21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

އަހަރުގެ ޝަހްސިއްޔަތު

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

  • ރައީސް މުހައްމަދު ނަޝީދަށް، ބެލުންތެރިންގެ ވޯޓުގެ 79.6 އިންސައްތަ ލިބުނު
  • ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ އެންމެ 0.7 އިންސައްތަ ވޯޓު
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 28 ޖެނުއަރީ 2017 | ހޮނިހިރު 04:16 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  3. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  6. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  7. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު
  8. އެލް ޗަޕޯ ގޭންގުގެ ކުރީގެ މެމްބަރެއް މަރުވުން


ރާއްޖެޓީވީގެ އަހަރުގެ ޝަހުސިއްޔަތުކަމަށް ހޮވިވަޑައިގެންވި ކުރީގެ ރައީސް މުހައްމަދު ނަޝީދު -- އޭއެފްޕީ

ރާއްޖެޓީވީގެ 2016 ވަނަ އަހަރުގެ ޝަހުސިއްޔަތަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ހޮވިއްޖެ އެވެ.  2016 ވަނަ އަހަރުގެ ޝަހުސިއްޔަތު ހޮވުމަށް ރާއްޖެޓީވީން ހަތަރު ނަމެއް ބެލުންތެރިންނަށް ދޫކޮށްލައި، އެސްއެމްއެސް އަދި ޓުވިޓާރ، ފޭސްބުކް މެދުވެރިކޮށް ވޯޓްލުމުގެ ފުރުސަތު ހުޅުވާލި އެވެ.

އެގޮތުން ރާއްޖެޓީވީގެ 2016 ވަނަ އަހަރުގެ ޝަހުސިއްޔަތު ކަމަށް ވާދަކުރެއްވި ހަތަރު ބޭފުޅުންނަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނަތް ފަޅާއަރުވާލި ޤާސިމް އަބްދުއް ކަރީމާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އެވެ.

އެ ހަތަރު ބޭފުޅުންގެ ނަމަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލުމުން، ބެލުންތެރިން އަހަރު ޝަހުސިއްޔަތަކަށް ހޮވާފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދަށް، ބެލުންތެރިންގެ ވޯޓުގެ 79.6 އިންސައްތަ ލިބުނުއިރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ އެންމެ 0.7 އިންސައްތަ ވޯޓު އެވެ. އެ ދެ ބޭފުޅުންގެ އިތުރުން ވާދަކުރެއްވި ޤާސިމް އަބްދުލް ކަރީމަށް 10.9 އިންސައްތަ ބެލުންތެރިން އަހަރުގެ ޝަހުސިއްޔަތު ކަމަށް ވޯޓުދެއްވިއިރު، އަހުމަދު މަހުލޫފަށް ބެލުންތެރިންދެއްވާފައި ވަނީ 8.8 އިންސަތަ ވޯޓެވެ.

ރާއްޖެޓީވީގެ އަހަރުގެ ޝަހުސިއްޔަތު ކަމަށް ހޮވުނު ރައީސް މުހައްމަދު ނަޝީދަށް ސްޓޭޝަނާއި، ބެލުންތެރިންގެ ނަމުގައި ހާއްސަ މަރުހަބާއެއް ދަންނަވަމެވެ. ރައީސް މުހައްމަދު ނަޝީދު ވަނީ ނިމުނު 2016 ވަނަ އަހަރުގައި ރާއްޖެގެ ސިޔާސީ މަޝްރަހުގައި މުހިންމު ރޯލެއް ކުޅުއްވާފަ އެވެ. އެގޮތުން ރައްޔިތުންނަށް ރައްޔިތުންގެ ހައްޤުތައް ހޯދައިދީ، ރައްޔިތުން ބާރުވެރިކުރުމަށް ރާއްޖެއިން ބޭރުގައި ހުންނަވާ ރައީސް ނަޝީދު ހާއްސަ މަސައްކަތްތަކެއް ކުރައްވާފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް