17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:01

މެކްސިކޯ ފާރު

ފާރު ނުރޭނުމަށް ބަރލިންގެ މޭޔަރު ގޮވާލައްވައިފި

  • ބަރލިން ފާރުގެ ތަޖުރިބާ ހިތި: މިއުލަރ
ރުޝްދާ ރަޝީދު | rushdhar

| 28 ޖެނުއަރީ 2017 | ހޮނިހިރު 15:31 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ޓްރަމްޕާ ދެކޮޅަށް ކުރެވޭ މުޒާހަރާތައް -- -- ގޫގުލް

އެމެރިކާ އާއި މެކްސިކޯގެ ސަރަހައްދީ ރޮނގުގައި ފާރެއް ނުރޭނުމަށް ޖަރުމަނީގެ ވެރިރަށް ބަރލިންގެ މޭޔަރު މައިކަލް މިއުލަރ ޑޮނަލްޑް ޓްރަމްޕަށް ގޮވާލައްވައިފި އެވެ.

 

ބަރލިންގެ މޭޔަރު މައިކަލް މިއުލަރ ވިދާޅުވީ ފާރެއް ރޭނުމަކީ ބަރލިންގެ ރައްޔިތުން ވެސް ތަޖުރިބާކޮށްފައިވާ ކަމެއް ކަމަށާއި އެކަމުން ޖަރުމަނަށް ކުރި އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.

 

ފިނި ހަނގުރާމައިގެ ދުވަސްވަރު، އުފެދުނު ކޯޅުންގަނޑުގެ ތެރޭގައި ބަރލިން ބައިކުރުމަށް ފާރެއް ރޭނީ 1961 ވަނަ އަހަރު އެވެ. މި ފާރު ވައްޓާލާފައިވަނީ 1989 ވަނަ އަހަރު އެވެ.

 

މިއުލަރ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބަރލިން ފާރުގެ ތަޖުރިބާއަކީ ހިތި ތަޖުރިބާއެއް ކަމަށާއި އެކަމުގެ ސަބަބުން އެތަަށް މިލިއަން ބައެއްގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރި ކަމަށެވެ. އަދި، އެމެރިކާ ފަދަ ގައުމެއް އެކަހެރިވުމުގެ ގޮތުން ފާރެއް ރާނާއިރު، އެކަމަކީ ބަރލިން ބަލައިގަންނާނޭ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. ޖަރުމަނުގެ މިނިވަންކަމާއި ފާރު ވައްޓާލުމުގައި އިސްދައުރެއް އަދާކޮށްފައި ވަނީ އެމެރިކާ ކަމަށާއި އެހެންކަމުން އެމެރިކާއިން ތާރީހު އަލުން އިޔާދަވާ ފަދަ ކަމެއް ކުރާއިރު، ޖަރުމަނުން ހިމޭނުން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

އެހެންކަމުން އެފަދަ ފާރެއް ގާއިމްނުކުރުމަށް ބަރލިން އިން ގޮވާލާ ކަމަށް މިއުލަރ ވިދާޅުވި އެވެ.

 

ގަވާއިދާއި ހިލާފަށް އެމެރިކާއަށް އެތެރެވާ ފަރާތްތައް ހުއްޓުވުމަށް ދެގައުމުގެ މެދުގައި ފާރެއް ބިނާކުރުމަކީ ރިޔާސީ އިންތިހާބުގައި ޓްރަމްޕް ވައުދުވެވަޑައިގެންނެވި އެއް ކަންތަކެވެ. އަދި، މިފާރަށް މެކްސިކޯ އިން ހަރަދުކުރަންޖެހޭނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މެކްސިކޯ އިން އެތެރެކުރާ މުދަލަށް 20 ޕަސެންޓްގެ ޓެކްސެއް ނެގުމާ މެދު ވިސްނަވަމުން ގެންދަވާ ކަމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް