19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

ރިޔާސީ އިންތިހާބު 2018

އުފަން ރަށުގެ ހޫނު މަރުޙަބާއިން ފައިސަލް އުފަލުން ރޮވިއްޖެ

  • ފުވައްމުލަކުގެ އަށް އަވަށުގެ ރައްޔިތުން ވަނީ މަރުޙަބާ ދެންނެވުމުގައި ބައިވެރިވަޑައިގެންފައި
  • ހަރުގޭގައި ފައިސަލް ވަނީ އާންމު ރައްޔިތުންނާއި ބައްދަލުކުރައްވާފަ
މުހަންމަދު ވިސާމް | sampathmasiw

| 20 އޯގަސްޓު 2018 | ހޯމަ 11:50 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ


ފުވައްމުލަކު ރައްޔިތުން ހޫނު މަރުހަބާއެއް ދެންނެވުމުން ފައިސަލް އުފަލުން ފެންކަޅިވި -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓް ފައިސަލް ނަސީމްގެ އުފަން ރަށުން ކީ ހޫނު މަރުހަބާއިން އެ މަނިކުފާނު ރޮވިއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް ތާއިދު ހޯއްދެވުމަށް ފުވައްމުލަކުގައި ހޭދަކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެ، ފައިސަލް އުފަން އަރަށް ހޯމަ ދުވަހު ވަޑައިގެންނެވިއިރު، އެ މަނިކުފާނަށް މަރުޚަބާ ކިޔުމަށްޓަކައި އެ ސިޓީގެ އަށް އަވަށުން ކުދިބޮޑު ގިނަ ބަޔަކު ނުކުމެތި ތިއްބެވެ.

ފުވައްމުލަކު އެއާޕޯޓުން ފައިސަލަށް ކީ ހޫނު މަރުޚަބާއެކެވެ. މަލުގެ ހާރުތައް ހިފައިގެން ތިބި މީހުންނާއި ގުލްދަސްތާތައް ހިފައިގެން ތިބި މީހުން ފައިސަލަށް މަރުޚަބާ ކިޔަމުންދިޔައިރު، މުޅި ސަރަހައްދު އޮތީ ތަރުޚީބުގެ އަޑުން ގުގުމައިފަ އެވެ.

އެއާޕޯޓުން ފައިސަލްއަށް ދަންނަވާފައި ރަތްދޫލައިގެ ހޫނު މަރުޙަބާއެއް

ރަނިން މޭޓަކަށް ހަމަޖެއްސެވުމަށް ފަހު މިއީ ފައިސަލް ފުވައްމަލަކަށް ވަޑައިގެންނެވި ދެ ވަނަ ފަހަރެވެ. ފުރަތަމަ ވަޑައިގަތީ، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އައްޑު އާއި ފުވައްމަލަކަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

އުމުރުފުޅުން 45 އަހަރުގެ ފައިސަލް އާއިލާގެ ބޭފުޅުންނާއެކު ހޯމަ ދުވަހު ފުވައްމަލަކަށް ވަޑައިގަތުމުން މަރުޚަބާ ކިޔަން ފުވައްމަލު އެއާޕޯޓަށް ގޮސްތިބި ކުޑަކުދިންނާއި ޒުވާނުންނާއި ދެ ޖިންސްގެ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާ ސަލާންކުރުމަށް ގާތްގަނޑަކަށް 45 މިނެޓް ހޭދަވި އެވެ.

ގުޅިފައިވާ ޕާޓީތަކަށް ސަޕޯޓްކުރާ ގާތްގަނޑަކަށް 300 އަށް ވުރެ ގިނަ މީހުންނާއެކު ފައިސަލް ވަޑައިގަތީ އެއާޕޯޓުން ހިންގަވާއިފައި ދޫނޑިގަން އަވަށުގެ އެމްޑީޕީ ހަރުގެއަށެވެ. ރަށުގެ ރައްޔިތުންގެ މޫނު މަތިން ފެންނަމުން ދިޔައީ ހިނިތުންވުމެވެ. ފާޅުކުރަމުން ދިޔައީ އުފާވެރިކަމުގެ ޝުއޫރުތަކެވެ. ވާނީ ވެސް އެހެންނެވެ. ސެޕްޓެމްބަރު 23 އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ، ނައިބު ރައީސްކަށް ލިބިވަޑައިގެންނެވި ފުވައްމުލަކަށް ނިސްބަތްވާ ދެ ވަނަ ބޭފުޅަކަށް ފައިސަލް ވެގެންދާނެ އެވެ. ފުވައްމަލަކަށް ނިސްބަތްވާ އެންމެ ފުރަތަމަ ނައިބު ރައީސް އަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

މަރުޚަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވި ބައެއް ރައްޔިތުންނާއި އެކު ފައިސަލް 

 ރައީސް އަބްދުﷲ ޔާމީނަށް ފުވައްމަލަކުގައި އޮތް ތާއިދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނާއިރު، ފައިސަލަށް ކީ މަރުޚަބާއަކީ ފަހުގެ ތާރީޚުގައި ފުވައްމުލަކުން ސިޔާސީ ބޭފުޅަކަށް ކިޔާފައި ނެތްވަރުގެ ހޫނު މަރުޚަބާއެކެވެ. އެއާޕޯޓުން ފެށިގެން ޖަގަހަށް ހިންގަވާފައި ވަޑައިގެންނެވިއިރު ވެސް ތަރުޚީބުގެ އަޑު ކެނޑިގެންނުދެ އެވެ. މުޅި ހަރުގެ އޮތީ ފުރި ބާރުވެފަ އެވެ.

މި މަންޒަރުން ފައިސަލަށް އަސަރު ކުރުވި އެވެ. ސަޕޯޓަރުންނާ ވާހަކަފުޅު ދެއްކެވުމަށް މައިކްގައި ހިއްޕެވުމާއެކު ލޮލުން ކަރުނަ ފާއްދާލި އެވެ. އުފަލުން ރޮވުނީ އެވެ. ފައިސަލް އަރިހުގައި ތިއްބެވި އާއިލާގެ ބައެއް ބޭފުޅުންނާއެކު، އެއްވެ ތިބި ބައެއް މީހުން ފައިސަލަށް ހިތްވަރު ދެމުން ގެންދިޔަ އެވެ. މިއީ ވަރަށް ތަފާތު މަންޒަރެކެވެ. ތަފާތު އިހްސާސްތަކެކެވެ.

ފުވައްމުލަކު ރައްޔިތުން ބުނަނީ މިފަހަރު ރައީސް ޔާމީން ބޮޑުތަކުން ބަލިކުރާނެ ކަމަށެވެ. ދެން ރާއްޖޭގެ ވެރިކަމުގައި ތިއްބަވާނީ އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމް ކަމަށެވެ. ސޯލިހަކީ ހަގީގަތުގައި ވެސް ސޯލިހް ބޭފުޅެއް ކަމަށާއި ރައްޔިތުންގެ ފައިސާއެއްގައި ދުވަހަކު ވެސް އެ މަނިކުފާނުގެ ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް