26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

އެމްޑީޕީ

ތިމަރަފުށީ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހައިފި

  • އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖެހީ އީދު ނަމާދަށް ދިޔަ ވަގުތު
  • މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން
އަމްނާ އިމާދު | @amnabinthimad

| 21 އޯގަސްޓު 2018 | އަންގާރަ 13:45 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  5. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު


އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހާފައި -- ރާއްޖެއެމްވީ

ތ.ތިމަރަފުށީ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް ވިދާޅުވީ ތިމަރަފުށީގެ އެމްޑީޕީ ޖަގަހައިގެ އެތެރެއަށާއި، ބޭރު ފާރަށް ގިނަ އަދަދެއްގެ ކަޅުތެޔޮޖަހާފައިވާ ކަމަށެވެ. ކަޅު ތެޔޮ ޖެހީ އީދު ނަމާދަށް ދިޔަ ވަގުތު ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ ޖަގަހައަށް ކަޅުތެޔޮ ޖެހީ މާލޭއިން އެރަށަށް ގޮސް އުޅޭ ސަރުކާރުގެ ކޯޑިނޭޓަރުންގެ ބަހަށް ހެއްލިގެން އުޅޭ ކުދިވެރިން ތަކެއް ކަމަށާއި، މިފަދަ ދަށު ދަރަޖަގެ އަމަލަކުން އެރަށުގައި އެމްޑީޕީ ފިކުރު ނެތް ކަމަށް މަންޒަރު ދައްކަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. ތިމަރަފުށިން ރައީސް ޔާމިނަށް ލިބޭނެ ވޯޓެއް ނޯންނާނެ ކަމަށާއި، ތިމަރަފުށީގެ މެޖޯރިޓީ އޮތީ ގުޅިފައިވާ ޕާޓީތަކާއެކު ކަމަށް އޭނަ ވިދާޅުވިއެވެ.

"ވޯޓާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ދޮގު މިރަށުގަ ވެސް އެބަ ދައްކާ. ކޮންމެ މީހަކަށް ވޯޓު ދިނަސް ޔާމިން ހޮވޭނޭ ކިޔާފަ. މިހެން ހެދީމަ ދެން ރައްޔިތުން ވޯޓުލުމުގެ ފޯރިވެސް ގެއްލޭނެއްނުންތޯ. ބޭކާރުކަމެކޭ ހިތާ." އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖެހިނަމަވެސް ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ އެއްވެސް ރައްޔިތަކު ޕީޕީއެމްގެ ޖަގަހައަށް ކަޅުތެޔޮ ޖަހަން ނުނުނިކުންނާނެ ކަމަށާއި، ވޯޓުން އެމިހުން ބަލިކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ ވޯޓު އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެމްޑީޕީގެ އޮފިޝަލުން މާހުށިޔާރުވާނެ ކަމަށެވެ.

އަންވަރު ވިދާޅުވީ މިމައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އިންސާފު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ތިމަރަފުށީގެ އެމްޑީޕީގެ ޖަގަހައަށް ކަޅުތެޔޮ ޖެހުމުގެ އިތުރަށް އައްޑޫ ސިޓީ ފޭދޫ އެމްޑީޕީ ޖަގަހައަށް ކަޅު ތެޔޮ ޖަހައިފިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް