24 ޖެނުއަރީ 2019 | ބުރާސްފަތި | 06 ހުވަން
18 ޖުމާދަލްއޫލާ 1440
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33

އީދު ކުޅިވަރު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ!

  • ރަށްރަށުގައި ޘަގާފީ ކުޅިވަރުތަކާއި ސްޓޭޖް ޝޯތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި
  • ފެންކުޅި ކުޅުމާއި ކުލަ ޖެހުން ވެސް ކުރިއަށްދޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 21 އޯގަސްޓު 2018 | އަންގާރަ 14:37 | |

މަގުބޫލް

  1. 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
  2. އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
  3. މާކުރަތު އިންޖީނުގެއަށް ދޫކުރި 300 ވުރެ ގިނަ ލީޓަރުގެ ތެޔޮ ބޭރުވެއްޖެ
  4. މިއީ ތައުލީމީ މުއައްސަސާއެއް، ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވަން: މަންދު ކޮލެޖު
  5. ހަތަރު ލީޑަރުންގެ ބައްދަލުވުން މި މަހު ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ފަރާތެއް ނޭނގުނު!
  6. މަރުތައް ބަލާ ކޮމިޝަނުން ޕްރޮފެސަރ އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި
  7. ކޮން ޖަޒީރާ ރާއްޖެއްތޯ؟ ދިވެހިރާއްޖޭއެއް ނޫންތޯ ދިވެހިރާއްޖޭ އަކީ: ގާސިމް
  8. ޓެކްސްއަށް މަކަރު ހެދިކަމަށް ރޮނާލްޑޯ އެއްބަސްވެއްޖެ


ނ. ވެލިދޫގައި ރޭ އީދަށް މަރުހަބާ ކިޔަނީ -- އެމް އެޗް

މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުން ވަނީ އަތޮޅުތަކަށް އީދު ޗުއްޓީ ހޭދަކުރުމަށް ގޮސްފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އަހަރުގެ އީދުގެ ހަރަކާތްތައް ހޯމަ ދުވަހުގެ ރޭ ވަނީ ފަށާފައެވެ. ބައެއް ރަށްރަށުގައި އީދަށް މަރުހަބާ ކިޔުން ކުރިއަށް ދިޔައިރު އަނެއް ބައި ރަށްރަށުގައި އީދު ނަމާދަށް ފަހު ވަނީ ހަރަކާތްތައް ފަށާފައެވެ. 

ނ. ވެލިދޫގައި އީދުގެ ކުޅިވަރުތައް ފަށާފައި ވަނީ ހޯމަދުވަހުގެ ރޭ އީދު މަޅި ޖެހުމުންނެވެ. މީގެ އިތުރުން ހޯމަ ދުވަހުގެ ރޭ ވަނީ ރަންފޮށި އުފުލުމަށް ފަހު އީދު ނެރެފައެވެ. މިއީ ޒަމާނުއްސުރެ ވެލިދޫގައި ކުރަމުން އަންނަ ކަމެކެވެ. މި ސަގާފީ ކުޅިވަރު ބައެއް އެހެން ރަށްރަށުގައި ވެސް ކުޅެ އުޅެއެވެ. 

އީދު ދުވަސް ފެށިފައި ވަނީ ވެލިދޫ ރަސްމީ ފުޓުބޯޅަ ދަންޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުންނެވެ. އީދު ދުވަހުގެ މެންދުރު އަލީ މޫސާ ކަލޭފާނު މެމޯރިއަލް ވޮލީބޯޅަ ޓޯނަމެންޓް އެރަށު ބޮޑު ނިކަގަސް ދަށުގައި ވަނީ ފަށާފައެވެ.

 އީދު ދުވަހު ހަވީރު "ކުޑަ ކުދިންގެ އުފާ" ނަމުގައި ކުޑަކުދިންނަށް ޚާއްސަ ކުޅިވަރު ހަރާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އީދު ދުވަހުގެ ރޭ ސްޓޭޖް ސަރަހައްދުގައި ޝޯއާ އެކު ވާދެމުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ވެލިދޫގައި އީދުގެ ކޮންމެ ރެޔަކު ބާއްވާ ސްޓޭޖް ޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މޯލްޑިވިއަން އައިޑޮލްގެ އެކި ސީޒަންތަކުން ވިދާލި ފަންނާނުންގެ ތެރެއިން ޝަލަބީ، ބަރޯ، މައިޝާ، ޝަހްދާން، ޒަކިއްޓެ ފަދަ ލަވަކިޔުންތެރިން ހިމެނެއެވެ.

މީގެ އިތުރުން ނެށުންތެރިޔާ ޖާދުﷲ އިސްމާއީލްގެ ޑާންސް ގްރޫޕާއި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ޓީމްގެ މެމްބަރުންގެ ހަރަކާތްތައް ވެސް ސްޓޭޖް ޝޯއިން ފެނިގެން ދާނެއެވެ. އެގޮތުން ފިލްމީ ތަރިން ކަމަށްވާ އައްޒަ، ޖުމާ އަދި މަލް ގެ އިތުރުން ވެސް ގިނަ ފަންނާނުންގެ ނެށުންތައް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް ސަގާފީ ކުޅި ވަރުތަކާއި ފެންކުޅި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ވެލިދުއަށް މިފަހަރު އީދަށް 1200 އާއި 1500 އާ ދެމެދުގެ އަދަކަށް ވަނީ މެހެމާނުން ޒިޔާރަތް ކޮށްފައެވެ.

ވެލިދޫގައި މިފަހަރު އީދު ކުޅިވަރު އިންތިޒާމް ކޮށްފައި ވަނީ އެމްއެޗާއި ވެލިދޫ ޖަމިއްޔާއެއް ކަމަށްވާ ބާއޮކަލޯގެ އިތުރުން ވެލިދޫ ކައުންސިލް ގުޅިގެންނެވެ.

ހދ. ކުޅުދުއްފުށީގައި ވެސް ވަނީ ކުލަގަދަކޮށް އީދު ފާހަގަކުރަން ފަށާފައެވެ. ކޮންމެ އަހަރަކު ވެސް ކުޅުދުއްފުށީން އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅިވަރަކީ އެރަށުގައި ނެރޭ "މަށި މާލި" އެވެ. މަށިމާއްޔަކީ އެދުވަސްވަރެއްގައި ސިޔާސީ މަސްރަހުން އެންމެ ފާހަގަކޮށްލެވޭ ކަންކަމާ ގުޅުވައިގެން ތައްޔާރު ކުރާ މާއްޔެކެވެ.

މީގެ އިތުރުން ބޮޑުފައިވާން ހިނގުމާއި ސްޓޭޖް ޝޯ ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރަގެ އީދު ޗުއްޓީއަށް ހާހެއްހާ މެހެމާނުން ވަނީ ކުޅުދުއްފުއްޓަށް ޒިޔާރަތް ކޮށްފައެވެ.

ޅ. ހިންނަވަރަކީ ވެސް ކޮންމެ އަހަރަކު ފޯރިގަދަކޮށް އީދު ފާހަގަކުރާ ރަށެކެވެ. މި އަހަރު ވެސް އެރަށުގައި ތަފާތު އެކި ސަގާފީ ކުޅިވަރުތަކާއި ސްޓޭޖް ޝޯތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަށަށް ވެސް ހާއްހެއްހާ މީހުން ޒިޔާރަތްކޮށްފައި ވެއެވެ. 

ހިންނަވަރަކީ ފެންކުޅިއަށް ވަރަށް ޚާއްސަ ރަށެއްގެ ގޮތުގައި ފާހަގަ ކޮށްލެވެއެވެ. އީދުގެ ކޮންމެ ދުވަހަކު ވެސް ކުލަ ޖެހުމާއި ފެންކުޅި ކުޅުމުގެ ހަރަކާތްތައް އެރަށުގައި ކުރިއަށް ގެންދެއެވެ. މީގެ އިތުރުން ދެ ތަނެއްގައި ރޭގަނޑު ޝޯތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މުޅި ރަށް ސިޔާސީ ދެ ފިކުރަކަށް ބެހިގެން ގޮސްފައިވާ އިރު ޝޯތައް އިންތިޒާމުކުރުމުގައި ވެސް އުޅެނީ މި ދެ ފިކުރުގެ މީހުންނެވެ. މި ޝޯތަކުން ވެސް ރާއްޖޭގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް ފެނިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ. 

މީގެ އިތުރުން ވެސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އީދު ފާހަގަކުރުމަށް ގިނަ ކަންތައްތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން ސަގާފީ ކުޅިވަރުތަކާއި ސްޓޭޖް ޝޯތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް