16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

މެންޗެސްޓާ ޔުނައިޓެޑް

މޮރީނިއޯ ވަކިކޮށް ޒިދާން ގެނައުމުގެ ހިޔާލެއް ޔުނައިޓެޑުން ނުގެންގުޅޭ

  • މޮރީނިއޯ ވަނީ 2020 ވަނަ އަހަރާއި ހަމަޔަށް ޔުނައިޓެޑާއެކު ކޮންޓްރެކްޓް ހަދާފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 21 އޯގަސްޓު 2018 | އަންގާރަ 12:37 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  8. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި


މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ -- ގެޓީ އިމޭޖާސް

ހޯސޭ މޮރީނިއޯ ވަކިކޮށް ކޯޗުގެ މަގާމަށް ޒަައިނުއްދީން ޒިދާން ގެނައުމުގެ ހިޔާލެއް މެންޗެސްޓާ ޔުނައިޓެޑުން ނުގެންގުޅޭ ކަމަށް އެކްލަބްގެ ބޯޑުން ބުނެފިއެވެ.

ޕްރިމިއާ ލީގުގައި އެންމެފަހުން ކުޅުނު މެޗުން ބްރައިޓަން އަތުން 3-2 ގެ ނަތީޖާތަކުން ޔުނައިޓެޑް ބަލިވުމާއެކު މޮރިނީއޯއަށް ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ޕްރިމިއާ ލީގުގެ ޓީމަކުން ކޯޗަކު މަގާމުން ވަކިކުރާނަމަ އެއީ މޮރީނިއޯ ކަމަށް ބެލެވޭ ކަމަަށް މީޑިއާ ރިޕޯޓްތައް ބުނާއިރު އޭނާގެ ބަދަލުގައި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން އެ މަގާމަށް ގެންނަން އުޅޭ ކަމުގެ އަޑުތަކެއް ވެސް މިދުވަސްކޮޅު ވަނީ ފެތުރިފައެވެ. 

ނަމަވެސް އެ ކްލަބްގެ ބޯޑާއި ގާތް މީހަކު ބީބީސީއަށް ބުނެފައި ވަނީ މޮރީނިއޯ މަގާމުގައި ދެމި ހުންނާނެ ކަމުގެ ޔަގީންކަން އޮތުމާއެކު ޒިދާންގެ ނަން އެއްވެސް މަޝްވަރާއެއްގައި އައިސްފައި ނުވާ ކަމަށެވެ. 

މި ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑުން ކުޅުންތެރިން ގެނައުމަށް ކުރި މަސައްކަތްތަކާ ގުޅިގެން މޮރީނިއޯ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އެޓީމުން ގެނެސްފައި ވަނީ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑްގެ އިތުރުން ޒުވާން ޑިފެންޑަރު ޑިއޭގޯ ޑަލޯއެވެ. މޮރީނިއޯ ވަނީ އިތުރު ޑިފެންޑަރަކާއި ފޯވާޑެއް ބޭނުންވާ ކަމަށް ބުނެފައެވެ. 

މޮރީނިއޯ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރުއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް