20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

އިމްރާން ޚާން

ކޮރަޕްޝަން ނައްތާލައި ސަރުކާރުގެ ޚަރަދު ކުޑަކުރާނަން: އިމްރާން ޚާން

 • ރަސްމީ ބޭނުމަށް ބާއްވަވާނީ ދެ އުޅަނދު
 • ބޮޑުވަޒީރުގެ އޮފީހުން 80 އަށް ވުރެ ގިނަ ވެހިކަލް ބެލެހެއްޓި
 • ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މަސައްކަތްކުރާ މުވައްޒަފުން މަދުކުރާނެ
އަބުދުﷲ މުހައްމަދު | 8Abbo

| 20 އޯގަސްޓު 2018 | ހޯމަ 11:19 | |

މަގުބޫލް

 1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
 2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
 3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
 4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
 5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
 6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
 7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
 8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން 20 އޯގަސްޓް 2018 ވަނަ ދުވަހު ޓީވީ މެދުވެރިކޮށް ގައުމާއި މުޚާތަބުކުރައްވަނީ -- ޕްރެސް ޓީވީ

ސަރުކާރުގެ ޚަރަދުތައް ބޮޑުތަނުން ކުޑަކުރައްވައި ކޮރަޕްޝަން ނައްތާލައްވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވައުދުވެ ވަޑައިގެންފިއެވެ. އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވިތާ އެއްދުވަސް ފަހުން ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބުކުރައްވައި އެ މަނިކުފާނު ދެއްވި ފުރަތަމަ ތަގުރީރުގައެވެ.

އިމްރާން ޚާން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ ޖުލައި މަހު 25 ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބު އެމަނިކުފާނުގެ ތަހްރީކޭ އިންސާފު ޕާޓީ ކާމިޔާބު ކުރުމުންނެވެ.

އިމްރާން ޚާން އަށް ގައުމު ހިންގެވުމުގައި ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައުމު ވެއްޓިފައިވާ އިގްތިސާދީ ފުން ވަޅުގަނޑުން ސަލާމަތްކުރެއްވުމެވެ.

ވެރިރަށް އިސްލާމް އާބާދުގައި ހުންނަވައި ފުޅާ ދާއިރާއެއްގައި އެކި ކަންކަމަށް އަލިއަޅުވާލައްވައި ދެއްވި ތަގުރީރުގައި އިމްރާން ޚާންވަނީ ސަރުކާރުގެ ޚަރަދު ކުޑަ ކުރައްވައި ދަރަނި ކުުޑަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދަށްވަމުންދާ ބޭރު ފައިސާގެ ރިޒަރވް ހަމަ މަގަށް އެޅުވުމަށް އެހީވުމަށް ގައުމުން ބޭރުގައި އިންވެސްޓްކޮށްގެންް ތިބި އެގައުމުގެ އެތައް މިލިއަން ރައްޔިތުންނަށް އިމްރާން ޚާންވަނީ ގޮވާލައްވާފައެވެ.

"ޕާކިސްތާނުގެ ތާރީޚުގައިވެސް އަޅުގަނޑުމެން މިއަދު މި ތިބި ވަރުގެ އިގްތިސާދީ ވަޅުގަނޑެއްގެ ތެރޭގައި ނުތިބެން" "އިސްލާމިކް ވެލްވެފެއަރ ސްޓޭޓެއްގެ ގޮތުގައި ގައުމު ހިންގަވާނެކަމަށް ވައުދުވެ ވަޑައިގަންނަވަމުން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ އެއްވެސް ފައިސާއެއް ނެތި ދަރަނިވެރިވަފައިވާ ގައުމެއްގައި، އަޅުގަނޑުމެންގެ ދަރިންނަށް، އަޅުގަނޑުމެންގެ ތެރޭވާ ފަގީރުންނަށް، ދަނޑުވެރިންނަށް ޚަރަދުކުރާނެ ފައިސާއެއް ނެތި، އަޅުގަނޑުމެންގެ ރައްޔިތުނަށް ސާފު ބޯފެން ދެވޭކަށް އަޅުގަނޑުމެންނަކަށް ނެތް،" އިމްރާން ވިދާޅުވިއެވެ.

ކްރިކެޓް ކުޅުުއްވުމަށް ފަހު ސިޔާސީ ދާއިރާއަށް ވެންނެވި އިމްރާންވަނީ ބޮޑުވަޒީރުގެ އޮފީހުން މެއިންޓަނަސް ކަންކަން ކުރާ 80 އަށްވުރެ ގިނަ އެއްގަމު އުޅަނދުގެ ފްލީޓް ނީލަން ކިއުއްވައި ރަސްމީ ބޭނުމަށް ބާއްވަވާނީ ދެ އުޅަނދުކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން އިމްރާންވަނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މަަސައްކަތްކުރާ 524 މުވައްޒަފުންގެ ތެރެެއިން ގިނަ ސްޓާފުން ވަކިކޮށް ސާދާކޮށް އުޅެވޭކަމުގެ މިސާލު ހުރިހާ ސަރުކާރެއްގެ ވެރިންނަށާއި މުވައްޒަފުންނަށް ދައްކަވާނެކަމަށެވެ.

ގަޑިއިރަކަށް ދެމިގެންދިޔަ އެ ތަގުރީރުގައި އިމްރާން ޚާންވަނީ އަވަށްޓެރި ގައުމުތަކާއިއެކު ސުލްހަ ދެމެހެއްޓުމާއި، މޫސުމީ ގޮންޖެހުންތަކާއި، އަދި ސިިވިލް ސަރވިސް އިސްލާހު ކުރަން ބޭނުންވެފައި މިންވަރުގެ ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން ގައުމުގެ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއަށް ގެންނަވާނެ ބަދަލުތަކުގެ ވާހަކަވެސްވަނީ ދައްކަވާފައެވެ.

އިމްރާންވަނީ ސްކެނޑިނޭވިއަން ގައުމުތަކުގައި އޮންނަފަދަ ޕްރޮގްރެސިވް ޓެކްސްގެ ނިޒާމަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަކަށް ތާއީދުކުރައްވާ ވާހަކަ ދައްކަވައި ޕާކިސްތާނުން އެގައުމުތައް މިސާލަކަށް ނަގަންޖެހޭކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް