18 ޑިސެންބަރު 2018 | އަންގާރަ | 09 މުލަ
11 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:01
އަސްރު 15:27
މެންދުރު 12:06
އިރުއަރާ 06:04
ފަތިސް 04:47

އުރީދޫ

ހެކަތަންއަށް ރަޖިސްޓަރީވުމަށް އުރީދޫއިން ހުޅުވާލައިފި

  • ނިރު ހެކަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 31 ވަނަ ދުވަހާއި އާއި ސެޕްޓެމްބަރ 1 ވަނަ ދުވަ
  • 19 އޮގަސްޓް އިން ފެށިގެން 25 އޮގަސްޓަށް ހެކަތަންއަށް ރަޖިސްޓްރީ ކުރެވޭނެ
ސިމާހާ ނަސީމް | sim_kamana

| 20 އޯގަސްޓު 2018 | ހޯމަ 01:10 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  3. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  4. ފެނަކަ އެމްޑީއަކަށް ސައީދު
  5. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  6. ޓްރީޓޮޕް ހޮސްޕިޓަލުން މާބަނޑު ދުވަސްވަރު ވިހެއުމަށް ތައްޔާރު ވުމުގެ ޕްރޮގްރާމެއް ތައާރަފް ކޮށްފި
  7. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  8. އިމާރަތްކުރި ކުންފުނިން ހުއްދަ ވެސް ނަގާފަ އެއް ނެތް، ބޯޑް ވެސް ނަގާފައި ވަނީ އެހެންކަމަކަށް: ސިޓީ ކައުންސިލް


ޕްރީ-ހެކް ޝެޝަންގެ ތެރެއިން -- އުރީދޫ

އުރީދޫ އިން ފަށާފައިވާ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމްގެ ޕްރީ-ހެކް ސެޝަން ބާއްވައި، ކުރިއަށް އޮތް ހެކަތަން އަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލައިފިއެވެ. އުރީދޫ އިން ނިރު ހެކަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 31 ވަނަ ދުވަހާއި އާއި ސެޕްޓެމްބަރ 1 ވަނަ ދުވަހުއެވެ.

ނިރު އެކްސެލެރޭޓަރ އަކީ ދިވެހި މުޖުތަމައުއަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެކްސެލެރޭޓާރ ޕްރޮގްރާމުގައި ބައިވެރިވެވެނީ، ނިރު ހެކަތަންގައި ވާދަކޮށް ހޮވޭ ޓީމްތަކަށެވެ.

އުރީދޫ އާއި ނިރުގެ ޓެކްނޮލޮޖީ ޕާޓްނަރ ކަމުގައިވާ އައިޑިއާމާޓް ގުޅިގެން ބާއްވާފައިވާ ޕްރީ-ހެކް ގައި ވަނީ ކުރިއަށް އޮތް ހެކަތޮން މަސައްކަތް ކުރާނެ ގޮތާއި، ބައިވެރިންނަށް ލިބިގެންދާނެ ޑިޖިޓަލް ޓޫލްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެ ސެޝަން ނިރު އެކްސެލެރޭޓަރގެ ފޭސްބުކް ޕޭޖުން ލައިވް ކޮށްފައިވެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ނިރު އެކްސެލެރޭޓަރ ޕޭޖުން ބަލާލެވޭނެއެވެ.

"ނިރު އެކްސެލެރޭޓަރ ޕްރޮގްރާމް ވުޖޫދަށް އައުމުގެ ކުރިން، އަޅުގަނޑާ ވަރަށް ގިނަ ދިވެހި ޑެވެލޮޕަރުންނާއި ވަނީ ދިމާވެފައި. މި ބައްދަލުވުންތަކުން ލިބިގެންދިޔަ އެންމެ މުހިންމު މެސެޖަކީ، ދިވެހީންގެ ތެރޭގައި ވަރަށް ހުނަރުވެރި ޑެވެލޮޕަރުންނާއި، އީޖާދީ ވިސްނުން ހުންނަ ބޭފުޅުން ތިބިކަމަށް. އަދި މި ބޭފުޅުންގެ މަސައްކަތްތަށް އިތުރަށް ފުޅާކޮށް، ބައިނއަލްއަޤްވާމީ މާކެޓަށް ގެންގޮސްދިނުމަށް އެހީވާނެ ޕްލެޓްފޯމްތަށް ބޭނުންވާކަމަށް. މިގޮތުން، ވިޔަފާރި ބިނާ ކުރުމަށް ބޭނުންވާ ސީޑް ފަންޑިންގ، ޑިޖިޓަލް ޓޫލްތަށް، މަސައްކަތް ކުރާނެ ތަނެއް، އަދި ވިޔަފާރި ކުރިއެރުމަށް ބޭނުންވާ އެހީތެރިކަމާއި މެންޓަރޝިޕް ނިރު އެކްސެލެރޭޓަރ ޕްރޮގްރާމް މެދުވެރިކޮށް، ބައިވެރިންނަށް ލިބިގެންދާނެ." ޕްރީ-ހެކްގެ ބައިވެރިންނާއި މުޚާތަބު ކުރަށްވަމުން، އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވިއެވެ.

ނިރު ހެކަތަން ގައި ބައިވެރިވެވޭނީ 2 ބައިވެރިންނާއި 5 ބައިވެރިންނާއި ދެމެދުގެ ޓީމްތަކަށެވެ. އަދި 19 އޮގަސްޓް އިން ފެށިގެން 25 އޮގަސްޓާއި ދެމެދު، އުރީދޫ ވެބްސައިޓް www.ooredoo.mv/niru މެދުވެރިކޮށް ނިރު ހެކަތަން އަށް ރަޖިސްޓަރ ކޮށްލެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް