16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޕޯޓް

އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ

  • ނެއްލައިދޫ އިންޖީނުގޭގައި އަދާކުރަމުންދިޔަ ވަޒީފާ ގއ ދާންދޫއަށް ބަދަލު ކުރި
  • ކުރިން ދީފައި އޮތް ޗުއްޓީ ވަގުތުން ކެންސަލްކުރި
  • ހުރިހާކަމެއް ކުރީ މީހަކު ފޮނުވާފައި އިން ފޮޓޯއަކަށް
އަހުމަދު މުހުސިނު | dhonbandaara

| 20 އޯގަސްޓު 2018 | ހޯމަ 08:03 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


މިމަހުގެ 12 ވަނަ ދުވަހު އިބޫއަށް ނެއްލައިދޫއިން ކުރުނބާ އުފުލި ޕިކަޕް -- އާކައިވް

އެއީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހެވެ. ހދ.ނެއްލައިދޫ ހެޕީސަން އަހުމަދު ފާއިޒް ޑިއުޓީ ނިންމާލުމަށްފަހު އޭނާ ގެންގުޅޭ ޕިކަޕްގައި ނުކުތީ ދަތުރެއް ލިބޭތޯއެވެ. ރަށު އިންޖީނުގެ ސްޕަވައިޒަރެއްގެ ވަޒީފާއިން ލިބޭ އެއްޗަކުން ނުފުދޭތީ އާދައިގެ މަތިން އިތުރު ވަގުތުގައި ޕިކަޕް ދުއްވުމަށެވެ.

ލިބުނު އެއް ދަތުރަކީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް އެރަށަށް ވަޑައިގަންނަވާތީ އެޓީމަށް އަރުވާ ކުރުނބާތައް ބަނދަރަށް އުފުލައިދިނުމެވެ. އެދަތުރު ކޮށްފައި ބަނދަރުގައި މަޑުކޮށްލައިގެން ހުއްޓާ އިބޫ ވަޑައިގެންފި އެވެ. ސަރަހައްދުގައި ތިބި މީހުންނެކޭ އެއްފަދައިން އިބޫއާ ސަލާމް ކުރިއެވެ.

ކުއްލިއަކަށް އެދުވަހު ލިބުނީ ފެނައިކައިގެ ބޭފުޅެއްގެ ފޯނު ކޯލެކެވެ. ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކުރުމަށެވެ. އަދި ޖެހިގެން އަންނަ ދުވަހު ރަސްމީ ލިޔުމެއް ލިބޭނެ ކަމަށްވެސް ފޯނުކުރި މީހާ ބުންޏެވެ.

ވީ ކިހިނެއްތޯ ފާއިޒް އެހިއެވެ. ޖަވާބު ވަރަށް ކުރެވެ. އިދިކޮޅު ކެންޑިޑޭޓަށް ކުރުނބާ ދިއްކުރާ ފޮޓޯއެއް ލިބިފައިވާތީއެވެ. ޖަވާބުގައި ފޯނުކުރި މީހާ ބުންޏެވެ. ފޯނުކުރީ ކާކުތޯ އެހުމުންވެސް އިތުރު ޖަވާބެއް ނުދީ އޭނާ ބޭއްވީ ފޯނެވެ.

ޖެހިގެން އައި ދުވަހެވެ. އޮފީސް ހަމަ ހުޅުވުމާއެކު ލިބުނީ ސިޓީއެކެވެ. ނެއްލައިދޫއާ އެތައް މޭލެއްގެ ދުރުގައި މާލެއިން ދެކުނުގައި އޮންނަ ގއ ދާންދޫ އިންޖީނުގެއަށް ވަޒީފާ ބަދަލު ކުރިކަމުގެ ލިޔުމެވެ.

ފާއިޒް ދެލޯ ބޮޑުވިއެވެ. ކުޑަކުޑަ ދަރިފުޅަކާއި އަނބިމީހާއާއި އާއިލާ ގާތު ރަށުގައި ހުރެގެން 7 އަހަރު ދުވަހަށްވުރެ ގިނަ ދުވަހު އަދާކުރަމުންދިޔަ ވަޒީފާ މުޅިން އެހެންތާކަށް ބަދަލު ކުރީތީއެވެ. އިސާހިތަކު އާއިލާއާ ވަކިވާން ޖެހުނީތީ ކަންބޮޑުވިއެވެ.

ސިޓީ ނުނިމެނީސް އަނެއްކާވެސް އައީ އެއަތޮޅުގައި ހުންނަ ފެނަކައިގެ މައި އޮފީހުގެ ކޯލެކެވެ. އާއިލީ ޒިންމާގެ ލީވްގައި ހުރިނަމަވެސް އަވަހަށް އޮފީހަށް ނުކުތުމަށެވެ. ޗިޓްގައި ވާގޮތަށް މިމަހު 16 ގައި ދާންދޫއަށް ދިއުމަށެވެ. ފާއިޒަށް ލިބުނީ އަނެއްކާވެސް ހައިރާން ކަމެކެވެ. އޯކޭވެފައި އޮތް ޗުއްޓީއެއް ކެންސަލްވީތީއެވެ. ވީ ކިހިނެއްތޯ ބަލަން ފާއިޒް އޮފީހަށް ސިޓީއެއް ލިޔެވެ. ދެން އެއައީ ރަސްމީ ޖަވާބެވެ. ފާއިޒަށް ދީފައިވާ އާއިލީ ޒިންމާގެ ލީވް ކެންސަލް ކުރި ވާހަކައެވެ.

ފާއިޒް ހިތަށް އެރިއެވެ. ކުރިން  އިވެނީ މީހުން ބުނާތީ ބުނާ އަޑެވެ. ވަޒީފާގެ ބިރު ދައްކާ ވާހަކައެވެ. ވަޒީފާތަކުން މީހުން ބަދަލު ކުރާ ވާހަކައާއި ވަކިކުރާ ވާހަކައެވެ. އެކަމަކު މިފެނުނީ ތޯތޯ ވާހަކައެއް ނޫނެވެ. ސީދާ ތަޖުރިބާ ކުރަން ޖެހުނީއެވެ. ނުފޫޒު ނުފޯރުވާކަމަށާއި ވަޒީފާގެ ބިރު ނުދައްކާކަމަށް ރައީސް ޔާމީން ކިތައްމެ ވަރަކަށް ވިދާޅުވި ނަމަވެސް އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަނިޔާ މިލިބުނީ ސިޔާސީ ހަރަކާތެއްގައި އަމުދުން ބައިވެރިވެގެނެއްވެސް ނޫނެވެ. އަގަށް  ޕިކަޕް ދަތުރެއް ކޮށްގެންނެވެ. މީހަކު ފޮނުވާލި ފޮޓޯއަކަށް ބަލައިގެންނެވެ. އެޑިޓްކޮށްގެން މީހަކު ފޮޓޯއެއް ފޮނުވިއަސް މިހާލު ޖެހިދާނެ ކަމީ މިއަދު ހަޤީގަތެއްކަމަށް ފާއިޒަށް ޤަބޫލް ކުރެވުނެވެ.

އެހާހިސާބުން ފާއިޒްވެސް ނިންމީ ފަސްނުޖެހި ސީދާ ހަރަކާތަށް ނިކުތުމަށެވެ. އަނިޔާވެރިކަމާ ދެކޮޅަށް ރަނގަޅަށް ސާބިތު ވުމަށެވެ. އޭނާ ނިންމީ ވަޒީފާ ގެއްލުނަސް ދާންދޫއަށް ނުދިއުމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ހިންގާ ހުރިހާ ހަރަކާތްތަކެއްގައިވެސް ބައިވެރިވުމަށެވެ. އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރުމަށް ކުރެވެންހުރިކަމެއް ކުރުމަށެވެ. އިދިކޮޅު ކެންޑިޑޭޓް އިބޫއަށް ވީހާވެސް ގިނަ ވޯޓެއް ނެއްލައިދޫންވެސް ހޯދުމަށް މަސައްކަތް ކުރުމެވެ. ހަމަގައިމުވެސް 2013 ވަނަ އަހަރު ރައީސް ޔާމީނަށް ވޯޓުދިން އަދި މިއަހަރުވެސް އެމަނިކުފާނަށް ވޯޓު ދިނުމަށް އެއާއިލާއިން ނިންމާފައިވާ އެންމެ މީހެއްގެ ވޯޓެއްވެސް ދެނެއް ނުދޭނެއެވެ. ރައީސް ޔާމީނަށް ސަލާމުން ސަލާމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Ma

3 މަސް ކުރިން

Mi share kollan ves nuvaane Vazeefaa in vaki kohfaane ?

25
2
ރާފަޅާ

3 މަސް ކުރިން

އަނިޔާވެރި ވެރިޔާ ހަލާކުކުރައްވާށި

18
2