15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޕޯޓް

އިބޫ ބޫޓާ އެކު ވެންނެވި ތަނަކީ ވީރާނާވާން ދޫކޮށްލާފައިވާ ކުރީގެ މިސްކިތެއް!

 • އިބޫ ވަޑައިގެންނެވި މިސްކިތަކީ ލ. ހިތަދޫގައި ހުރި މިސްކިތެއް
 • އެތަނުގެ ހާލަތު ކައިރިން ބައްލަވައި، އަމިއްލަ ފޯނުން ފޮޓޯ ވެސް ނެންގެވި
 • މިސްކިތުގެ ހުރުމަތް ކެނޑި ކަމަށް ބުނެ، ޕީއެސްއެމުން އެންޓި ކެމްޕޭން ކޮށްފައިވޭ
ޙުސައިން ޙަސަން | hucenhassan

| 21 އޯގަސްޓު 2018 | އަންގާރަ 16:40 | |

މަގުބޫލް

 1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
 6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
 7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
 8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ލ. ހިތަދޫ މިސްކިތް އިބޫ ބައްލަވާލައްވަނީ: އެމަނިކުފާނު އެ މިސްކިތަށް ވަޑައިގެންނެވީ މަހުގެ އަށް ވަނަ ދުވަހު -- އާކައިވް

މިސްކިތެއްގެ މިންބަރަށް ބޫޓާ އެކު އެރި ކަމަށް ބުނެ، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ފާޑުކިޔުން އަމާޒު ކުރަމުންދަނީ ސަރުކާރު ޕްރޮމޯޓްކުރާ މީޑިއާތަކުންނެވެ.

އެގޮތުން ރައީސް އަބްދުﷲ ޔާމީންނަށް ތައުރީފުކޮށް، ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ ޕީއެސްއެމުން އަންގާރަ ދުވަހު ލިޔެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ބޫޓާ އެކު މިސްކިތެއްގެ މިންބަރަށް އަރާވަޑައިގެން، އިސްލާމް ދީނަށް އިބޫ މަލާމާތް ކުރައްވާފައިވާ ކަމަށެވެ. އިބޫގެ އެ އަމަލަކީ މިސްކިތުގެ ހުރުމަތް ކެނޑުން ކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ.

ޕީއެސްއެމުން އިބޫއާ ދެކޮޅަށް ލިޔެފައިވާ ރިޕޯޓް

ޕީޕީއެސްއެމުން އެ ރިޕޯޓު ލިޔެފައި ވަނީ ލ. އަތޮޅަށް އިބޫ ކުރެއްވި ދަތުރުފުޅެއްގައި އެ އަތޮޅު ހިތަދޫގައި ބޭނުން ނުކޮށް, ވީރާނާވާން ކައިރިވެފައި ހުރި އާސާރީ މިސްކިތަކަށް ކުރެއްވި ޒިޔާރަތުގައި ނަގާފައިވާ ފޮޓޯއަކަށް ބަލައިގެންނެވެ. ނަމަވެސް އެ ފޮޓޯއަކީ ކޮން އިރަކު، ކޮން ތަނެއްގައި ނެގި ފޮޓޯއެއް ކަމެއް ޕީއެސްއެމަކުން ބުނެފައެއް ނުވެއެވެ. އަދި އެތަނަކީ މިހާރު މިސްކިތެއްގެ ގޮތުގައި ބޭނުން ނުކުރާ ތަނެއް ކަމެއް ވެސް އެ ރިޕޯޓުގައި ބުނެފައެއް ނުވެއެވެ. އަދި އެ މައުލޫމާތު ހޯދަން ކުރި މަސައްކަތެއް ފާހަގަކޮށްފައެއް ވެސް ނުވެއެވެ.

މި މަހުގެ 8 ވަނަ ދުވަހު އިބޫ ލ. އަތޮޅަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ހިތަދޫގެ މުސްކުޅި އެ މިސްކިތުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި އަމިއްލަ ފޯނުން ވަނީ އެ މިސްކިތުގެ އާސާރީ ކުރެހުންތަކާއި އެ މިސްކިތް ހިމެނޭ ސަރަހައްދުގައި ވިނަ ހެދި ވާވެފައިވުމުން، އެ މަންޒަރުތައް ވެސް ފޮޓޯ ނަންގަވާފައެވެ.

 

މިސްކިތެއްގެ ގޮތުގައި ބޭނުންނުކޮށް، ވީރާނާވެފައި ހުރި ތަނަކަށް އިބޫ ބޫޓާ އެކު ވަތް ފޮޓޯއަކަށް ބަލައިގެން، ދައުލަތުގެ މީޑިއާ އިން އެމަނިކުފާނާ ދެކޮޅަށް އެންޓި ކެމްޕޭން ކުރި މައްސަލާގައި ގިނަ ބަޔަކު ދަނީ ޕީއެސްއެމަށް ފާޑުކިޔަމުންނެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ މުދަލާއި ފައިސާ އަދި މަގާމުގެ ނާޖައިޒު ފައިދާ ބޭނުން ކޮށްގެން ވާދަވެރި ފަރާތްތަކާ ދެކޮޅަށް ޕީއެސްއެމުން ހިންގަމުންދާ ކަންތައްތަކާ ދެކޮޅަށް އެ ކުންފުނީގެ އިސްވެރިން "ދާދި އަވަހަށް" ޖަވާބު ދާރީވާންޖެހޭނެ ކަމަށެވެ.

ކުރީގެ ބަންޑާރަ ނާއިބު ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދައުލަތުގެ މުދަލާއި ވަސީލައި ބޭނުންކޮށްގެން ދޮގު ޙަބަރު ނުފެތުރުމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި ޑެޕިއުޓީީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމަށް އިލްތިމާސްކުރާ ކަމަށެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވަނީ ކަޅުވަކަރު މިސްކިތް ރޫޅާލައިގެން ކޮންޓެއިނާއަކަށް ލައިގެން "ގެއްލުވާލާފައި" ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ދައުލަތުގެ ފައިސާއިން ހިންގާ ޕީއެސްއެމުން، އިބޫއާ ދެކޮޅަށް އެންޓި ކެމްޕޭން ކުރަމުންދާއިރު، ރައްޔިތުންގެ މަޖިލީހުން އެ ކުންފުންޏަށް މިދިޔަ އަހަރު ކަނޑައެޅި ބަޖެޓަށް ވުރެ 33 ޕަސެންޓު ބޮޑު ބަޖެޓެއް މިއަހަރަށް އެ ކުންފުންޏަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 80 މިލިއަން ރުފިޔާގެ ބަޖެޓެއް ޕީއެސްއެމަށް މިއަހަރު ކަނޑައަޅާފައިވާ ކަމަށް ދައުލަތުގެ ބަޖެޓުން ދައްކައެވެ.

ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ހިންގާ، ދައުލަތުގެ މީޑިއާ އިން ރައްޔިތުންނަށް ގެނެސްދޭންޖެހޭ ސައްހަ މައުލުމާތު ފޯރުކޮށް ނުދީ ހަމައެކަނި ރައީސް ޔާމީން ޕްރޮމޯޓް ކުރަމުންދާތީ، އެތައް ބަޔަކު ދަނީ އެ ކުންފުންޏަށް ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ. ގުޅިފައިވާ ޕާޓީތަކުން ބުނެފައި ވަނީ އެ ބޭފުޅުންގެ ވެރިކަމެއްގައި ޕީއެސްއެމްގެ އިސް ބޭފުޅުން ޖަވާބުދާރީކޮށް، ގާނޫނުގެ ކުރިމައްޗަށް އެބޭފުޅުން ގެންނާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ދޮންބެ

3 މަސް ކުރިން

ޕީއެސްއެމްގެ އިކްރާމް ވަގު ސެޓްފިކެޓެއްގެ މައްސަލާގައި ބަންދު ކުރުމުގެ ތަފްޞީލް ދެއްވުން އެދެން.

1
0
ހަދީފި

3 މަސް ކުރިން

ވިރާނާ ވިޔަސް މިސްކިތެއްވާނީ މިސްކިތަށް އިހްތިރާމް ކުރުން އެއީ ރީތި ސިފައެއް

4
4
ސެލޢ2

3 މަސް ކުރިން

ކިޔާނެ ނުކިޔާނެ އެއްޗެއް ނެތިގެން ތެޅި ފޮޅެނީ.... މިސްކިތުގެ މިމްބަރ ކުނިގޮނޑުން ފެނުނީމަ އޭގެ މައްޗަށް އެރުން އެއީ މައްސަލައެއްބާ؟؟؟ އެޔަށްވުރެ މާރަނގަޅެއްނު ބޮނަކުއާ ފެންބޯވާހަކަ ދެއްކިއްޔާ.. ނޫނީ ހިލޭ އަންހެނުން ނުތިބޭ ކަމަށް ބުނި ވާހަކަ ދެއްކިއްޔާ..

7
2