26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރިޔާސީ އިންތިޚާބު 2018

އަންހެނުންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް ޔާމީން ވިދާޅުވެއްޖެ!

  • ރައީސް ވިދާޅުވީ "މާ ރަނގަޅުވާނެ ނޫންތޯ ބުރުގާ އަޅައިގެން ގޭގައި ތިބިއްޔާ"

| 20 އޯގަސްޓު 2018 | ހޯމަ 17:00 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  5. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު


ރައީސް އަބްދުﷲ ޔާމީން ތ. މަޑިފުށީގައި ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

ބުރުގާ އަޅާ އަންހެނުންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މި މަހުގެ 15 ވަނަ ދުވަހު މަޑިފުށީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުންނަށް ޖީއެމްއާރުގެ މައްސަލައިގެ ވާހަކަ ދައްްކަވަން ލަދު ގަންނަނަމަ، އެ ބޭފުޅުން ބުރުގާ އަޅުއްވައިގެން ގޭގައި ތިއްބެވިއްޔާ ރަނގަޅުވާނެ ކަމަށެވެ.  

"މިއަދު އެ ވާހަކައިގެ މަތިން ހަނދާން ނެތިގެން މިއުޅެނީ ކީއްވެގެންތޯ؟ އެހާ ލަދުގަންނަ ކުދިންކޮޅެއްތޯ އިދިކޮޅަށް ނުކުމެ މިއުޅެނީ؟ މާ ރަނގަޅުވާނެ ނޫންތޯ ބުރުގާ އަޅައިގެން ގޭގައި ތިބިއްޔާ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އަންހެނުންނަށް ނިކަމެތިވާ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުމުން ގިނަ ބަޔަކު ދަނީ އެ މަނިކުފާނަށް ފާޑުވިދާޅުވަމުންނެވެ.

މެއި 20، 2016 ވަނަ ދުވަހުގެ ރޭ ބޭއްވި "ފަހި 913 ކުޅިވަރު ފެސްޓިވަލް"ގައި، ތައިލޭންޑަށް ގޮސް ފިރިހެނުން އަންހެނުން ހޯދަނީ "ހިލޭ ނޫން" ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި ވާހަކަފުޅާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި، އޯޓިސްޓިކް ކުދިންނަށް ކުޑައިމީސްވާ ގޮތަށް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.

"މިއަދަކީ އޯޓިސްޓިކް ދުވަސް ދެއްތޯ، އޯޓިސްޓިކް ނޫނީ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ދިވެހިރާއްޖޭން އަރި ހުރަސްކޮށް ކޮންމެ ދިމާލަކަށް ބަލާލި ކަމަށް ވިޔަސް 30 އަހަރުގެ ތަރައްގީ އެހުރީ ފެންނަން" ރައީސް ޔާމީން ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެ މަނިކުފާނު ދައްކަވާ މިފަދަ ބައެއް ވާހަކަފުޅުތައް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ތަރުޖަމާކޮށް ދެއްވާފައިވެ އެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނާއެކު 2015 ވަނަ އަހަރު ޖޫން މަހު ބޭއްވި ބައްދަލުވުމުގައި އެ އަހަރު 142 މީހަކު ހައްޖަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ވާހަކަ ފަހުން ތަރުޖަމާކޮށް ދެއްވި އެވެ. އަދި އަނަސްގެ މަރުގެ މައްސަލަ އާއި ރިލްވާނުގެ މަރުގެ މައްސަލައިގައި ވެސް ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ވެސް ފަހުން ތަރުޖަމާކުރެއްވެވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް