11 ޑިސެންބަރު 2018 | އަންގާރަ | 03 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ބީއެމްއެލް

ބީއެމްއެލްގެ ބްރާންޗްތަކުން ބުދަ ދުވަހު ހިދުމަތް ލިބޭނެ

  • ބޮޑުއީދު ބަންދުގެ ތެރެއިން 22 ވާ ބުދަ ދުވަހު ގައުމީ ބޭންކް ބްރާންޗްތަކުން ޚިދުމަތް ލިބޭނެ
އާމިނަތު ނުޒުހާ | nuzu8121

| 19 އޯގަސްޓު 2018 | އާދީއްތަ 19:00 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  7. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


އައްޑޫގައި ގާއިމްކޮށްފައި އޭޓީއެމްއެއް -- ބީއެމްއެލް

ބޮޑުއީދު ބަންދުގެ ތެރެއިން 22 ވާ ބުދަ ދުވަހު ގައުމީ ބޭންކް ބީއެމްއެލްގެ ބްރާންޗްތައް ހުޅުވައި ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ގައުމީ ބޭންކުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ބުދަ ދުވަހު ބޭންކް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން މެންދުރު 2:00 އަށް ކަމަށެވެ.

އެމްއެމްއޭ އިން ވެސް ބުނެފައިވަނީ ބޮޑު އީދުގެ މުނާސަބަތުގައި މިމަހުގެ 19 ވާ އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާއިރު، އެ އޮތޯރިޓީ އާއި ބޭންކްތަކާއި އެ އޮތޯރިޓީން ރެގިއުލޭޓް ކުރާ އެހެން މާލީ އިދާރާތައް އާންމުންނަށް ހިދުމަތް ދިނުމަށްޓަކައި މިމަހުގެ 22 ވާ ބުދަ ދުވަހު ހުޅުވާފައި ހުންނާނެ ކަމަށެވެ.

ބޭންކުން ބުނީ، އީދުގެ ތެރޭގައި 22 ވަނަ ދުވަހު އެކަނި ބޭންކްގެ ބްރާންޗްތަކުން ހިދުމަތް ދިން ނަމަވެސް، މާލެ އާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފްސާވިސް ބޭންކިން ސެންޓަރުތަކުން އަދި އޮންލައިންކޮށް ބީއެމްއެލްގެ ހިދުމަތްތައް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މި ހިދުމަތްތަކުގެ ސަބަބުން ކަސްޓަމަރުންނަށް ދަތިނުވެ ހިދުމަތް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބޭންކްގެ ހިދުމަތުގެ ތެރެއިން ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ހިދުމަތަށް އެދުވަހުގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:00 އަށް ހުޅުވާފައި ހުންނާނެ އެވެ. ވަކި ލާރި ބަލައިގަތުމާއި ދޫކުރުމަށް އެދުވަހުގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 11:00 އަށް ލިބޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި ސިޓީއާ ތަކެތި ބަލައިގަތުމަށް އެދުވަހުގެ ހެނދުނު 8:30 އިން މެންދުރު ފަހު 3:00 އާ ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް