19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17

ހައްޖު 1439

ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

  • އުރަކޮޅަށް 670 ކިލޯގެ ސިލްކް، 120 ކިލޯގެ ރަންރިހީގެ ރޮދި ބޭނުންކުރޭ
  • އުރަކޮޅުގެ އަގަކީ ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރު
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 20 އޯގަސްޓު 2018 | ހޯމަ 11:58 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


ގެފުޅު އުރަކޮޅު ބަދަލު ކުރުމުގައި މީހުން މަސައްކަތް ކުރަނީ -- ފޮޓޯ: ފާތިމަތު ޝަނާ މުހައްމަދު

ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ބަދަލުކޮށް ނިންމާލައިފި އެވެ.

ގެފުޅުގެ އުރަކޮޅު، ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ފަތިސް ނަމާދަށް ފަހުއެވެ.

ކަޅުކުލައިގެ ސިލްކާއި ރަންރިހީގެ ރޮދިން ވިޔެފައިވާ ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ ކޮންމެ އަހަރެއްގެ ވެސް ހައްޖު ދުވަހު އެވެ.

ނަވާރަ ސަތޭކަ ހަތާވީސް ވަނަ އަހަރުން ފެށިގެން ގެފުޅުގެ އުރަކޮޅު ވިޔުމަށްޓަކައި މައްކާގައި ހާއްސަ ފެކްޓްރީގެއް ގާއިމުކޮށްފައިވާއިރު، އުރަކޮޅު ތައްޔާރުކުރުމަށް ގާތްގަނޑަކަށް 670 ކިލޯގެ ސިލްކާއި 120 ކިލޯގެ ރަންރިހި ބޭނުންކުރެ އެވެ. އުރަކޮޅު ފެހުމަށް ސިލްކް ސްވިޒަލޭންޑާއި އިޓަލީން ގެންނައިރު، ރަންރިހީގެ ރޮދި ގެންނަނީ ޖަނަރުމަނުންނެވެ.

މި އުރަކޮޅި ފެހުމަށް ކޮންމެ އަހަރަކު ހަ މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ހޭދަކުރެ އެވެ. އުރަކޮޅު ވިޔުމަށް ގާތްގަނޑަކަށް 200 ވަރަކަށް މުވައްޒަފުން އުޅެ އެވެ.

ކޮންމެ އަހަރަކުވެސް އުރަކޮޅު ހަދާ ނިމުމަށްފަހު، އަނެއް އަހަރުގެ އުރަކޮޅުގެ މަސައްކަތް މިކަމަށް ހާއްސަކުރެވިފައިވާ ފެކްޓްރީން ފަށަ އެވެ.

ގެފުޅު އެންމެ ފުރަތަމަ ބިނާ ކޮށްފައިވަނީ އިބްރާހީމްގެ ފާނެވެ. އެއަށް ފަހު އެކި ޒަމާތްކުގައި ގެފުޅަށް ބަދަލުތައް ގެނެސްފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް