19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ދިދަ ބޭލުން

ދިދަ އަށް ފުލުހުން މޮޔަ ވަނީތަ؟

  • މަގުތަކުގައި ދަމާފައިވާ ޕީޕީއެމްގެ ދިދަފަތިތައް އަދިވެސް ނުނަގައި

| 21 އޯގަސްޓު 2018 | އަންގާރަ 19:27 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


އަސްދޫ ގޭގައި ނަގާފައި ހުރި ދިދަ ފުލުހުން ބާލަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

މީގެ ދުވަސްކޮޅެއް ކުރިން މާލެ އާއި އެކި ރަށްރަށުގައި އެމްޑީޕީގެ ދިދަ އުސްކޮށް ނަގަން ފެށުމުން ސަރުކާރުން ކަންބޮޑުވުމާ އެކު، ފުލުހުން ހަރަކާތްތެރިވާން ފެށިއެވެ. އެންމެ ފަހުން އެ ރަށެއްގައި ހުންނަ ގައުމީ ދިދައަކަށް ވުރެ އުސްކޮށް އެހެން ދިދައެއް ނުނެގޭނެ ގޮތަށް ގަވާއިދު ހެދިއެވެ. އެއާ އެކު ފުލުހުން ރަށްރަށުގައި ހުރި ދިދަތައް ބޭލުމުގައި އަވަދި ނެތި އުޅެން ފެށިއެވެ. މީހުންގެ ގޯތިތަކުގައި ހުރި ދިދަތައް ބޭލުމަށް ކޯޓު އަމުރު ހޯދިއެވެ. ރުއްގަހަށް ނަގާފައި ހުރި ދިދަތައް ބޭލިއެވެ.

މިކަމުގައި ހެއްވާ މަޖާ ކަންކަން ވެސް ހިނގާފައި އެބަ ހުއްޓެވެ. ރަށެއްގައި އެމްޑީޕީގެ ދިދަ ނެގުމަށް ފަހު އެ ރުކުގައި ހުރީ ގިރިސް ހާކައިފައެވެ. އެހެންވެ، އެއްވެސް މީހަކަށް ރުކަށް އެރޭނެ ގޮތެއް ނުވިއެވެ. އެންމެ ފަހުން، ޖެހުނީ އެ ރުއް ކަނޑައިލާށެވެ. ދިދަ ބިމާ ހަމަކޮށްލެވުމުން، ރުއް ކަނޑައި ބިމާ ހަމަކޮށްލީ ކޮން ބައެއްކަން ވެސް ހޯދަން ބޭނުން ނުވިއެވެ. އެހެން ރަށެއްގައި އެމްޑީޕީގެ ދިދަ ނަގައިފައި ހުރި ނިކަ ގަހަށް ފުލުހުންނަށް ނޭރިގެން އަރުވަން ޖެހުނީ ބިދޭސީއެކެވެ.

ގާނޫނާއި ގަވާއިދު ތަންފީޒުކުރުމުގައި، ދިދަ ބޭލުމުގެ ސަކަރާތް މިއީ ފާހަގަކޮށްލަންޖެހޭ ވަރުގެ ކަމެކެވެ.

މިއަދު ވެސް މިވަނީ އެފަދަ ކަމެއް ދިމާވެފައެވެ. މާލޭގައި އެންމެ އުސްކޮށް ނަގާފައި ހުރީ ޖުމްހޫރީ މައިދާނުގައި ހުރި ބޮޑު ދިދައެވެ. ހޯމް މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން، އެ ދިދައަށް ވުރެ އުސްކޮށް މާލޭގައި ދިދައެއް ވިހުރަވައެއް ނުލެވޭނެއެވެ. ދިދަ ނެގުމުގެ އުސޫލު މިގޮތަށް އޮތްއިރު، މާލޭގެ މެދުތެރޭގައި ހުންނަ ގ. އަސްދޫގެއަށް ވަނަ ފަންގިފިލާގައި ޖުމްހޫރީ ޕާޓީގެ ބިޔަ ދިދައެއް ނަގައި ވައިގެ ތެރެއަށް ވިހުރަވާލިތާ މާގިނައިރުތަކެއް ނުވެ ފުލުހުންގެ ލޮލުގައި އަޅައިގެންފިއެވެ.

އެ ގޭގެ ވެރި މީހާ ބުނި އެ ގެއަށް ދިދަ ނެގީ، ޖުމްހޫރީ މައިދާނުގައި ހުރި ދިދައިގެ އުސްމިންް ބެލުމަށް ފަހުއެވެ. ބޮޑު ދިދައިގެ އުސްމިނަކީ 120 ފޫޓް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އަސްދޫގައި ދިދަ ނަގައިފައި ހުރީ 75 ފޫޓަށް ކަމަށެވެ. އެހެންވެ، ފުލުހުން އެދުނު ނަމަވެސް ދިދަ ތިރިއެއް ނުކުރިއެވެ. ނަމަވެސް ފުލުހުން އެ އިމާރާތަށް އަރައި ދިދަ ތިރި ބޭލިއެވެ. 

ގާނޫނު ތަންފީޒުކުރުމުގައި މިއީ ހަމަ ނަމޫނާ އެކެވެ. ލާމަސީލު މިސާލެކެވެ. މާލޭގެ މަގުތަކުގައި މަގު ހުރަހަށް ދިދަ ދެމުން ސަރުކާރުން ކުރިން ވަނީ މަނާކޮށްފައެވެ. އެކަން ބަދަލެއް ނުކުރެއެވެ. ނަމަވެސް ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ގޮތަށް ބައެއް މަގުތަކުގައި ދަމާފައިވާ "ރައީސް ޔާމީން 2018" ޖަހާފައިވާ ދިދަފަތިތަކާއި، ޕީޕީއެމްގެ ލޯގޯ ޖަހާފައިވާ ދިދަފަތިތައް އަދިވެސް އެބަ ހުއްޓެވެ. ސީސީޓީވީތައް ފަރުދާވާ ގޮތަށް އެ ދިދަތައް ދަމާފައި ހުރުމުން ފުލުހުން ކަންބޮޑުވުން ވެސް ފާޅުކުރިއެވެ. ނަމަވެސް ނަގަން ނުކެރުނެވެ. ނުވަތަ ނަގަން ބޭނުން ނުވީއެވެ. ފުލުހުން ބަޔާން ނެރުމަށް ފަހު ވެސް، އެކަން ހުއްޓުވަން ނޫޅުމުން، އެމްޑީޕީގެ ދިދަ ފަތިތައް ވެސް ބައެއް މަގުތަކުގައި ދަމާފައިވެއެވެ.

މިއަދު އަސްދޫ ގޭގައި ނަގާފައި ހުރީ ޕީޕީއެމްގެ ބިޔަ ދިދައެއް ނަމަ ފުލުހުން އަމަލުކުރާނެ ގޮތް ވިސްނާށެވެ. ޕީޕީއެމްގެ އިސްވެރިން ނުވަތަ މި ސަރުކާރުގެ އިސް ވެރިންގެ އެއްވެސް ބަހެއް ނެތި، ގާނޫނު ތަންފީޒުކުރުމުގައި ހަމަހަމަކަން ދެއްކުމުގެ ގޮތުން އެ ދިދަ ބާލަން ފުލުހުންނަށް ކެރޭނެތޯ މިއަދު ގަބޫލުކުރާނީ ކިތައް މީހުން ހެއްޔެވެ؟ މި ސުވާލު ފުލުހުންގެ އިސްވެރިން ވެސް އަމިއްލަ ނުފްސާ ކުރާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ސަން

3 މަސް ކުރިން

އަޅެ ޓެސްޓު ކޮށްޅަން ހަަމަ އެ ގޭގައި ޕީޕީއެމް ދިދަ އެއް ނަގާށޭ ބުނެބަޅަ.

7
0
ގައުމޭމީ

3 މަސް ކުރިން

އަޅެ ދިވެހިން ނަށް ދިވެހި ދިދާގެ މުހިންމުކަން ވިސްނޭނީ ކޮން ދުވަހަކުންބާ؟؟؟؟

1
4