18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

މަޖުބޫރީ ހާލަތަށް ނުވިސްނާ، އަމިއްލަ ނިންމުން ނިންމަވާ: ފައިސަލް

 • ދޮރުން ދޮރުން ކެމްޕެއިންގައި ރައްޔިތުންނަން ވަޒީފާގެ ބިރު އޮތް މިންވަރު ހާމަވޭ
 • ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަދޭން މަސައްކަތް ކުރާނަން
 • ފައިސަލް ދޮރުން ދޮރަން ކެމްޕެއިން ކުރިއަށް ގެންގޮސްފައިވަނި ގަލޮޅުގައި
މުހަންމަދު ވިސާމް | sampathmasiw

| 19 އޯގަސްޓު 2018 | އާދީއްތަ 18:18 | |

މަގުބޫލް

 1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
 2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
 5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
 6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
 8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ކޯލިޝަން ކެނޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަޒީފާ ބިރުދައްކާތީ މަޖުބޫރީ ހާލަތެއްގައި ތިބި މުވައްޒިފުން މި އިންތިހާބުގައި އަމިއްލަ ނިންމުންނިންމެވުމަށް އެދޭކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު މާލޭގައި "ދޮރުން ދޮރަށް" ކެމްޕެއިން ކުރިއަށް ގެންދެވުމަށްފަހު ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ފައިސަލް ވިދާޅުވީ ގިނަ ރައްޔިތުންގެ ކަންބޮޑުވުމަކީ ވަޒީފާގެ ޔަގީންކަން ނެތުމުގެ ކަންބޮޑުވުމެއެވެ. ސިޔާސީ އެކި ސަބަބުތަކާއި ހުރެ ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ އަދާކުރާ ރަށް ބަދަލުކުރުމަކީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

"ވަރަށް ގިނަ ބައެއްގެ ވަޒީފާ ގެއްލިގެންވެސް އެބަދޭ، އެއްތަނުން އަނެންތަނަށް މީހުން ބަދަލު އެބަކުރޭ، ރާއްޖޭގެ އުތުރުން ދެކުނަށް، ލ. އަތޮޅުން ށ. އަތޮޅަށް، މީދެވޭ އަނިޔާއެއް ކަމަށް، އެހެންވީމާ ތިމަންނާމެން އެންމެ ބޮޑަށް ބޭނުންވާ އެއްކަމެއްގެ ގޮތުގައި މި އޮތީ ވަޒީފާގެ ޔަގީންކަން، ގާނޫނުތަކުން ލިބިދީފައިވާ ހައްގުތަށް ތިމަންނާމެނަން ލިބިދޭންޖެހޭނޭ" ވަޒީފާގެ ބިރުވެރިކަން އޮތް މިންވަރުގެ ވާހަކަ ރައްޔިތުން ހިއްސާކުރެއްވިކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވިއެވެ.

ގަލޮޅުގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ވަޒީފާގެ ބިރުވެރިކަން ނޯންނާނެ ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ގޮންޖެހުންތަކާއި އެކު ވެސް މިއަދު ރައީސް ޔާމީންގެ ވެރިކަމުގައި ވަޒީފާގެ ބިރު އޮތް މިންވަރުގެ ވާހަކަ ދައްކަން ޖެހެއެވެ. އެހެންކަމުން މި އިންތިހާބުގައި އެމީހެއްގެ އަމިއްލަ ނިންމެވުން ނިންމާދެއްވުމަށް ފައިސަލް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން މާލޭގެ ރައްވެހިންމާއި، މާލޭގެ ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންނަން ބޯ ހިޔާވަހިކަމުގެ މައްސަލައަކީ އެންމެ ބޮޑު އެއްކަންބޮޑިވުންކަން ފައިސަލް ފާހަގަކުރައްވާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ބޯހިޔާވަހި ކަމުގެ މަޝްރޫގެ ދަށުން ފްލެޓް ދޫކުރާނީ ފްލެޓްގެ ހައްގުވެރިންނަން ކަމަށެވެ.

ހޮނިހިރު ދުވަހު ފައިސަލް އއ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ނިންމަވާލެއްވުމަށްފަހު، އާދީއްތަ ދުވަހު މެންދުރު ފައިސަލް ވަނީ ގިނަ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބައްދަލަވާފައެވެ. ގޭގެއަށް އެމަނިކުފާން ވަޑައިގަންވާއިރު މަގުމަތިން ދިމާވާ އާންމު ރައްޔިތުންނަން ހާއްސަ ސަމާލުކަމެއްދީގެން ވާހަކަފުޅު ދައްކަވާކަން ފާހަގަކުރެވެ. އަދި ހޯމަ ދުވަހު ކެމްޕެއިން ދަތުރުފުޅެއްގައި އެމަނިކުފާން ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް