16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އެމްއެންޑީއެފް

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

  • ފުރަތަމަ ބުރުގަ 120 މީޙުން ބައިވެރިވެފައިވޭ
  • ނެވިގޭޝަން، ސޭފްޓީ، ކޮމިއުނިކޭޝަން އަދި ރެގިއުލޭޝަން އެހަތަރު މޮޑިއުލް ކިޔަވައިދޭ
މުހައްމަދު ފަޒީން | phaxyn

| 28 ޖެނުއަރީ 2017 | ހޮނިހިރު 14:24 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


އެމްއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ތެރެއިން -- ގޫގުލް

އެމްއެންޑީއެފުން ހިންގާ ނިޔަމި ކަމުގެ ކޯހުގެ ފުރަތަމަ ބުރު، އެމްއެންޑީއެފް ނޮދަން އޭރިއާ، ހއ. އިހަވަންދޫގައި ފަށައިފި އެވެ.

 

ހުކުރު ދުވަހު އެމްއެންޑީއެފުން ފެށި އެކޯހަކީ، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް ސެކިއުރިޓީ ސްޓަޑީޒް އާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން ހިންގާ ލެވެލް 2 ފެންވަރަށް ކުރިއަށް ގެންދާ ކޯހެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

 

އެމްއެންޑީއެފުން ބުނީ ހުކުރު ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ހިންގާ އެ ކޯހުގައި ހއ. އިހަވައްދޫ އާއި މޮޅަދޫގެ އިތުރުން ދިއްދޫ އަދި ހޯރަފުށިން، ޖުމްލަ 120 މީހުން ބައިވެރިވެފައިވާ ކަމަށާއި ކޯސް ކުރިއަށްދާނީ ހަތަރު ބެޗަކަށް ބަހާލައިގެން ކޮންމެ ބެޗެއްގައި 30 މީހުންގެ ޖާގަ ހިމަނައިގެން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

 

އެމްއެންޑީއެފް ބުނީ ނިޔަމި ކަމުގެ އެ ކޯސް ހިންގަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ މިންގަނޑަށް ކަމަށާއި އެ ކޯހުގައި 30 ގަޑިއިރުގެ ކްލާސްތަކެއް ނަގައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

 

 

އެގޮތުން، އެކޯހުގައި މައިގަނޑު ހަތަރު ބައެއް ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ނެވިގޭޝަން، ސޭފްޓީ، ކޮމިއުނިކޭޝަން އަދި ރެގިއުލޭޝަން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

 

އެމްއެންޑީއެފުން ބުނީ އެ ކޯހަށް ބައިވެރިން ހިވާފައިވަނީ އެ ފަރާތްތަކަށް ދެވުނު ޓެސްޓްތަކަކަށް ފަހުގައި ކަމަށެވެ.

 

އެމްއެންޑީއެފުން ބުނީ ނިޔަމި ކަމުގެ އެ ކޯހުގައި ކިޔަވައިދެއްވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ސިފައިން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް