަސްޓު 2018 | ބުދަ 03:19 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  4. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  5. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  6. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  7. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


ޓްރަމްޕްގެ ކުރީގެ ވަކީލު މައިކަލް ކޯހެން -- އޭއެފްޕީ

2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ފައިސާގެ މުއާމަލާތްތަކެއް ހިންގިކަމަށް އެއިންތިޚާބު ކާމިޔާބުކުރެއްވި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ޤާނޫނީ ވަކީލު މައިކަލް ކޯހެން ބުނެފިއެވެ.

އިންތިޚާބަށް ނުފޫޒު ފޯރުވުމާއި، ޓެކްސްއާއި ގުޅޭ ޤާނޫނުތަކާއި ޚިލާފުވި މައްސަލައިގައި މެންހެޓަންގެ ފެޑެރަލް ކޯޓެއްގައި މިހާރު ކުރިއަށްދާ މައްސަލައިގައި ކުށަށް އިއުތިރާފްވަމުން ކޯހެން ބުނީ އޭނާ އެކަން ކުރީ ކެންޑިޑޭޓްގެ އިރުޝާދުގެ ދަށުން ކަމަށެވެ. 

އަންގާރަ ދުވަހު އޮތް ޝަރީޢަތުގެ މަޖިލީހުގައި ކޯހެން، 51، ވަނީ ކެމްޕެއިނަށް ޤާނޫނާއި ޚިލާފަށް ފައިސާ ޚަރަދުކުރިކަމަށާއި، ޤާނޫނު ހުއްދަކުރާ މިންވަރަށްވުރެ އިތުރަށް ކެމްޕެއިނަށް ފައިސާ ޚަރަދުކުރިކަމަށް އިއުތިރާފްވެފައެވެ. އޭނާ ބުނީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ފައިސާގެ މުއާމަލާތްތަކެއް ހިންގައި، ފައިސާ ޚަރަދުކޮށްފައިވާކަމަށެވެ. އަދި އެކަން ކުރީ ފެޑެރަލް އޮފީހަށް ކުރިމަތިލާފައިވާ ކެންޑިޑޭޓްގެ އިރުޝާދުގެ ދަށުންކަމަށް، ކެންޑިޑޭޓެއްގެ ސީދާ ނަން ނުބުނެ ކޯހެން ކޯޓުގައި ބުންޏެވެ. 

ކޯހެން ވަނީ އޭނާގެ އަދަބު ލުއިކޮށްދޭ މަތިން ޕްރޮސިކިއުޓަރުންނާއި އެއްބާރުލުން ދޭން ޕްރޮސިކިއުޓަރުންނާއިއެކު އެއްބަސްވުމަކަށް އައިސްފައެވެ. އެމެރިކާގެ ނިއުޔޯކްގެ ޕްރޮސިކިއުޓަރުން ކޯހެންގެ މައްޗަށް ދައުވާކުރީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ސްޕެޝަލް ކައުންސެލަރ ރޮބަރޓް މުލަރގެ ލަފާގެ މަތިންނެވެ. މުލަރއަކީ 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލައި، އެމައްސަލައިގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް އައްޔަންކުރެވިފައިވާ ޚާއްސަ ޕްރޮސިކިއުޓަރއެވެ. 

ކޯހެންގެ މައްޗަށް ދައުވާކުރުމުގެ ކުރިން އެމެރިކާގެ ތަހުޤީޤުތަކާއި ބެހޭ މައި އިދާރާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފް.ބީ.އައި)ގެ އެޖެންޓުން ވަނީ މިދިޔަ އެޕްރީލް މަހުގެ 9 ވަނަ ދުވަހު ކޯހެންގެ އޮފީހާއި ގެއަށް ރެއިޑްކޮށް، މަައްސަލައާއި ގުޅުން ހުރި ލިޔެކިޔުންތައް ހޯދާފައެވެ. 

ރިޕޯޓްތައް ބުނާ ގޮތުން ކޯހެން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ގުޅުމެއް އޮތް ބަރަހަނާ ފިލްމް ކުޅޭ އަންހެނަކަށާއި، ބަރަހަނާކޮށް މޮޑެލް ކުރާ އަންހެނަކަށް އެތައް ލައްކަ ޑޮލަރެއް ޚަރަދުކޮށް، އިންތިޚާބުގެ ދުވަސްވަރު ޓްރަމްޕްގެ ވާހަކަ ނުދެއްކުމަށް އަންގާފައެވެ. ކޯހެންއާއި ދެކޮޅަށް އެފް.ބީ.އައި އިން ތަހުޤީޤު ފެށުމުން އެއީ ސިޔާސީ ކުލަ ޖެހިފައިވާ ތަހުޤީޤެއްކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ކޯހެންގެ ދިފާޢުގައި ވާހަކަ ދައްކަވާފައެވެ. 

ޓްރަމްޕްގެ ކުރީގެ ކެމްޕެއިން މެނޭޖަރ ޕޯލް މެނަފޯރޓް

އަނެއްކޮޅުން ޓްރަމްޕްގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި ޕޯލް މެނަފޯރޓްގެ މައްޗަށްވެސް މާލީ ޤާނޫނުތަކާއި ޚިލާފުވެގެން ކުށް ސާބިތުވާކަމަށް އެމެރިކާގެ ވަރޖީނިއާގެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެހެން ކަމުން އޭނާގެ މައްޗަށްވެސް އެތައް އަހަރެއްގެ ޖަލު ހުކުމް އަންނާނެއެވެ. މެނަފޯރޓްގެ މައްޗަށްވެސް ދައުވާކުރެވެނީ 2016 ވަނަ އަހަރުގެ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގެ ތަހުޤީޤުގެ ތެރެއިންނެވެ. 

މި ދެ މައްސަލައާއިއެކު ރިޔާސީ ގަނޑުވަރު ވައިޓް ހައުސް ވަނީ ވަަރަށް ބޮޑަށް ހޫނު ފެނަށް ވެއްޓިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް