21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ޓްރާންސްފާ މާކެޓް

ޖެނުއަރީގައި ހިނގަފާނެ ކަމަށް ބެލެވޭ އެންމެ ހައިރާންކުރަނިވި ފަސް ޓްރާންސްފާ!

  • ޖެނުއަރީ ޓްރާންސްފާގައި ޗައިނާ ކްލަބްތަކުން ވަނީ ބޮޑު އަގުގައި ކުޅުންތެރިންގެ ސޮއިތައް ހޯދާފަ
ލީވާން އަލީ | MrLeevaan

| 28 ޖެނުއަރީ 2017 | ހޮނިހިރު 08:20 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ތޮއްޑޫގައި ފުރަތަމަ ފަހަރަށް މޫނު ބުރުގާ އެޅި މީހަކަށް ވަޒީފާ ހަމަޖައްސައިދީފި
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


ޖެނުއަރީ ޓްރާންސްފާގައި ކްލަބް ބަދަލުކުރާނެ ކަމަށް ބެލެވޭ ފަސް ކުޅުންތެރިން -- ރާއްޖެއެމްވީ

ޓްރާންސްފާ ބާޒަރަކީ ފުޓުބޯޅަ ސަޕޯޓަރުން ވަރަށް ގާތުން ބަލަމުން އަންނަ ކަމެކެވެ. އެގޮތުން އެ ސަޕޯޓްކުރާ ޓީމަކަށް ގެންނަ ކުޅުންތެރިޔެއް ނުވަތަ އެޓީމެއް ދޫކޮށްދާ ކުޅުންތެރިޔެއް ބަލާލަން ކޮންމެ ސަޕޯޓަރަކު ވެސް ބޭނުންވާނެއެވެ. މިފަހަރުގެ ޖެނުއަރީ ޓްރާންސްފާއި ވެސް އަގުބޮޑު އަދި ހައިރާންކުރެވިނިވި ބައެއް ޓްރާންސްފާތައް މިހާރު ވެސް ވަނީ ހިނގާފައެވެ. އެގޮތުން މި ބަލާލަނީ ޖެނުއަރީ ޓްރާންސްފާ ނިމުމުގެ ކުރިން ހިނގާފާނެ ކަމަށް ބެލެވޭ އެންމެ ހައިރާންކުރެވިނިވި ފަސް ޓްރާންސްފާ އަކަށެވެ.

 

އެގޮތުން މި ލިސްޓުގެ ފަސްވަނައިގައި ހިމެނެނީ ސްވަންސީ ސިޓީ އަށް ކުޅެމުން އަންނަ ފެނާންޑޯ ލޮރެންޓޭ އެވެ. މިވަގުތު ސްވަންސީ އަށް ކުޅެމުން އަންނަ ލޮރެންޓޭ އަކީ އިތުބާރު ހުރި މޮޅު ފޯވާޑެކެވެ. އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

 

އެހެންނަމަވެސް އެންމެ ބޮޑަށް އޭނާ ހޯދަން މަސައްކަތްކުރަމުން އަންނަނީ ޗެލްސީންނެވެ. ޗެލްސީން އަންނަނީ އޭނާ ލޯން އެއްބަސްވުމެއްގެ ދަށުންވިޔަސް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

 

ސްޕެއިން ގައުމީ ޓިމުގައިވެސް ހިމެނި މެޗުތައް ކުޅެފައިވާ އުމުރުން 31 އަހަރުގެ ލޮރެންޓޭ ވަނީ އެތުލެޓިކޯ ބިލްބާއޯ، އެތުލެޓިކް ކްލަބް، ޔުވަންޓަސް އަދި ސެވިއްޔާ އަށްވެސް ކުޅެފައެވެ. ބެލެވޭ ގޮތުގައި އޭނާ ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ އަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވާނެ އެވެ.

 

މި ލިސްޓުގެ ހަތަރުވަނައިގައި ހިމެނެނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބަސްޓަން ސްވައިންސް ސްޓައިގާ އެވެ. ޖަރުމަން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ސްވައިންސް ސްޓައިގާ ހޯދުމަށް ގިނަ ކްލަބްތަކުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އޭގެ ތެރެއިން އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަނީ ތުރުކީގެ ފެނަބާޗޭ އެވެ.

 

ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވެފައިވާ ސްވައިންސް ސްޓައިގާ އެ ކްލަބުގައި ހުރީ ހިތްހަމަޖެހިގެން ނޫން ކަމަށް ރިޕޯޓްތައް ބުނާއިރު، އޭނާ ހޯދުމަށް ފެނަބާޗޭ އިން ދެ މިލިއަން ޕައުންޑު ހުށަހަޅާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

 

ސްވައިންސް ސްޓައިގާއަކީ ޖަރުމަން ލީގުގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިޔެކެވެ. އެގޮތުން އޭނާ ވަނީ ބަޔާން މިއުނިކްގެ ކެޕްޓަންކަން ވެސް ކޮށް، އެޓީމާއެކު ގިނަ ކާމިޔާބީތައް ހޯދާފައެވެ.

 

މި ލިސްޓުގެ ތިންވަނައިގައި ހިމެނެނީ ޗެލްސީގެ ޑިފެންޑަރު އިވަނޮވިޗް އެވެ. އޭނާ ހޯދުމަށް ޒެނިތު އަދި ވެސްޓް ބްރޮމް އިން މަސައްކަތްކުރަމުން އަންނަ އިރު، އޭނާ އެ ދެ ކްލަބުން ކުރެ އެއް ކްލަބަށް ފްރީ ޓްރާންސްފާއެއްގެ ދަށުން ދޫކޮށްލާނެ ކަމަށް ވެސް ވަނީ ބެލެވިފައެވެ.

 

ޗެލްސީގެ ފަހަތް ބެލެހެއްޓުމުގައި ޖޯން ޓެރީއާއެކު މުހިންމު ދައުރެއް އަދާކުރަމުން އަންނަ އިވަނޮވިޗް އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބުން ވަނީ މަދުވެފައެވެ. އޭނާ އަށް އެ ފުރުސަތު މަދުވީ ޑޭވިޑް ލުއިޒް ކްލަބާ ގުޅުނު ފަހުންނެވެ.

 

ޗެލްސީއާ 2007 ވަނަ އަހަރު ގުޅުނު އިވަނޮވިޗް ވަނީ އެޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 375 މެޗުގައި 33 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ދެ ޕްރިމިއާ ލީގު، ތިން އެފްއޭކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

 

މި ލިސްޓުގެ ދެވަނައިގައި ހިމެނެނީ ޗެލްސީ އަށް ކުޅެމުން އަންނަ އިތުބާރު މިޑްފިލްޑަރު ސެސް ފެބްރިގާސް އެވެ. ފެބްރިގާސްއަކީ ގިނަ ކްލަބްތަކުން އަބަދުވެސް ބޭނުންވާނެ ކުޅުންތެރިޔެކެވެ. އެހެންނަމަވެސް ޖެނުއަރީ ޓްރާންސްފާގައި އޭނާ ހޯދުމަށް ޝައުގުވެރިވަނީ އިޓާލިއަން ލީގުގެ ތިން ކްލަބް ކަމަށްވާ ޔުވަންޓަސް، އިންޓަ މިލާން އަދި އޭސީ މިލާން އެވެ.

 

ޗެލްސީގައި ހިތްހަމަޖެހިގެން ހުރި ފެބްރިގާސް ހޯދުމަށް ކްލަބްތަކުން 25 މިލިއަން ޕައުންޑު ހުށަހަޅާފައިވާއިރު، އޭނާ އިޓާލިއަން ލީގުގެ ކްލަބަކަށް ބަދަލުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން  ޗެލްސީން އޭނާ ދޫކޮށްލާނީ މި ސީޒަނަށް ފަހުއެވެ.

 

އާސެނަލް އިން ވިދާލި ފެބްރިގާސް ވަނީ ސްޕެނިޝް ލީގުގެ ޗެމްޕިއަން ބާސާ އަށް ވެސް ކުޅެފައެވެ. އޭނާ ބާސާ ދޫކޮށްލުމަށް ފަހު ޗެލްސީއާ ގުޅިފައިވާއިރު، އޭނާ އަންނަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

 

މި ލިސްޓުގެ އެއްވަނައިގައި ހިމެނެނި ނިމިގެންދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ގިނަ ބައެއްގެ ލޮލުގައި އަޅަގަނެފައިވާ ވެސްޓްހަމް ޔުނައިޓެޑަށް ކުޅެމުން އަންނަ އުމުރުން 29 އަހަރުގެ ޑިމިޓްރީ ޕަޔެޓްއެވެ. އޭނާ ވަނީ ޔޫރޯ 2016 ގައި ފްރާންސް އަށް މޮޅު ކުޅުމެއް ދައްކާ އެޓީމު ފައިނަލަށް ގެންދިޔުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

 

ޕަޔެޓް ވެސްޓްހަމްގައި ހިތްހަމަޖެހިގެން ހުރި ކަމަށް އޭނާ ވެސް ބުނަމުން އަންނައިރު، އޭނާ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އެންމެ ފްރާންސްގެ މާސޭ ހިމެނެއެވެ. މާސޭ އިން ވަނީ އޭނާ ހޯދުމަށް 30 މިލިއަން ޕައުންޑު ހުށަހަޅާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ޖެނުއަރީ ޓްރާންސްފާގައި ކްލަބްތަކުން މާ ބޮޑު ހޭދައެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ޗައިނާ ކްލަބްތަކުން ވަނީ ބޮޑު އަގުގައި ކުޅުންތެރިންގެ ސޮއިތައް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް