26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރިޔާސީ އިންތިހާބު 2018

ފައިސަލްއާއެކު ފުވައްމުލަކަށް އީދުގެ އުފާވެރިކަން ބޮޑުވެފައި

 • ފައިސަލް ވަނީ ފުވައްމުލަކުގެ ބޮޑު ޖަމާއަތުގައި އީދު ނަމާދުގައި ބައިވެރިވަޑައިގެންފަ
 • އީދު ދުވަހު ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިން ވެގެންދިޔައީ އީދު ސަލާމް ކުރަން ލިބުނު ފުރުޝަތަކަށް
 • ފައިސަލް ވަނީ ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން ގިނަ ރައްޔިތުންނާއި ބައްދަލުކުރައްވާ
މުހަންމަދު ވިސާމް | sampathmasiw

| 21 އޯގަސްޓު 2018 | އަންގާރަ 12:19 | |

މަގުބޫލް

 1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
 2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
 3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
 4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
 5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
 6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
 7. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
 8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


އީދު ނަމާދަށް ފަހު ފައިސަލް އާއި އީދު ސަލާމް ކުރައްވަނީ -- ރާއްޖެއެމްވީ

އަޟްހާ އީދު މި ފަހަރު ދިމާވީ އަންނަ މަހުގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ބައެއް ރަށްތަކުގައި އީދު ބަންދަށް ކެމްޕެއިން ހަރަކާތްތަކަށް މަޑުޖެހުމެއް ވަނީ އައިސްފައެވެ. އާންމުކޮށް ކެމްޕެއިން ކުރިއަށް ގެންދާ ގޮތާއި ތަފާތު ގޮތްގޮތަށް އީދާ ގުޅުވާލާފައި ވެސް ބައެއް ރަށްތަކުގައި ކެމްޕެއިން ކުރިއަށް ގެންދާކަން ފާހަގަކޮށްލެއެވެ. މިއަހަރުގެ އަޟްހާ އީދުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ހުންނެވީ ފުވައްމުލަކު ސިޓީގައެވެ. އުފަން ރަށުގައި އެމަނިކުފާން އީދުގައި ހުންނެވުމަކީ އެރަށުގެ ރައްޔިތުންނަން ލިބުނު އުފަލަކެވެ. އީދުގެ އުފާވެރިކަން އެ ސިޓީގެ ރައްޔިތުން ފައިސަލް އާއިއެކު ކުރިއަށް ގެންދަވަނީ ކެމްޕެއިން ހަރަކާތްތަކާއި އެކުގައެވެ.

ފުވައްމުލަކު މާދަނޑު އަވަށުގައި ސްޕޯޓްސް ޕާކްގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުގައި ފައިސަލް ވަނީ ބައިވެރިވަޑައިގެންފައެވެ. ނަމާދަށް ފަހު ގިނަ އަދަދެއްގެ ރައްޔިތުންނާއި އެމަކުފާން ބައްދަލުވުމުން ރައްޔިތުންގެ މޫނުމަތިން ފެނިގެން ދިޔައީ ހިނިތުންވުމެއެވެ. ފައިސަލް ވަނީ އީދު ނަމާދުގައި ބައިވެރި އެތަށް ސަތޭކަ މީހުންނާއި އީދު ސަލާމް ކުރައްވާފައެވެ. ބައެއް މީހުން ވަނީ ފައިސަލް އާއިކު ފޮޓޯ ނެގުމަށް ފަހު އީދުގެ ތަހުނިޔާ ފުވައްމުލަކަށް އުފަން ރަނިންގމޭޓާއި އެކުގައި ކަމަށް ބުނެ ސޯޝަލް މިޑިޔާގައި ބޭނުންވެސް ކޮށްފައެވެ.

އީދު ނަމާދަށް ފަހު ފައިސަލާއި އެކު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ފޮޓޯ ނަގާފަ

އީދު ނަމާދަށް ފަހު ހޯމަ ދުވަހުގެ ހެނދުނު ފައިސަލް ވަނީ ދޮރުން ދޮރަން ކެމްޕެއިންގައި އެ ސިޓީގައި ކުރިއަށް ގެންދަވާފައެވެ. ހޯދަނޑު އަވަށުގައި ބައެއް ގޭގެއަށް ފައިސަލް އީދު ދުވަހު ޒިޔާރަތް ކުރެއްވުން ވެގެންދިޔައީ އީދުގެ އުފާވެރިކަމާއި ކެމްޕެއިން ހަރަކާތްތަކަށް ލިބުނު ބާރަކަށެވެ. ގޭގެއަށް ވަޑައިގެން ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުންނާއި ބައްދަލުވާއިރު، އެމަނިކުފާނަށް އީދުގެ ތަޙްނިޔާ އަރިސްކުރެއެވެ.

ދޮރުން ދަރަން ކެމްޕެއިންގެ ތެރެއިން ރައްޔިތުން ފައިސަލް އާއި އީދު ސަލާމް ކުރައްވަނީ

އަޟްހާ އީދުގެ ފުރަތަމަ ދުވަހު އެހެން ރަށްތަކަކޭ އެއްފަދައިން ފުވައްމުލަކު ގައި ވެސް ފެންކުޅިއެއް ނުކުޅެއެވެ. އެހެންނަމަވެސް ބައެއް ޒުވާނުންނާއި ކުޑަކުދިން ގޭގެ ދޮރު މަތީގައި ފެންކުޅި ކުޅެން ތިބިކަން ދޮރުން ދޮރަށް ފައިސަލް ހިންގެވިއިރު ފެނިގެން ދިޔައެވެ. ފައިސަލް ހޯދަނޑު އަވަށުގެ ބައެއް ގޭގެއަށް ވަޑައިގެންނެވިރު ކުޑަކުދިން ފެން ބަޑި ހިފައިގެން ފެންކުޅިކުޅެން ތިބުމުން އެމަނިކުފާން ވަނީ އެކުދިންނާއި އެކު ފެންކުޅި ކުޅެން ވެސް ބައިވެރިވަޑައިގެންފައެވެ. އެވަގުތުކޮޅު ވެގެންދިޔައީ އީދުގެ އުފާވެރިކަން ރަނިންގމޭޓްއާއިކު ހޭދަކޮށްލަން ލިބުމުން އެ ކުދިން ހިނިތުން ކުރުވި ވަގުތު ކޮޅަކަށެވެ.

ފުވައްމުލަކުގެ ބައެއް ކުދިންނާއި އެކު ފައިސަލް ފެންކުޅި ކުޅުމުގައި 

ރަށުގެ ރައްޔިތުންގެ މޫނު މަތިން ފެންނަމުން ދަނީ ހިނިތުންވުމެވެ. ފާޅުކުރަމުން ދިޔައީ އުފާވެރިކަމުގެ ޝުއޫރުތަކެވެ. ވާނީ ވެސް އެހެންނެވެ. ސެޕްޓެމްބަރު 23 އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ، ނައިބު ރައީސްކަށް ލިބިވަޑައިގެންނެވި ފުވައްމުލަކަށް ނިސްބަތްވާ ދެ ވަނަ ބޭފުޅަކަށް ފައިސަލް ވެގެންދާނެ އެވެ. ފުވައްމަލަކަށް ނިސްބަތްވާ އެންމެ ފުރަތަމަ ނައިބު ރައީސް އަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް