17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އަފްޣާނިސްތާނުގެ ހަމަނުޖެހުން

އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރު ކައިރިއަށް ރޮކެޓް ހަމަލާއެއްދީފި

  • އަފްޣާން ސިފައިން ވަނީ ހަނގުރާމަވެރިން ތިބިކަމަަށް ބެލެވޭ ތަނަކަށް ހަމަލާ ދީފައި
އަބުދުﷲ މުހައްމަދު | 8Abbo

| 21 އޯގަސްޓު 2018 | އަންގާރަ 12:52 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި


ކާބުލްގެ ޑިޕްލޮމެޓިކް ސަރަހައްދަށް ދިން މި ހަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވޭ -- ބީބީސީ

އީދާއި ގުޅިގެން އަފްޣާނިސްތާނުގެ ރައީސް ތަގުރީރެއް ދެއްވަން ހުންނަވަނިކޮށް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ޑިޕްލޮމޭޓުން ތިއްބަވާ ސަރަހައްދަށް ހަނގުރާމަވެރިން ރޮކެޓް ހަމަލާއެއްދީފިއެވެ.

ރިޔާސީ ގަނޑުވަރުގެ ކައިރިން އެއްޗެއް ގޮވި އަޑުއިވުނުއިރު ރައީސް އަޝްރަފް ޣަނީ ގެންދެވީ ޓީވީ މެދުވެރިކޮށް އަޟުހާ އީދުގެ މުނާސަބާގައި ގައުމާއި މުޚާތަބުކޮށް ވާހަކަދައްކަވަމުންނެވެ.

އޭގެ އިރުކޮޅެއްފަހުން ކޮމްބެޓް ހެލިކޮޕްޓަރަކުންވަނީ ހަނގުރާމަވެރިން ބަނޑަހަ ޖަހައިގެން ތިބިކަމަށް ބެލެވޭ އިމާރާތަކަށް ހަމަލާ ދީފައެވެ.

ރައީސް ޣަނީވަނީ ހަމަލާ ބަދަލުކުރުން އީދަށް މެދުކަނޑާލާފައި އޮތް އޮތުމާ ތާލިބާނުން ދެކޮޅު ހަދާފައިވާކަމަށް ވިދާޅުވެފައެވެ.

ހަމަލާ އަމާޒުވި ސަރަހައްދު އަފްޣާނިސްތާނުގެ ފައުޖުތަކުން ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާއިރު ހަމަލާ ދީފައިވަނީ ކޮން ބައެއްކަމެއް އަދި ހަމަލާގައި އެއްވެސް މީހަކަށް ހާނިއްކައެއް ލިބުނުކަމެއް ކަށަވަރެއް ނުވެއެވެ.

ތާލިބާނުންނާއި އައިއެސްޖަމާއަތުގެ ނަމުގައި އުޅެމުންދާ ޖަމާއަތުން މި މަހު ދިން ހަމަލާތަކުގައިވެސް އެތައް ސަތޭކަ މީހުންވަނީ މަރުވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް