19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އާސެން ވެންގާ

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

  • ބާންލީ މެޗުގައި ވެންގާގެ އަމަލުތަކާ ގުޅިގެން އެފްއޭ އިން ވަނީ އޭނާ 25،000 ޕައުންޑުން ޖޫރިމައިނާކޮށްފަ
  • ވެންގާ ސަސްޕެންޑުކުރުމާއެކު އޭނާ އަށް ހަލް ސިޓީ، ޗެލްސީ، ސައުތްހެމްޓަން އަދި ވަޓްފޯޑާ ދެކޮޅަށް އާސެނަލް ނިކުންނަ މެޗުގައި ބެންޗުގައި ނުހުރެވޭނެ
ލީވާން އަލީ | MrLeevaan

| 28 ޖެނުއަރީ 2017 | ހޮނިހިރު 07:01 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


ވެންގާ އޭނާގެ ކަންބޮޑުވުން ރެފްރީއާ ހިއްސާކުރަނީ -- ގޯލް.ކޮމް

އާސެނަލްގެ ކޯޗު އާސެން ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް 25،000 ޕައުންޑުން ޖޫރިމަނާކޮށްފި އެވެ.

ވެންގާ ޖޫރިމައިނާކުރީ ބާންލީ އަތުން 1-2 ގެ ނަތީޖާއަކުން އާސެނަލް މޮޅުވި މެޗުގެ ފަހު ވަގުތުކޮޅުގައި ހަތަރު ވަނަ އޮފިޝަލް ޓައިލާ ކޮށްޕާލުމުންނެވެ. އަދި އޭނާގެ މައްޗަށް އެފްއޭއިން ތުހުމަތުކޮށްފައިވަނީ ހުތުރުބަހުން ހަތަރު ވަނަ އޮފިޝަލާ މުހާތަބުކުރުމެވެ.

އެ މެޗުގައި ރެފްރީގެ ނިންމުންތަކާ ވެންގާ ހިތްހަމަ ނުޖެހުނީ 93 ވަނަ މިނެޓުގައި ބާންލީ އަށް ރެފްރީ ޖޯން މޮސް ދިން ޕެނަލްޓީއާ ގުޅިގެންނެވެ. އެ މެޗުގައި ވެންގާގެ އަމަލުތަކާއެކު ފަހު މިނެޓުތައް އޭނާ ހޭދަކުރަން ޖެހިފައިވަނީ ޓަނެލް އޭރިޔާގައެވެ.

ބާންލީ އަށް ލިބުނު ޕެނަލްޓީ އެޓީމުގެ އެންޑްރޭ ގްރޭ ކާމިޔާބުކުރިއިރު، އޭގެ ސިކުންތުކޮޅެއްފަހުން އާސެނަލް އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އެލެކްސަސް ސަންޗޭޒް ވަނީ އެޓީމަށް ލީޑު ނަގައިދީ މެޗު ކާމިޔާބުކޮށްދީފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވެންގާ ބުނީ އޭނާގެ އަމަލުތައް ފަހުވަގުތު ހުރިގޮތާ މެދު ފަހުން ދެރަވި ކަމަށާއި، އެއްވެސް އެއްޗެކޭ ނުބުނެ ހަމަޖެހިގެން އެ ދަނޑިވަޅުގައި ގެއަށް ދާންޖެހޭ ކަމަށެވެ. އެގޮތުން އޭނާ ވަނީ އޭނާގެ އަމަލުތަކަށް މައާފަށްވެސް އެދިފައެވެ.

ވެންގާގެ މި ސަސްޕެންޝަނާއެކު އޭނާ އަށް ޗެލްސީއާ ދެކޮޅަށް އަންނަ މަހުގެ ހަތަރުވަނަ ދުވަހު އާސެނަލް ކުޅޭ މެޗުގައި ބެންޗުގައި ހުރުމުގެ ފުރުސަތުވެސް ގެއްލޭނެއެވެ. އެ މެޗުގެ އިތުރުން ވެންގާ އަށް އެފްއޭކަޕްގައި އަންނަ ހޮނިހިރު ދުވަހު ސައުތްހެމްޓަންއާ ދެކޮޅަށް ކުޅޭ މެޗު، ވަޓްފޯޑްއާ ދެކޮޅަށް ކުޅޭ މެޗު އަދި ޕްރިމިއާ ލީގުގައި ހަލް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ބެންޗުން ފުރުސަތު ގެއްލޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް