22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ޓޫރިޒަމް ތަފާސް ހިސާބު

ޓޫރިސްޓް އެރައިވަލް: ޗައިނާ ފިޔަވައި އެހެން ބޮޑެތި މާކެޓްތަކުން ކުރިއެރުން

  • ޗައިނާއިން ޖުލައި މަހުގެ ނިޔަލަށް އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 8.6 އިންސައްތަ ވަނީ ދަށްވެފައި
މިއުވާން މުހައްމަދު | Miuvaan

| 19 އޯގަސްޓު 2018 | އާދީއްތަ 18:31 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއް -- ގޫގުލް

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ 10 ޤައުމުގެ ތެރެއިން ޗައިނާ ފިޔަވައި އެހެން ޤައުމުތަކުން ފަތުރުވެރިން އައި މިންވަރު އިތުރުވެއްޖެއެވެ. 

މިދިޔަ އަހަރުގެ ފުރަތަމަ 7 މަސް ދުވަހާއި އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ޗައިނާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 8.6 އިންސައްތަ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހާއި ހަމަޔަށް ޗައިނާއިން 175،771 ފަތުރުވެރިން އައިއިރު، މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އައީ 160،639 ފަތުރުވެރިންނެވެ. 

ޗައިނާ މާކެޓް ދަށަށް ދިޔަނަމަވެސް، އެންމެ ގިނައިން ފަތުރުވެރިން އަންނަ އަނެއް 9 މާކެޓުން ވަނީ ކުރިއެރުން ހޯދާފައެވެ. އެގޮތުން އިނގިރޭސިވިލާތުން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު އައި ފަތުރުވެރިންގެ އަދަދު 65،956 އަށް އަރާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 11 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޖަރުމަންވިލާތުންވެސް މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު 64،759 ފަތުރުވެރިން އައިއިރު، އެއީ މިދިޔަ އަހަރުގެ ފުރަތަމަ 7 މަސްދުވަހާއި އަޅާބަލާއިރު 7 އިންސައްތައިގެ ކުރިއެރުމެކެވެ. 

ރާއްޖެެއަށް އެއް ޤައުމަކުން އެންމެ ގިނަ ފަތުރުވެރިން މީގެ ކުރިން އައި ޤައުމުކަމަށްވާ އިޓަލީ ވިލާތުން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު އައިސްފައިވަނީ 61،016 މީހުންނެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ 7 މަސްދުވަހާއި އަޅާބަލާއިރު 18.7 އިންސައްތައިގެ ކުރިއެރުމެކެވެ. 

އަވަށްޓެރި އިންޑިއާއިންވެސް ވަނީ މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު 9 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު އެޤައުމުން ރާއްޖެއަށް 46،776 ފަތުރުވެރިން އައިސްފައިވާއިރު، މިއީ ޖެނުއަރީއިން ޖުލައިއަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދުގެ 5.5 އިންސައްތައެވެ. 

ރަޝިޔާއިންވެސް 23 އިންސައްތައިގެ ކުރިއެރުމެއް ހޯދިއިރު ފަރަންސޭސީވިލާތުން ވަނީ 23.9 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އަދި އެމެރިކާއިން އަންނަ ފަތުރުވެރިންގެ އަދަދު 11.5 އިންސައްތަ އަހަރުގެ ފުރަތަމަ 7 މަސްދުވަހު އިތުރުވިއިރު، ޖަޕާނުން އައި ފަތުރުވެރިންގެ އަދަދު އެމުއްދަތުގައި ވަނީ 2.6 އިންސައްތަ އިތުރުވެފައެވެ. އޮސްޓްރޭލިއާއިން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު 40.6 އިންސައްތަ އިތުރުވެފައެވެ. 

މިއަހަރުގެ ޖުލައިގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 848،847 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ 7 މަސްދުވަހާއި އަޅާބަލާއިރު 10.1 އިންސައްތަ އިތުރު އަދަދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް