20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

އެމްއެސް181 ވައިފޭރިގަތުން

އެމްއެސް 181 ވައިފޭރިގަތުން: ތުހުމަތުކުރެވޭ މީހާ މިސްރާއި ހަވާލުކޮށްފި

  • އެމްއެސް181 ސައިޕްރަސްއަށް ޑައިވަރޓްކުރީ 56 ފަސިންޖަރުންނާއި 6 ކްރޫއިންނާއިއެކު
  • އެ މައްސަލައަކީ ޓެރެރިޒމްގެ އަމަލެއްކަމަށް ބަލާފައެއްނުވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 20 އޯގަސްޓު 2018 | ހޯމަ 07:04 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


އެކްސްޓްރެޑިޝަންގެ ދަށުން މިސްރާއި ހަވާލުނުވުމަށް މުސްތަފާވަނީ ދެ އަހަރު ވަންދެން މަސައްކަތްކޮށްފައި -- އީޕީއޭ

މަތިންދާ ބޯޓެއް ހައިޖެކްކޮށް ސައިޕްރަސްއަށް ބޯޓް ޑައިވަރޓްކުރި މިސްރު މީހާ ދެ އަހަރަށްފަހު މިސްރަށް ޑީޕޯޓްކޮށްލައިފިއެވެ.

އޭނާ ޑީޕޯޓްކުރުން ލަސްވެފައިވަނީ ކުށްވެރިން ބަދަލުކުރުމުގެ މައްސަލަ ދެ އަހަރަށް ދެމިގެން ގޮސްފައިވާތީއެވެ.

ސައިފުއްދީން މުސްތަފާގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ގައިގައި ބޮން ހަރުކޮށްގެން ހަމަލާދޭ މީހުން ގެންގުޅޭ ބެލްޓާ އެއްގޮތަށް ހަދާފައިވާ ބެލްޓެއް އަޅައިގެން ހުރެ މިސްރުގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރި އިޖިޕްޓްއެއަރގެ ފްލައިޓެެއް 2016 ވަނައަހަރު ބިރުދައްކައިގެން ސައިޕްރަސްގެ ލާނަކާއަށް ދިއުމަށް މަޖުބޫރު ކުރުވުމާއި ގުޅިގެންނެވެ.

އޭނާ ބުނެފައިވަނީ އޭނާ އެކަން ކުރުމުގެ މަގުސަދަކީ އެ ގައުމުން ހިމާޔަތް ހޯދުމާއި މިސްރުގެ ސަރުކާރުން ދައްކާކަމަށް އޭނާ ބުނާ ގޮށްމުށުގެ ބާރު ސަމާލުކަމަށް ގެނެސްދިނުމެވެ.

މިސްރުގައި އޭނާއަށް އިންސާފުވެރި ޝަރީއަތެއް ނުލިބޭނެކަމަށް ބުނެ އޭނާވަނީ އެކްސްޓްރެޑިޝަންގެ ދަށުން މިސްރާއި ހަވާލުކުރުމަށް ދެކޮޅުހަދާފައެވެ.

ބޯޓް ހައިޖެކް ކުރުމުގެ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.

ސައިޕްރަސްގެ އިދާރާތަކުން އޭރު ބުނެފައިވާ ގޮތުގައި އެ ހާދިސާއަކީ ޓެރެރިޒަމްގެ އަމަލަކާއި ގުޅުންހުރި ހާދިސާއެއް ނޫނެވެ.

ބެެލެވިފައިވާ ގޮތުގައި އެކަމަކީ މިހާރު އުމުރުން 61 އަހަރުގެ މުސްތަފާއާއި ސައިޕްރަސްގައި އުޅޭ އޭނާގެ ކުރީގެ އަންހެނުންނާއި ދެމެދު އޮތް މައްސަލައެއްގައި ހިނގާ ގޮސްފައިވާކަމެކެވެ.

މިސްރުގެ އިދާރާތަކުންވަނީ އެގައުމާއި ސައިޕްރަސްއާއި ދެމެދު 1996 ވަނަ އަހަރު ވެފައިވާ އެކްސްޓްރެޑިޝަން އެއްބަސްވުމުގެ ދަށުން މުސްތަފާ އެ ގައުމާއި ހަވާލުކޮށްދިނުމަށް އެދިފައެވެ.

އެކްސްޓްރެޑިޝަންގެ ދަށުން މުސްތަފާ މިސްރާއި ހަވާލުކުުރުމަށް ސައިޕްރަސްއިން ނިންމި ނިންމުން އިސްތިއުނާފް ކުުރުމަށް މިސްރުގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް މިދިޔަ އަހަރުވަނީ ނިންމާފައެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި ހޮނިހިރު ދުވަހުގެ ދަންވަރު މުސްތަފާ މިސްރުގެ ގާހިރާގެ އެއަރޕޯޓަށް ގެންދެވިފައިވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކުއެވެ.

އިޖިޕްޓްއެެއަރގެ ފްލައިޓް އެމްއެސް181 ވައިފޭރިގަނެ އޭގެ މަންޒިލް ބަދަލުކޮށްފައިވަނީ 56 ފަސިންޖަރުންނާއި ހަ ކުރޫ މެމްބަރުންނާއިއެކު މިސްރުގެ އިސްކަންދަރިއްޔާއިން ފުރައިގެން ގާހިރާއަށް ދަތުުރުކުރަމުންދަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް