21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ބޮލީވުޑް

ދޯސްތާނާ 2 ގައި ޖާންވީ އާއި ސިދާތް!

  • "ދޯސްތާންގެ 2" ގެ ހަމައެކަނި ތަފާތަކީ ފިލްމްގެ ވާހަކަ އާއި ތަރިން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 20 އޯގަސްޓު 2018 | ހޯމަ 14:03 | |

މަގުބޫލް

  1. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


ޖާންވީ ކަޕޫރާއި ސިދާތް މަލޯތްރާ -- ގޫގުލް

ބޮލީވުޑްގެ މަޝްހޫރު ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރުގެ ފިލްމް "ދޯސްތާނާ 2" ގެ ތަރިންނަށް ޖާންވީ ކަޕޫރާއި ސިދާތް މަލޯތްރާ ހަމަޖައްސައިފިއެވެ.

ލީޑް ރޯލުން ޕްރިޔަންކާ ޗޯޕްރާ، އަބީޝެކް ބަޗަން އަދި ޖޯން އަބްރަހަމް ފެނިގެންދާ "ދޯސްތާނާ" ގެ ކާމިޔާބީއަށް ފަހު މި ފިލްމުގެ ދެވަނަ ބައެއް ހެދުމަށް އަބަދުވެސް ބޭނުންވާ ކަމަށް ކަރަން ވަނީ ބުނެފައެވެ.

ފިލްމްގެ ސްކްރިޕްޓް ލިޔެ ނިންމާފައިވާ މި ފިލްމްގެ ތަރިންނަށް ހަމަޖައްސާފައިވާ ޖާންވީ އާއި ސިދާތްގެ އިތުރުން އިތުރު ފިރިހެން  ކާސްޓެއް ހޯދަން ފަށާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މިފިލްމްގެ ޑައިރެކްޓަރ ތަރުން މަންސުޚާނީ  ފުރަތަމަ ޑައިރެކްޓް ކޮށްފައިވާ ފިލްމަކީ "ދޯސްތާނާ" އެވެ.

2008 ވަނަ އަހަރު ރިލީޒްކުރި ހެއްވާ މަޖާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމް "ދޯސްތާނާ" އަކީ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ހެދިގެންއުޅޭ ދެ ފިރިހެނުން އަންހެނާކާއި އެއް އެޕާޓްމަންޓެއްގައި އުޅޭ މަންޒަރު ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމްގެ މަންޒަރުތައް ނަގާފައިވަނީ މިއާމީ ގައެވެ.  

"ދޯސްތާނާ" އާއި "ދޯސްތާންގެ 2" ގެ ހަމައެކަނި ތަފާތަކީ ފިލްމްގެ ވާހަކަ އާއި ފިލްމުން ފެނިގެންދާ ތަރިން ކަމަށް ޚަބަރުތައް ބުނެއެވެ.

"ދޯސްތާނާ2" ވެގެންދާނީ ކަރަން ޖޯހަރުގެ "ދަރްމާ ޕްރޮޑަކްޝަން" ގައި ޖާންވީ މަސައްކަތް ކުރާ ދެވަނަ ފިލްމަށެވެ. ޖާންވީ ގެ ފުރަތަމަ ފިލްމް "ދަޅަކް" އަކީ ވެސް ދަރްމާ ޕްރޮޑަކްޝަންގެ އުފެއްދުމެކެވެ. ސިދާތް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2017 ވަނަ އަހަރު ރިލީޒް ކުރި ފިލްމް " އަ ޖެންޓްލްމެން" އަދި ހަމަ އެއަހަރު ރިލީޒް ކުރި ފިލްމް "އިއްތިފާގް" އިންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް