20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

އަޅުގަނޑުމެންގެ ސަރުކާރުގައި އައްޑޫގައި ޓޫރިޒަމް ފުޅާވެގެންދާނެ: އިބޫ

  • ހޮސްޕިޓަލް އެޅުމަށް ހޯދި ފައިސާއަށް ވީ ގޮތެއް ނޭނގޭ
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 20 އޯގަސްޓު 2018 | ހޯމަ 01:19 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


މިރޭ މާލޭގައި އައްޑޫގެ ރައްޔިތުންނަށް ހާއްސަ ޖަގަހަ ހުޅުވާ ދެއްވުމަށްފަހު އިބޫ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

އެމަނިކުފާނުގެ ސަރުކާރުގައި މުޅި ރާއްޖެއަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ކުރާއިރު އައްޑޫގައި ވެސް ޓޫރިޒަމް ފުޅާވެގެންދާނެ ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ މާލޭގައި އައްޑޫގެ ރައްޔިތުނަށް ހާއްސަކޮށް ހަދާފައިވާ ޖަގަހަ ހުޅުވާދެއްވުމަށް ފަހު އިބޫ ވިދާޅުވީ ފަސް ހާސް އެނދުގެ ރިސޯޓެއް އައްޑޫގައި ތަރައްގީ ކުރުމަކީ މި ސަރުކާރުން ވީ ވައުދެއް ކަމަށާއި މިއަދާ ހަމައަށް އައިރު ވެސް އެ ވައުދު ނުފުއްދުނު ކަމަށެވެ.

"ރާއްޖޭގެ އެތެރޭގެ ދަތު ރުފަތުރު އަގު ހެޔޮކޮށް ދިވެހިންނާ އަދި ފަތުރުވެރިން ދަތުރުކުރުމަށް ލިބިދޭ ފުރުސަތުގައި އައްޑޫގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާވެގެން ދާނެ ކަމީ ހަމަ ޔަގީނުންވެސް ފެންނަން އޮތް ހަގީގަތެއް. މިއީ އަޅުގަނޑުމެން ކޮށްދޭނެ އެއް ކަންތައް." އިބޫ ވިދާޅުވި އެވެ.

މާލޭގެ އާބާދީގެ 8 ޕަސެންޓަކީ އައްޑޫ މީހުންކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ މާލޭއަށް ގިނަ ރައްޔިތުންތަކެއް ބަދަލުވާން ޖެހުނީ އައްޑޫއާމެދު އަޅާ ނުލާ އޮތުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުގައި އައްޑޫގެ ތަރައްގީއަށް މަސައްކަތްތަކެއް ފެށި ބައެއް މަސައްކަތްތައް ނިމުނުކަން އިބޫ ފާހަގަ ކުރެއްވި އެވެ.  

އައްޑޫ އަކީ ލާމަރުކަޒީ އުސޫލުން ހިންގަން އެންމެ ބޮޑަށް "ފައްކާވެފައިވާ" އެއް ސިޓީކަމަށާއި އެހެން ކަމުން އެމަނިކުފާނުގެ ވެރިކަމުގައި އަނެއްކާ ވެސް އެންމެ އިސްކަމެއް ދީގެން ލާމަރުކަޒީ އުސޫލުން ތަރައްގީކުރާނެ އެއް ސިޓީއަކީ އައްޑޫ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ލާމަރުކަޒީ އުސޫލުން ގައުމު ހިންގަން މަސައްކަތްކުރާއިރު ސިޓީ ކައުންސިލްތަކަށް ދޭނެ ޖެހޭ ބާރުވެރިކަން ލިބިދީ، މާލީ ގޮތުން ތަނަވަސްކޮށް މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ވެގެންދާނެ. އަދި ސިޓީން ލިބޭ އާމްދަނީން ވަކި ޕަސެންޓެއް ސިޓީ ކައުންސިލާ ހަވާލުކުރެވި ތަރައްގީގެ މަޝްރޫއުތައް އަޅުގަނޑުމެން ހިންގާނީ ރައްޔިތުންގެ މަޝްވަރާއާ އެއްކޮށް." އިބޫ ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި އައްޑޫގައި ހޮސްޕިޓަލެއް އެޅުމަށް ނިންމައި އެކަމަށް ބޭނުންވާ ފައިސާ ވެސް ހަމަ ޖެހިފައިވަނިކޮށް ސަރުކާރު ބަދަލުވުމަށްފަހު މިހާރުގެ ސަރުކާރުން އެ ފައިސާއަށް ހެދީ ކިހިނެތް ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އިބޫ ވިދާޅުވި އެވެ.

އައްޑޫ އަށް ކޮށްދޭނެ ބައިވަރު ކަންތައް ލިސްޓްކުރެވިފައި އެބަހުރި ކަމަށާއި އެކަންކަން އައްޑޫގައި ބާއްވާ ކެމްޕެއިން ބޮޑު ޖަލްސާގައި ހާމަ ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް