12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:44

ވެނެޒުއޭލާގެ ހަމަނުޖެހުން

ފައިސާގެ އަގު ދަށްވުމުން ވެނެޒުއޭލާގައި އާ ނޫޓެއް ތައާރަފުކޮށްފި

  • ފައިސާގެ އަގު ޕެގް ކޮށްފައިވަނީ ޕެޓްރޯއާ
  • މި ބަދަލަކީ އިގްތިސާދު ރަނގަޅުވާނެ ބަދަލެއް ނޫންކަމަށް ފާޑުކިޔާ މީހުންދަނީ ބުނަމުން
އަބުދުﷲ މުހައްމަދު | 8Abbo

| 21 އޯގަސްޓު 2018 | އަންގާރަ 02:18 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  4. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  5. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


އަލަށް ތައާރަފުކުރި ބޮލިވަރ ސޮބެރާނޯ(ސޮވަރިން ބޮލިވަރ) ގެ ނޫޓެއް ދައްކާލަނީ -- އާކައިވް

އިގްތިސާދީ ގޮންޖެހުންތަކެއް ތެރޭގައި އޮތް ވެނެޒުއޭލާގައި ކުރިން ބޭނުން ކުރަމުންދިޔަ ފައިސާ އުވާލައި އައު ފައިސާއެއްނެރެ ބޭނުންކުރަން ފަށައިފިއެވެ.

އިންފްލޭޝަން މަތިވެ ފައިސާގެ އަގު ދަށްވެގެން ދިއުމުން އެޅި މި ފިޔަވަޅާމެދު ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ މި ފިޔަވަޅުގެ ސަބަބުން އިގްތިސާދު އިތުރަށް ވެގެންދާނީ ބަލިކަށި ކަމަށެވެ. 

ރައީސް ނިިކޮލަސް މަޑޫރޯވަނީ އައު ފައިސާ"ސޮވަރިން ބޮލިވަރ" ނެރުމުގެ ގޮތުން ހޯމަ ދުވަހަކީ ބަންދު ދުވަހެއްކަމަށް ހަމަޖައްސަވާފައެވެ.

ގޮންޖެހުންތަކުގެ ތެރޭ އުޅުުއްވަމުން ގެންދަވާ މަޑޫރޯގެ އިގްތިސާދީ އިސްލާހީ ބަދަލުތަކުގެ ދަށުން އަލަށް ނެރުނު ފައިސާ ވަކި މުއްދަތެއް ވަންދެން ދައުުރު ކުރަމުންދާނީ ކުރީގެ ފައިސާއާއިއެކުގައެވެ.

ބޮލިވަރ ޕެގް ކުރެވިފައި ހުންނާނީ ޕެޓްރޯއާއެވެ.

ޕެޓްރޯއެއްގެ އަގަކީ 60 އެމެރިކާ ޑޮލަރުކަމަށްވާއިރު މި އަގަކީ ވެނެޒުއޭލާގެ ތެޔޮފީފާއެއްގެ އަގު ހުންނަ މިންވަރަކާއި އެއްގޮތަށް ކަނޑައެޅިފައި އޮންނަ އަގެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް