13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ރިޔާސީ އިންތިހާބު 2018

ފުވައްމުލަކުން މި ދައްކާލީ ބޮޑު މަންޒަރު، ވޯޓް ދޭނީ ބަދަލަކަށް: ޝާހު

 • ފުވައްމުލަކުގެ ސިޓީއަށް ސަރުކާރުން ވަނީ އިހްމާލުވަފައި
 • ކޯލިޝަންގެ ކެމްޕެއިން ހަރަކާތަކުގައި ސަރުކާރުގެ މުވައްޒިފުން ބިރުފަހަނަ އަޅާ ގޮސް ބައިވެރިވާން ފަށައިފި
 • ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި
މުހަންމަދު ވިސާމް | sampathmasiw

| 21 އޯގަސްޓު 2018 | އަންގާރަ 22:31 | |

މަގުބޫލް

 1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
 2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
 3. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
 4. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
 5. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
 6. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
 7. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
 8. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ


ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު -- ފޮޓޯ: ރާއްޖެ އެމްވީ

ފުވައްމުލަކު ސިޓީން ފެނިގެންދަނީ ބޮޑު މަންޒަރު ކަމަށާއި ތާއިދު އޮތީ ކޮންބޭފުޅަކަށް ކަން މިހާރު ސާފު ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންގާރަ ދުވަހު ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާދައްކަވަމުން ޝާހު ވިދާޅުވީ މި އިންތިހާބުގައި އެ ސިޓީގެ ރައްޔިތުން ބަދަލަކަށް ވޯޓް ދޭނީ ބަދަލަކަށް ކަމަށާއި ފުވައްމުލަކު ރައްޔިތުން އަބަދުވެސް ސިޔާސީ މަސައްކަތް ކުރާނީ އެ ސިޓީގެ ރައްޔިތުންނަން ކުރިއެރުން ލިބޭނެ ގޮތަކަށް ކަމަށެވެ. 

"ތިބޭފުޅުން ބަދަލަކަށް ނަންބަރު ދޭކަށް ދައްކާލާ، މި ފުވައްމުލަކުން ދައްކާލާ. ބޮޑު މަންޒަރު މި އޮތީ ފެންނަން، މި ފުވައްމުލަކުން އަޅުގަނޑުމެން މި ކުރާ މަސައްކަތް ކާމިޔާބުކުރާނަން. އަޅުގަނޑު އަދިވެސް ތަކުރާރުކޮށް މި ދަންނަވަނީ. އަޅުގަނޑުމެންނަން ސިޔާސީ މަސައްކަތެއް ކުރެވޭނީ. ރައްޔިތުންނަން ކުރިއެރުމެއް އޮންނާނީ. މި ފަހަރު މި ބަދަލު ގެނެސްގެނޭ،" ޖަލްސާގައި ވާދަކަދައްކަވަމުން ޝާހު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވި ޖަލްސާގެ ތެރެއިން

ސަރުކާރުގެ ކުންފުނިތަކުގައި ތިބި މުވައްޒިފުންނަން ރައީސް ޔާމީންގެ ސަރުކާރުން ބިރުދައްކާކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ ފުވައްމުލަކުގައި ހުރި ސަރުކާރުގެ ކުންފުނިތަކުގެ ގިނަ މުވައްޒިފުން ބިރުފަހަނައަޅާ ގޮސް، މަސައްކަތް ކުރާތަން ފެންނަ ކަމަށެވެ. އަދި ފުވައްމުލަކުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ހަރަކާތްތަކުގައި ރައީސް މައުމޫނަން ސަޕޯޓް ކުރައްވާ ގިނަ ރައްޔިތުން ބައިވެރިވާ ކަން ޝާހު ފާހަގަކުރެއްވިއެވެ. އަދި ސާހު ވަނީ ރައީސް ޔާމީންގެ ސަރުކާރުން ފުވައްމުލަކު ސިޓީގައި އެކަށީގެންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށް ވިދާޅުވެފައެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުނާޑު އަވަށު ހަދުވަލި ދަނޑުގައި ބޭއްވި ޖަލްސާގައި އެ ސިޓީގެ އަށް އަވަށުގެ ގިނަ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް