19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އުރީދޫ

މުސްލިމް ކިޑްސް ޓީވީ ރާއްޖޭގައި އުރީދޫ އިން ތައާރަފުކޮށްފި

 • ”މުސްލިމް ކިޑްސް ޓީވީ“ އަކީ ކުޑަކުދިންނަށް ޚާއްޞަ އިސްލާމީ ކޮންޓެންޓް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު އެއް ޕްލެޓްފޯމް
 • މުސްލިމް ކިޑްސް ޓީވީ ބޭނުންކުރުމަށް ތިން ޕެކޭޖެއް ކަނޑައެޅިފައިވޭ
ސިމާހާ ނަސީމް | sim_kamana

| 21 އޯގަސްޓު 2018 | އަންގާރަ 13:35 | |

މަގުބޫލް

 1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
 2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
 3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
 5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
 6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
 8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


މުސްލިމް ކިޑްސް ޓީވީ ރާއްޖޭގައި އުރީދޫ އިން ތައާރަފުކޮށްފި -- އުރީދޫ

އަޟްހާ އީދުގެ އުފަލުގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމީ ރިވެތި އުސޫލުތައް އުނގަންނައިދޭ ކުޑަކުދިންނަށް ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށް، ދިވެހި އާއިލާތަކާއި ހަމައަށް މުސްލިމް ކިޑްސް ޓީވީ އުރީދޫ އިން ގެނެސްދީފިއެވެ.

ކެނެޑާގެ ކުންފުންޏަކުން އިސްނަގައިގެން ހިންގާ މުސްލިމް ކިޑްސް ޓީވީ އަކީ ކުޑަކުދިންނަށް ޚާއްޞަ އިސްލާމީ ކޮންޓެންޓް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ. މުސްލިމް ކިޑްސް ޓީވީ މެދުވެރިކޮށް ކުޑަކުދިންނާއި ގުޅޭ، އިންޓަރެކްޓިވް ތަޖުރިބާތަކެއް ކުރެވިގެންދާނެއެވެ.

އޭގެ ތެރޭގައި ހިމެނޭ ބައެއް ޚިދުމަތްތަކަކީ:

 • ކީރިތި ޤުރުއާން ކިޔަވައި، ހިތުދަސްކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ޤުރުއާން ރިސައިޓޭޝަން ބަޑީ
 • އެތައް ސަތޭކަ އިސްލާމީ ވީޑިއޯ ތަކާއި އެނިމޭޝަންތައް
 • ކުޑަކުދިންގެ ހުނަރުތައް ހަރުދަނާކޮށްދޭ މަޖާ ގޭމްތައް
 • ކުދިންގެ ތަފާތު އަމިއްލަ އުފެއްދުންތައް، އެކި ޤައުމުތަކުގެ ކުދިންނާއި ހިއްސާ ކޮށްލެވޭ ކްރިއޭޓް އެންޑް ޝެއަރ ޕްލެޓްފޯމް
 • ކުލަޖައްސާ ޕޭޖުތައް، އެކްޓިވިޓީ ފޮތްތައް އަދި ގޭތެރޭގައި ހަރުކުރެވޭ ޕޯސްޓަރު ފަދަ ޕްރިންޓް ކުރެވޭ ރިސޯސްތަކާއި، ވަރކްޝީޓް

މި ޕްލެޓްފޯމު މެދުވެރިކޮށް އިސްލާމީ ތައުލީމު ހޯދުމުގައި ކުޑަކުދިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭ އެތައް ހާސް ޑިޖިޓަލް ރިސޯސްތަކެއް ބެލެނިވެރިންނަށާއި ޓީޗަރުންނަށް ލިބިގެންދާނެއެވެ.

"އުރީދޫގެ ޓީމްގެ ފަރާތުން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޟްހާ އީދުގެ ތަހުނިޔާ އާއި މުބާރިކްބާދު ދަންނަވަން. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭނުންތެރި އަދި އާންމު ދިރިއުޅުމުގައި ފައިދާކުރާނެ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް، އުރީދޫ އިން ވަރަށް ބޮޑު އަޙަމިއްޔަތުކަމެއްދޭ. މިގޮތުން، މިއަދު ދިވެހީންނާއި ހަމައަށް މިގެނެސްދެނީ ވަރަށް ޚާއްސަ، އަދި އަޅުގަނޑުމެންގެ ހިތްތަކާއި ނުހަނު ގާތް ޚިދުމަތެއް. މުސްލިމް ކިޑްސް ޓީވީ އަކީ ގިނަ ތަޖުރިބާކާރުންގެ ރުހުން ލިބިފައިވާ، ބައިނަލްއަޤްވާމީ އެޑިއުކޭޝަނަލް ރިސޯސް އެއް. އަޅުގަނޑުމެންގެ އުއްމީދަކީ، މި ޕްލެޓްފޯމަކީ ބޭނުންތެރި އަދި އިސްލާމީ އުސޫލުތައް އުނގެނުމަށް ކުޑަކުދިންގެ ޝައުގުވެރިކަން އިތުރުކޮށްދޭ ޚިދުމަތަކަށްވުން." އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

މުސްލިމް ކިޑްސް ޓީވީ ބޭނުންކުރުމަށް ތިން ޕެކޭޖެއް ކަނޑައެޅިފައިވާއިރު، ބޭނުންވާ ކީވޯޑް ޖެއްސެވުމަށްފަހު 5858 އަށް އެސްއެމްއެސް ކުރެއްވުމުން، ފަސޭހަމާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް އެ ޕްލެޓްފޯމްގެ ޚިދުމަތް ހޯއްދޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ކީވޯޑް

މުއްދަތު

އަގު

ޕެކޭޖް

GO MKTVD”

1 ދުވަސް

3ރ

މުސްލިމް ކިޑްސް ޓީވީ 1 ދުވަހުގެ ޕެކޭޖް

“GO MKTVW”

7 ދުވަސް

15ރ

މުސްލިމް ކިޑްސް ޓީވީ 1 ހަފްތާގެ ޕެކޭޖް

“GO MKTVM”

30 ދުވަސް

60ރ

މުސްލިމް ކިޑްސް ޓީވީ 1 މަހުގެ ޕެކޭޖް

މުސްލިމް ކިޑްސް ޓީވީގެ ވެބްސައިޓް www.muslimkidstv.com މެދުވެރިކޮށް ނުވަތަ އެޕް ސްޓޯ އަދި ގޫގުލް ޕްލޭސްޓޯ އިން ޑައުންލޯޑް ކުރެވޭނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް