14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

އީރާނުގެ އަސްކަރިއްޔާ

އީރާނުގެ ފުރަތަމަ އެތެރޭގެ ހަނގުރާމަމަތީ ޖެޓް ދައްކާލައިފި

 • ރައީސް ރޫހާނީ ވަނީ އަމިއްލަފުޅަށް އެ ޖެޓްގެ ހާލަތު ބައްލަވާލައްވާފައި
 • ޖެޓްގައި ހިމެނެނީ އެންމެ ފަހުގެ އެޑްވާންސް ފީޗާތައް
 • ހަނގުރާމަ މަތީ އުޅަދު ބޭނުން ކުރާނީ އަމިއްލައަށް ދިފާއަށްޓަކައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 21 އޯގަސްޓު 2018 | އަންގާރަ 19:21 | |

މަގުބޫލް

 1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
 2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
 4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
 6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
 7. ވެލެޒިނީ ހައްޔަރު ކޮށްފި
 8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


އީރާނުގެ ރައީސް ރޫހާނީ ޖެޓް ބައްލަވާލައްވަނީ -- ޓްވިޓަރ

އީރާނުން ފުރަތަމަ ފަހަރަށް ތައާރަފްކުރި އެތެރޭގެ ހަނގުރާމަމަތީ ޖެޓް ކައުސަރް، ޑިފެންސްގެ ޝޯއެއްގައި ދައްކާލައިފިއެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ އާއި ޑިފެންސް މިނިސްޓަރު އާމިރް ހާތަމީ ވަނީ އެ ޝޯގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި ރައީސް ރޫހާނީ ވަނީ އަމިއްލަފުޅަށް އެ ޖެޓްގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި ޖެޓްއަށް އަރުއްވާ ވަނީ އޭތި އޮޕަރޭޓް ކުރާ ގޮތުގެ މައުލޫމާތު ސާފްކުރައްވާފައެވެ.

އީރާނުގެ ނިއުސް އޭޖެންސީ، ތަސްނީމް އިން ބުނީ އެ ޖެޓް އުފައްދާފައި ވަނީ އީރާނަށް ޚާއްސަކޮށްގެން ކަމަށާއި އޭގައި ހިމެނޭނީ އެންމެ ފަހުގެ އެޑްވާންސް ފީޗާތައް ކަމަށެވެ. އަދި އެ ޖެޓްގެ ދެ ވައްތަރެއް އުޅޭ ކަމަށާއި ފުރަތަމަ ވައްތަރަކީ އެއް ޕައިލެޓުން އަރާ ވައްތަރު ކަމަށާއި ދެން ހުންނަނީ ދެ ޕައިލެޓުން އަރާ ވައްތަރު ކަމަށެވެ. އެ ޖެޓްގެ ބޭނުން ކުރާނީ ހަމައެކަނި ގައުމުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް ކަމަށް ވެސް ތަސްނީމް އިން ސަރުކާރާ ހަވާލާދީ ބުނެފައި ވެއެވެ.

އީރާނުން އެ ޖެޓް ތައާރަފްކޮށްފައިވާ ވަގުތަކީ އެމެރިކާއާ ދެކޮޅަށް ވަރުގަދަ ބަހުގެ ހަމަލާ ދީފައިވާ ވަގުތެކެވެ. ރައީސް ރޫހާނީ ވަނީ އަންގާރަ ދުވަހު އަސްކަރިއްޔާގެ އޮފިޝަލުންނާ ބައްދަލުކޮށް އެ ގައުމުން ބޭނުންކުރާ ހަނގުރާމަމަތީ އުޅަދުތަކަކީ އަމިއްލަ ދިފާއަށްޓަކައި ބޭނުން ކުރާ އެއްޗެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ގައުމަށް ހަމަލާ ދޭން އުޅޭ ފަރާތްތަކާ ދެކޮޅަށް އަސްކަރިއްޔާ ބޭނުން ކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް