14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިހާބު 2018

އިންތިހާބަށްފަހު މަޖިލިސް ފެށޭއިރު ކޯލިޝަނަށް ބޮޑު މެޖޯރިޓީއެއް އޮންނާނެ: އިބޫ

  • ނޮވެމްބަރު 11ގައި ވެރިކަމާ ހަވާލުވާން ތިބޭކަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި
  • 20 ވަރަކަށް ގާނޫނަށް ބަދަލު ގެންނާނެ
  • ގާނޫނުއަސާސީއަށް ވެސް ބަދަލު ގެންނާނެ ކަމަށް ވިދާޅުވި
ޙުސައިން ޙަސަން | hucenhassan

| 20 އޯގަސްޓު 2018 | ހޯމަ 16:42 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  8. ރައީސް ޔާމީނާއި ވަޒީރުން ޖުމްޙޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިނުގަތުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ


އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މަޖިލީހުގައި -- ގޫގުލް

ރިޔާސީ އިންތިހާބަށްފަހު މަޖިލިސް ފެށޭއިރު، ގުޅިފައިވާ ޕާޓީތަކަށް މަޖިލީހުގައި ބޮޑު މެޖޯރިޓީއެއް އޮންނާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވާ އިބޫ ހޯމަ ދުވަހު ވިދާޅުވީ މިހާރު ވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނަށް ކަމަށާއި އިންތިހާބަށްފަހު މަޖިލިސް ހުޅުވުމާއެކު، ބޮޑު މެޖޯރިޓީއަކާއެކު ގާނޫނުތަކަށް ބަދަލުތަކެއް ގެންނާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އެގޮތުން ވެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކާ ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެންނާނެ ކަމަށް ޕާޓީތަކުން އެއްބަސްވެފައިވާނެ ކަމަށާއި ޕާޓީތަކުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން 20އަށް ވުރެ ގިނަ ގާނޫނުތަކަށް ބަދަލު ގެންނާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ އިންތިހާބަށްފަހު މަޖިލިސް ފެށޭއިރު، ބޮޑު އަގުލަބިއްޔަތެއް ކޯލިޝަންގައި އޮންނާނެ. އެހެންވީމަ އެ ހިސާބުން މަސައްކަތް ފެށޭނެ. ކޮންމެހެން ނޮވެމްބަރު 17ގައި، ނޫނިއްނާ ނޮވެމްބަރު 11ގައި ވެރިކަމާ ހަވާލުވާންދެން ތިބޭކަން ނުޖެހޭނެ،" އިބޫ ވިދާޅުވިއެވެ.

"ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ވާހަކަ އޮންނާނެ. ވެރިކަމުގެ ނިޒާމު ހަރަދުނާ ކުރުމަށްޓަކާ ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަޅުގަނޑުމެންގެ ލެޖިސްލޭޓިވް އެޖެންޑާގަ އޮންނާނެ. އޭގެ އިތުރުން، 20އަށް ވުރެ ގިނަ ގާނޫނު އިސްލާހު ކުރާނަން." މި ބައްދަލުވުމުގައި އިބޫ ވިދާޅުވިއެވެ. 

އިބޫ މީގެ ކުރިން ވިދާޅުވެފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއް ދަމަހައްޓާނެ ގޮތާއި ވެރިކަން ރޫޅިގެންދާނެ ގޮތް ގާނޫނެއްގައި ނުވަތަ ގާނޫނުއަސާސީގައި ބަޔާން ކުރުމަށް ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށެވެ. ގާނޫނުއަސާސީއަށް އެ ބަދަލު ގެނައުމުގެ ކުރިން ގާނޫނެއް ހަދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ޕާޓީތަކުގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިދާނެތީ، އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަނީ "ދެބަސްވުމަށް އެއްބަސްވެގެން" ކަމަށް ވިދާޅުވާ ވާހަކަފުޅު އިބޫ ވަނީ ހޯމަ ދުވަހު ވެސް ތަކުރާރު ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް